Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސަރަހައްދު، ބޯހިޔާވަހިކަން

މާލޭގައި ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި 17،000 ށްވުރެ ގިނަ އާއިލާއެއް ދިރިއުޅޭ: މިނިސްޓަރ އަސްލަމް

މާލޭގެ އާބާދީއަކީ 252،768

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2020 | ހޯމަ 07:04
ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް ގިނަ ބަޔަކު ކިއޫގައި ޖެހިފައި

ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް ގިނަ ބަޔަކު ކިއޫގައި ޖެހިފައި

މާލޭގައި ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި 17،000 ށްވުރެ ގިނަ އާއިލާ ދިރިއުޅެމުންދާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާއި ގުޅޭ ކަރުދާހެއް މިނިސްޓަރ ވަނީ ހުށަައަޅުއްވާފައެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ މާލޭގެ އާބާދީއަކީ 252،768 (ދެ ލައްކަ ފަންސާސް ދެހާސް ހަތް ސަތޭކަ ފަސްދޮޅަސް އަށެއް) މީހުން ކަމަށެވެ. އަދި މި އާބާދީގެ ތެރެއިން 76،556 (ހަތްދިހަ ހަ ހާސް ފަސް ސަތޭކަ ފަންސާސް ހަ) މީހުންނަކީ މާލެއަށް އުފަން ނުވަތަ މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުން ކަމަށާއި، 170،212 (އެއް ލައްކަ ހަތްދިހަ ހާސް ދުއިސައްތަ ބާރަ) މީހުންނަކީ ރަށްރަށުން މާލެއިން ހިޖުރަކޮށް، ދިރިއުޅެމުންގެންދާ މީހުން ކަމަށެވެ.

އަސްލަމް ވަނީ މާލޭގެ ހައުސިންގް ނީޑް ދެނެގަތުމަށްޓަކައި ދެ ގޮތެއް (މެތަޑޮލޮޖީ) ބޭނުންކުރި ކަމަށް ވިދާޅުވެފައެވެ.

ފުރަތަމަ ބޭނުންކުރި މެތޮޑޮލޮޖީއިން ދެނެގަނެވުނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅެމުންދާ ގެދޮރަކީ އެކަށީގެންވާ ތަނެއްތޯ ނުވަތަ ނޫންތޯއާއި މިފަދަ ތަންތަނުގައި ކިތައް އާއިލާ އުޅެމުންދޭތޯވެ. މި މެތޮޑޮލޮޖީގައި ބަލާފައިވަނީ މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ބިންތަކުގެ ތެރެއިން 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއްގައި ދިރިއުޅެމުންދާ ކޮންމެ އާއިލާއަކީ ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި އުޅެމުންދާ މީހުންގެ ގޮތުގައެވެ.

މިނިސްޓަރ ވިދާޅުވީ 600 އަކަ ފޫޓަށް ވުރެ ކުޑަ 5691 ޕްލޮޓު އޮތްއިރު މި މެތަޑޮލޮޖީގައި ބަލާފައިވަނީ އެތަންތަނުގައި އެވްރެޖް ބިލްޑިންގް ހައިޓަކީ ތިން ފަންގިފިލާ ކަމަށެވެ. އަދި 600 އަކަ ފޫޓަށް ވުރެ ބޮޑު ބިންތަކުގައި އެވްރެޖްގޮތެއްގައި 6 ފަންގިފިލާ ކަމަށެވެ.

މަޖިލީހަށް ކަރުދާސް ހުށައަޅުއްވަމުން އަސްލަމް ވިދާޅުވީ ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި 17،073 (ސަތާރަ ހާސް ހަތް ދިހަ ތިން) އާއިލާ ދިރިއުޅެމުންދާކަމަށް އަންދާޒަ ކުރެވޭ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެންމެ ފަހުން ސަރުކާރުން އިއުލާނު ކުރި ހިޔާ މަޝްރޫއުއަށް 23،064 ފަރާތަކުން ކުރިމަތި ލާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓުތަކަށްވެސް ބަޔަކު ކުރިމަތިލި ކަމަށާއި ބޮޑަށް ގަބޫލުކުރެވޭ ގޮތުގައި އެ ފްލެޓުތަކަށް ކުރިމަތިލާފައިވަނީ އަދި އާއިލާއެއް އުފެއްދިފައިނުވާ މީހުން ކަމަށެވެ. އަސްލަމް ވިދާޅުވީ އެމީހުން އުނިކުރުމަށްފަހު އެ އެޕާާޓްމެންޓްތަކަށް 21،021 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި ހެދުނު އިވޭލުއޭޝަނުން 19،402 މީހަކު މި ހައުސިންގް ޔުނިޓުތަކަށް ފެތޭ ކަމަށް ވިދާޅުވިއެވެ.

ފުރަތމަ މެތޮޑޮލޮޖީއިން މާލޭގައި ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި 17،073 (ސަތާރަ ހާސް ހަތް ދިހަ ތިން) ށްވުރެ ގިނަ އާއިލާ އުޅެމުންދާ ކަމަށް ދެއްކިއުރު ދެވަނަ މެތޮޑޮލޮޖީއިން އެނގުނު ގޮތުގައި 19،402 (ނާވަރަ ހާސް ހަތަރު ސަތޭކަ ދުއިސައްތަ ދެ) އާއިލާ ދިރިއުޅެމުންދަނީ ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައެވެ. މީގެ އެވްރެޖެއް ނަގާކަމަށް ވާނަމަ އެއީ 17،173 (ސަތާރަ ހާސް އެއް ސަތޭކަ ހަތް ދިހަ ތިން) އާއިލާއެވެ. އެއީ މާލެއަށް އުފަން، މާލޭގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ 6414 އާއިލާ އާއި ރަށްރަށުން ހިޖުރަކޮށްގެން މާލޭގައި ދިރިއުޅެމުންދާ 10759 (ދިހަ ހާސް ހަތް ސަތޭކަ ފަންސާސް ނުވަ) އާއިލާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު