Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީގައި ގާޑިއޯލާގެ ކުރިމަގު

"ގާޑިއޯލާ އަނބުރާ ބާސާއަށް ބަދަލުވުމަކީ ނުވާނެ ކަމެއް"

17 އޯގަސްޓު 2020 | ހޯމަ 13:54

ސިޓީ އާއެކު އިތުރު ކާމިޔާބު ހޯދުމަށް ގާޑިއޯލާ ބޭނުންވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 17 އޯގަސްޓު 2020 | ހޯމަ 13:54
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: މި ސީޒަނަކީ ގާޑިއޯލާއަށް ނާކާމިޔާބު ސީޒަނެއް

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: މި ސީޒަނަކީ ގާޑިއޯލާއަށް ނާކާމިޔާބު ސީޒަނެއް

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއާ އަލުން ހަވާލުވުމަކީ ނުވާނެ ކަމެއް ކަމަށާއި އަންނަ ސީޒަނުގައިވެސް ގާޑިއޯލާ ފެންނާނީ ސިޓީން ކަމަށް އޭނާގެ އޭޖެންޓް ޖޯސެޕް މަރީއާ ބުނެފިއެވެ.

ބާސާގެ ކޯޗުގެ މަގާމުން ކިކޭ ސެޓިއިން ދުރުކުރަން ނިންމާފައިވާއިރު، ގާޑިއޯލާ އަކީ ބާސާއިން ފާރަލަމުން އަންނަ އެއް ކޯޗެވެ.

އެކަމަކު ގާޑިއޯލާގެ އޭޖެންޓް ބުނީ ސިޓީ އާއެކު ގާޑިއޯލާ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، ސިޓީ އާއެކު އިތުރު ކާމިޔާބު ހޯދުމަށް ގާޑިއޯލާ ބޭނުންވާ ކަމަށެވެ. އަދި ބާސާއަކީ މާޒީ ކަމަށާއި، ގާޑިއޯލާ އަކީ އަބަދުވެސް އައު ޗެލެންޖްތައް ނަގަން ބޭނުންވާ ކޯޗެއް ކަމަށްވެސް ބުންޏެވެ.

ސިޓީ އާއެކު މި ސީޒަނުގައި ގާޑިއޯލާއަށް ކާމިޔާބީއެއް ހޯދިފައިނުވާއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ސިޓީ ވަނީ ލިޔޯން އަތުން ބަލިވެ ކަޓާފައެވެ. އަދި މި ސީޒަނުގެ ޕްރިމިއާ ލީގު ސިޓީން ނިންމާލީ ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ.

ލިޔޯން އަތުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ސިޓީއަށް ބަދަލުތަކެއް ބޭނުންވާ ކަމަށާއި، އެކަން ކުރަން ތައްޔާރަށް ހުރި ކަމަށެވެ. އަދި ސިޓީން އަންނަ ސީޒަނާއި ކުރިމަތިލާނީ ބަދަލުތަކަކާއެކު ކާމިޔާބު ހޯދުމަށް ކަމަށާއި، އެކަން ސިޓީއަށް ކުރެވޭނެ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާއިން ގާޑިއޯލާ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ސިޓީން އަންނަނީ ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން މި ސީޒަނަށްފަހު ބާސާ ދޫކޮށްލަން މެސީ ބޭނުންވެއެވެ. އަދި ރިޕޯޓުތައް ބުނާ ގޮތުން މެސީ ހޯދުމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނަސް އެކަން ކުރަން ސިޓީ އޮތީ ތައްޔާރަށެވެ.

އަންނަ ސީޒަނަށް ސިޓީން އެޓީމުގެ ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސިޓީން ވަނީ ވެލެންސިއާގެ ޒުވާން ފޯވާޑް ފެރާން ޓޮރޭސް އާއި ބޯންމަތުގެ ޑިފެންޑަރު ނޭތަން އަކޭގެ ސޮއި މިހާތަނަށް ހޯދާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
09 މާރިޗު 2017

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް