Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާލާކޮށްފައިވާ ފާނަ ނީލަމުގައި ގަތުން

އާލާކޮށްފައިވާ ފާނައިގެ ނީލަން ފަށައިފި

ނީލަން އުސޫލުން ހުޅުވާލީ މި ސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 އޯގަސްޓު 2020 | އާދީއްތަ 07:08
މި މަސައްކަތުގެ އެއް މަޤްސަދަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތް ފުޅާ ކުރުން

މި މަސައްކަތުގެ އެއް މަޤްސަދަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތް ފުޅާ ކުރުން

މޫދުކޮށީގައި އާލާކޮށްފައިވާ ފާނަ ނީލަމުގައި ގަތުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން ކުރިއަށްގެންދާ ޕްރޮގްރާމް ފަށައިފިއެވެ.

މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގައި މުޅިން އަލަށް، މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނަ "ބްރައުން މާރބަލްޑް ގްރޫޕަރ" މާކެޓަށް ނެރުމަށްޓަކައި، އާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ ނީލަމެއް ކަމަށެވެ. އަދި މިއީ ވަރލްޑް ބޭންކުގެ އެހީގައި ހިންގޭ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން، ދިވެހިރާއްޖޭގައި މެރިކަލްޗަރ ތަރައްޤީ ކުރުމަށްޓަކައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ފަރާތުން ކުރަމުންދާ މުހިންމު މަސައްކަތްތަކެއްގެ ތެރެއިން ބައެއް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އޭގެ އިތުރުން، އާދިއްތަ ދުވަހު ހެނދުނު 8:00 އިން ފެށިގެން 19 އޮގަސްޓު 2020 ގެ ރޭގަނޑު 8:00 ގެ ނިޔަލަށް ނީލަން ކުރިޔަށްދާނީ މިކަމަށް ޚާއްސަކޮށްފައިވާވެބްސައިޓްމެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީން ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލުމުން އޭރު ނީލަމުގައި ބައިވެރިވުމަށް ޖުމްލަ 6 ފަރާތަކުން ހުށައަޅާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާއިރު، އދ. މަހިބަދޫން މި މަސައްކަތަށް ހޮވާލެވުނު ހަތް ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް އެއްހާސް ކުދި ފާނައާއި، ފާނަ ކޮށްޓާއި، މަސްކާނާގެ އިތުރުން އެކަމަށް ބޭނުންވާ ތަމްރީނު އެމް.އެމް.އާރު.އައިގެ ފަންނީ މުޢައްޒަފުންގެ ފަރާތުން ވަނީ ދީފައެވެ.

މިނިސްޓްރީން ބުނީ، މަހިބަދޫ ގޭބިސީތަކަށް ހަވާލުކުރެވުނު 7،000 ފާނައިގެ ތެރެއިން، 400 ގްރާމަށްވުރެ ބޮޑުވެފައިވާ ފާނައިގެ ޖުމްލަ އަދަދަކީ 4،285 އެވެ. މި ފާނަތަކުގައި 400 ގްރާމުން ފެށިގެން 1 ކިލޯއިން މަތީ ފާނަ މިއަދުގެ ނީލަމުގައި ވިއްކާލެވޭނެ ކަމަށެވެ.

މަހިބަދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުން ޖުމްލަ 19 ފަރާތަކުން މި ޕައިލެޓް ޕްރޮޖެކްޓްގައި ބައިވެރިވާއިރު، މިހާތަނަށް ތަކެތި ދެވިފައިވަނީ މަހިބަދޫގެ 7 ގޭބިސީގެ އިތުރުން އޮމަދޫއިން ހޮވާލެވުނު 4 ފަރާތަކަށްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މިވަގުތު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ޕެންޑެމިކްގެ ސަބަބުން މި މަސައްކަތް ދިގުރަށާއި ދަނގެތީގައި ފެށުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އޭގެ އިތުރުން، ނީލަން ފެށޭ އަގަކީ ފާނައަކަށް ސަތޭކަ ރުފިޔާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ނީލަމަށް ފަހަރަކު އިތުރު ކުރެވޭނޭ އެންމެ ކުޑަ އަގަކީ ފަސްރުފިޔާ ކަމަށާއި، ފަހަރަކު އިތުރު ކުރެވޭނޭ އެންމެމަތީ އަގަކީ ދިހަރުފިޔާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު