Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑާއި ގުޅޭ އޮޑިޓް ރިޕޯޓް

ކޮވިޑް- 19 އާ ގުޅޭ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީން ދިރާސާ ކުރަނީ

17 އޯގަސްޓު 2020 | ހޯމަ 04:24

ރިޕޯޓްގައި ކަންބޮޑުވާ ކަންކަން ފާހަގަ ކުރެވިފައިވާކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 17 އޯގަސްޓު 2020 | ހޯމަ 04:24
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކުރިއަށްދަނީ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކުރިއަށްދަނީ

ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މިނިސްޓްރީ އޮފް ހެލްތުން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓް އޮފީހުން ތައްޔާރުކޮށްފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށް ނިންމައިފިއެވެ.

މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އާދިއްތަ ދުވަހުގެ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލިއަންސް އޮޑިޓް ރިޕޯޓްގައި ކަންބޮޑުވާ ބައެއް ކަންކަން ފާހަގަ ކުރެވިފައިވާތީ ހޯމަ ދުވަހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ދެ ރިޕޯޓް ދިރާސާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކުގެ 99 ޕަސަންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ޚަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

މިދިޔަ ޖެނުއަރީ އެކަކުން ޖޫން 30 އަށް ކުރި ހަރަދުތަކުގެ އެ އޮޑިޓްގައިވާ ގޮތުން 26 މިލިއަން ރުފިޔާ މިނިސްޓްރީން ވަނީ ކޮވިޑްގެ އެކި ކަންކަމަށް ހޭދަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ތިން އެއާޕޯޓެއްގައި ތާމަލް ކެމެރާތައް ބެހެއްޓުމަށާއި ކަރަންޓީން/އައިސޮލޭޝަން ފެސިލީޓީތައް ގައިމުކުރުމަށާއި ސިއްހީ ވަސީލަތައްތައް ބޭރުން ގެނައުމަށް އަދި ސިއްހީ މާހިރުން ބޭރުން ގެނައުމަށް އެ ފަންޑުން ވަނީ ހަރަދު ކޮށްފައެވެ. މި ކަންކަން ކޮށްފައިވަނީ ޓްރަސްޓް ފަންޑު ހިންގާ ކޮމިޓީން ފާސް ކޮށްގެން މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަށް ޓްރަސްޓް ފަންޑު ކޮމިޓީން ހުއްދަ ދީގެން ކުރި ކަންތަކެވެ. ނަމަވެސް ރިޕޯޓުގައި ބުނަނީ ވަކި ވަކި ކަންކަމަށް ހުއްދަ ހޯދާފައި ނުވާ ކަމަށެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދޭން ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެނައުމުގައި ހެލްތް މިނިސްޓްރީން އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނާ ގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހަމަޖައްސާފައިވާ ކުންފުންޏެއް ނޫނެވެ. އެކަމަކު އެ ކުންފުންޏަކީ ސީދާ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ކުންފުންޏެއް ކަމަށް ހެލްތް މިނިސްޓްރީން ވަނީ ރާއްޖެ.އެމްވީ އަށް މައުލޫމާތު ދީފައެވެ. އަދި ކޮރަޕްޝަން އަށް މަގު ފަހިވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، އެގްޒެކިއުޓާރސް ޖެނެރަލް ހެލްތް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 75 އިންސައްތަ ދައްކާތާ 29 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނިންމަން ޖެހޭ ކަމަށެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ދެވަނަ ދުވަހު 75 އިންސައްތަ އަދި 27 އޭޕްރީލް 2020 ގައި އިތުރު 15 އިންސައްތަ ދައްކާފައިވީ ނަމަވެސް، އޮޑިޓް ކުރެވުނު ތާރީޚު ކަމުގައިވާ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ވެސް ވެންޓިލޭޓަރުތައް ހަމައަށް ފޯރުކޮށްދީފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް