Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްރު ހެކި

ސިއްރު ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

16 އޯގަސްޓު 2020 | އާދީއްތަ 09:57

ގާނޫނަށް އިސްލާހު ގެނައުމުގައި ދެގޮތަކަށް ރައްޔިތުންގެ މަޖިލީހަށް އަމަލު ކުރެވިދާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 އޯގަސްޓު 2020 | އާދީއްތަ 09:57
ސުޕްރީމް ކޯޓުގައި، ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ، ސިއްރު ހެއްކާބެހޭ ޝަރީއަތުގެ އަޑުއެހުމުގެ ސްކްރީން ޝޮޓެއް

ސުޕްރީމް ކޯޓުގައި، ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ، ސިއްރު ހެއްކާބެހޭ ޝަރީއަތުގެ އަޑުއެހުމުގެ ސްކްރީން ޝޮޓެއް

ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި މިވަނީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރެވުނު ތުހުމަތަކާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށް، ހައި ކޯޓުގެ އެހުކުމުގައި ފާހަގަކޮށްފައިވާ ސިއްރު ހެއްކާބެހޭ ބައި، ބާތިލް ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ހައިކޯޓުގެ އެހުކުމުގައި ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނު މިހާރު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށެވެ. ސަބަބަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށް ވެފައި، ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ހެއްކާބެހޭ ގާނޫނުގައި ނެތުމެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ، ހައިކޯޓުގެ 2020 ވަނަ އަހަރުގެ 387 ވަނަ ނަމްބަރު ޤަޟިއްޔާގައި މައްސަލަ ނިމުނު ގޮތުގެ ހުލާސާ ރިޕޯޓްގައި (ނ) ޖިނާއީ އިޖުރާއަތުގެ 149 ވަނަ މާއްދާގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގޭނީ، ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮންނަންޖެހޭ ހާލަތުގައި ކަމަށް ބަޔާންކޮށް، ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާ ގޮތެއް ނުވަތަ ގޮތްތަކެއް ނެތްކަމަށް އެގާނޫނަށް ބެލުމުން އެނގެން އޮތް ކަމަށް ނިންމާފައިވަނީ ޝައުރީ އަދި ގާނޫނީ އުސޫލާ ހިލާފަށްކަމަށް ކަނޑައަޅާ ދެއްވުމަށެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެހެން ޑިމޮކްރަޓިކް ގައުމުތަކުގައި ސިއްރުން ހެކިބަސް ނަގާ އުސޫލުން އަޑު ބަދަލު ކޮށްގެން އަދި ކާކުކަން ނޭނގޭ ގޮތަށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ހެކިބަސް ނަގަން ހުށަހަޅައިފި ނަމަ، އެއާ މެދު ގޮތްތަކެއް ކޯޓުން ނިންމިދާނެ އެވެ. އަދި ސިއްރު ހެކިނަގާނެ ގޮތުގެ ގާނޫނެއް ނުވަތަ އުސޫލެއް ނެތުމަކީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ނުދެވޭނެ ސަބަބެއް ނޫން ކަމަށާއި، ސިއްރު ހެކިބަސް ނުނެގި، އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ގެއްލުނަ ނުދިނުމަށް ކަމަށް ސިއްރު ހެކިބަސް ނެގޭނެ ކަމަށް އެހުކުމުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ މިހުކުމުގައި އިތުރަށް ބުނެފައިވަނީ، މިމައްސަލައަށް ގާނޫނީ ހައްލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދެ ގޮތަކަށް އަމަލު ކުރެވިދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ގޮތަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާ އާއި ހެއްކާބެހޭ ގާނޫނަށް ހަވާލާދީފައިވާ ކަންކަމުގެ ތަފްސީލްތައް ހެއްކާބެހޭ ގާނޫނަށް ހަވާލާދިނުމަކާ ނުލައި، އެގާނޫނުގައި ހިމެނުން ކަމަށެވެ. ދެވަނަ ގޮތަކީ، ހެއްކާބެހޭ ގާނޫނު އިސްލާހުކޮށް، އެއިސްލާހުގައި ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި އެގާނޫނާ ހަވާލާދީފައިވާ ކަންކަމުގެ ތަފްސީލް ހިމެނުމެވެ.

މީގެއިތުރުން ހުކުމުގެ ތަފްސީލް ރިޕޯޓުގައި، ޒަމާނަށް އަންނަ ބަދަލުތަކާއެކު، ޖިނާއީ ކުށްކުރުމުގެ ވައްޓަފާޅިއާއި އެކުށްކުށާ ގުޅިގެން ހިންގޭ ތަހުގީގުތަކާއި، އެތަހުގީގުތަކުގައި ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތާއި ހޯދޭ ހެކިތައް ބަދަލުވަމުން އަންނަ ކަމަށެވެ. އަދި ޝަރީއަތް ކުރުމުގައި ހެއްކާބެހޭ ކަންކަމުގައި ކުރެވޭ ބަހުސްތައް މިވަނީ ގިނަވެފައިކަމަށާއި، މިބަދަލުތަކާއި ހާލަތްތަކަށް ރިއާޔަތްކުރެވޭނެ ހެއްކާބެހޭ ގާނޫނެއް މިވަނީ އިހުނަށްވުރެ ބޮޑަށް ބޭނުންޖެހިފައި ކަމަށްވެސް، ސުޕްރީމް ކޯޓުގެ ހުކުމުގެ ތަފްސީލް ރިޕޯޓުގައި ބުނެފައި ވެއެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރުުންގެ ބެންޗުގެ އިސްފަނޑިޔާރަކީ މަހާޒު އަލީ ޒާހިރު އެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް