Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްޕީބީއޭ ފެސިލިޓީ ތަރައްގީ ކުރުން

އެމްޕީބީއޭއަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް

މިއަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީގެ މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރަމުންދޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2020 | އާދީއްތަ 09:40
މިހާރު ބިލިއާޑް މުބާރާތްތައް ކުޅެމުން އަންނަ އެމްބީއޭ ކުލަބު ހައުސް

މިހާރު ބިލިއާޑް މުބާރާތްތައް ކުޅެމުން އަންނަ އެމްބީއޭ ކުލަބު ހައުސް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަޒީރު ވިދަޅުވީ އެމްޕީބީއޭއަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީގެ މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ފެސިލިޓީއާއެކު ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމުގެ ގާބިލުކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެ ފެސިލިޓީގެ މަސައްކަތް ނިމުމާއެކު ބިލިއާޑް ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ރާއްޖެއިން ބިޑް ކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެމްޕީބީއޭގެ ރައީސް އަދި އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީން ދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މިހާރު ބިލިއާޑް މުބާރާތްތައް ކުޅެމުން އަންނަނީ އެމްބީއޭ ކުލަބު ހައުސްގައެވެ. މީގެ ކުރިންވެސް ވަޒީރު ވަނީ އެމްބީއޭ ކުލަބު ހައުސް އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ބިލިއާޑް ކުރިއެރުވުމަށް މި ސަރުކާރުން މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާއިރު، މިދިޔަ އަހަރު ކުޅިވަރާ ބެހޭ ވުޒާރާގެ އެހީއާއެކު ވަނީ ރާއްޖޭގެ ގައުމީ ބިލިއާޑް ޓީމަށް ފުރަތަމަ ފަހަރަށް ބޭރުގެ ކޯޗެއް ހަމަޖައްސާފައެވެ. އެގޮތުން ގައުމީ ބިލިއާޑް ޓީމަށް އޭރު ހަމަޖެއްސީ ފިލިޕީންސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ކޯޗެއް ކަމަށްވާ ވެލަރިއާނޯ ޕަޖުއޭ ޖޫނިއާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނަ ބުރެޒިލްއަށް.

ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނަ ބުރެޒިލްއަށް.

10 އޯގަސްޓު 2017
ބޯލްޓާ ވާދަކޮށް ދުނިޔޭގެ 100 މީޓަރު ދުވުމުން އެއްވަނަ ގެޓްލިން އަށް

ބޯލްޓާ ވާދަކޮށް ދުނިޔޭގެ 100 މީޓަރު ދުވުމުން އެއްވަނަ ގެޓްލިން އަށް

06 އޯގަސްޓު 2017
ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކަށް މެންޗެސްޓާ ޔުނައިޓެޑް

ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކަށް މެންޗެސްޓާ ޔުނައިޓެޑް

07 ޖޫން 2017
މެޑްރިޑް ކާމިޔާބުކުރީ ދުނިޔޭގެ އެންމެ މޮޅު ލީގު: ރާމޮސް

މެޑްރިޑް ކާމިޔާބުކުރީ ދުނިޔޭގެ އެންމެ މޮޅު ލީގު: ރާމޮސް

22 މެއި 2017
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު