Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނަ ބުރެޒިލްއަށް.

ބްރެޒިލް ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ 5 ފަހަރު ހޯދާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2017 | ބުރާސްފަތި 13:11
ބްރެޒިލް ގައުމީޓީމުގެ ކުޅުންތެރިން: 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން

ބްރެޒިލް ގައުމީޓީމުގެ ކުޅުންތެރިން: 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން

ކޮކާ ކޯލާ ދުނިޔޭގެ ވޯލްޑް ރޭންކިންގެ އެއްވަނަ މަގާމު ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލް ކުރާ ބްރެޒިލް އިން ހޯދައިފިއެވެ.

ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނައަށް ބްރެޒިލް ޖެހިލާފައި މިވަނީ އެމަގާމުގައި ކުރިން އޮތް ޖަރުމަން ފަހަތަށް ޖައްސާލުމަށް ފަހުގައެވެ.

ބްރެޒިލް ދުނިޔޭގެ އެއްވަނަ މަގާމް ހޯދީ ކުރިން މި މަގާމުގައި އޮތް ޖަރުމަނަށް ވުރެ 55 ޕޮއިންޓް އިތުރަށް ލިބިގެން 1604 ޕޮއިންޓާއެކުއެވެ. ކުރިން ފީފާ ރޭންކްގައި އޮތް ޖަރުމަނަށް ލިބިފައިވަނީ 1549 ޕޮއިންޓެވެ.

ބްރެޒިލްއަށް ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނަ ލިބުނުއިރު މިއީ ބްރެޒިލްއަށް މި މަގާމު ލިބުނު 5 ފަނަ ފަހަރެވެ. އެންމެ ފަހުން ބްރެޒިލްއަށް ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނަ މަގާމު ލިބިފައިވަނީ 2002 ވަނަ އަހަރުގައެވެ.

1992 ވަނަ އަހަރު ފީފާއިން ތައާފަފް ކުރި ފީފާ ރޭންކިނ ސިސްޓަމް ތައާރަފް ކުރިފަހުން އެ މަގާމު އެންމެ ގިނަ ފަހަރު ހޯދާ، އެންމެ ދިގު މުއްދަތަކަށް އެ މަގާމު ދަމަހައްޓާފައިވާ ގައުމަކީ މިފަހަރުގެ ރޭންކިންގެ އެއްވަނަ ލިބުނު ބްރެޒިލްކަން ފާހަގަ ކޮށްލަންޖެހެއެވެ. އެގޮތުން 1994 ވަހަ އަހަރުގެ ޖުލައިމަހުން ފެށިގެން 2001 ވަނަ އަހަރުގެ މާޗުމަހުގެ ނިޔަލަށް ބަރެޒިލް ފީފާ ރޭންކިންގެ އެއްވަނާގައި އޮތްއިރު، އޭގެ ފަހުން 2002 ގެ އެޕްރީލް މަހުން ފެށިގެން 2007 ވަނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ފީފާ ރޭންކިންގެ އެއްވަނަ މަގާމުގައި އޮތީ ވެސް ބްރެޒިލްއެވެ.

ބްރެޒިލް އާއި އެންމެ ގާތުން ވާދަކުރާ ގައުމަކީ ޖަރުމަނެވެ. ޖަރުމަނަށް މިފަހަރުގެ ރޭންކިންގެ ދެވަނަ ލިބުނުއިރު ޖަރުމަން ވެސް ވަނީ މީގެކުރިން ފީފާ ރޭންކިންގެ އެއްވަނަ ހަތަރު ފަހަރެއްގެ މަތިން ހޯދާފައެވެ. ތިންވަނައަށް މި މަގާމު އެންމެ ގިނައިން ހޯދާފައި ވަނީ އިޓަލީއެވެ. އިޓަލީވެސް ވަނީ ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނަ ހަތަރު ފަހަރެއްގެ މަތިން ހޯދާފައެވެ.

ދުނިޔޭގެ ރޭންކިންގެ ތިންވަނާގައި 1399 ޕޮއިންޓް ލިބިގެން އޮތީ އާޖެންޓީނާއެވެ. 1329 ޕޮއިންޓާއެކު ހަތަރުވަނާގައި ސްވިޒަލެންޑް އޮތްއިރު ރޭންކިންގެ ފަސްވަނާގައި 1319 ޕޮއިންޓާއެކު އޮތީ ޕޮލެންޑެވެ. ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ދެދަރަޖައިގެ ވެއްޓުމަކާއެކު މިވަގުތު އޮތީ 1269 ޕޮއިންޓާއެކު ރޭންކިންގެ ހަވަނަ މަގާމަށް ވެއްޓިފައެވެ.

ފްރާންސްވެސް ވަނީ އެއްދަރަޖައިގެ ވެއްޓުމަކާއެކު ފީފާ ރޭންކިންގެ 10 ވަނަ އަށް ވެއްޓިފައެވެ.

މިއަދު އާންމުކުރި ކޮކާ ކޯލާ ފީފާ ރޭންކިންގައި ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރުތަކުގެ ގޮތުގައި ހިމެނޭ ސްޕެއިން، އިޓަލީ، އިންގްލެންޑުގެ މަގާމަށް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ. އެގޮތުން ސްޕެއިން ރޭންކިންގެ 11 ވަނާގައި އޮތްއިރު އިޓަލީ އޮތީ 12 ވަނާގައެވެ. އަދި އިންގްލެންޑް އޮތީ 13 ވަނާގައެވެ.

ފީފާ ރޭންކިންގެ އެންމެ ފުލުގައި އޮތީ އެއް ދަރަޖައިގެ ވެއްޓުމަކާއެކު ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދުނިޔޭގެ ފުޓްބޯޅައަށް ހައިރާންކަމެއް ގެނުވި އާބާދީގެ ގޮތުން މަދު އައިސްލޭންޑެވެ. އައިސްލޭންޑް އެއްދަރަޖައިގެ ވެއްޓުމަކާއެކު މިވަގުތު އޮތީ ދުނިޔޭގެ 20 ވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު