Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް

ކިތަންމެ ފާޑުކިއުމެއް އަމާޒުވިޔަސް އެމްޑީޕީ މެމްބަރުން އެކަމެއް ހިތަކު ނާޅާނެ: ފައްޔާޒް

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ދަނީ މަސައްކަތް ކުރަމުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2020 | އާދީއްތަ 03:49
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަކީ އެކި ޚިޔާލުތަކަށް މަރުހަބާ ކިޔާނެ ޕާޓީއެއްކަމަށާއި ކިތަންމެ ފާޑުކިއުމެއް އަމާޒުވިޔަސް އެމްޑީޕީ މެމްބަރުން އެކަމެއް ހިތަކު ނާޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރކަމުގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ޚުދު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ބައެއް ޕާލިމެންޓް މެމްބަރުން ފަށާފައިވާއިރު، މިކަމާއި ގުޅިގެން ސަރުކާރާއި އިދިކޮޅު ކޯލިޝަނުންވެސް ދަނީ ފާޑުކިޔަމުންނެވެ.

Advertisement - newsAdvertisement

އިތުބާރު ނެތްކަމުގެ މައްސަލާގައި އަމާޒުވާ ފާޑުކިޔުންތަކާ ގުޅުވައި، މިނިސްޓަރ ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީއަކީ ތަފާތު ޚިޔާލުތަކުގެ މީހުން އުޅެމުންދާ ޕާޓީއެއް ކަމަށާއި ކިތަންމެ ފާޑުކިއުމެއް އައި ނަމަވެސް ޕާޓީގެ މެމްބަރުންނަކީ "ހަން ބޯ" މެމްބަރުން ކަމަށެވެ. އަދި ކޮންމެ ހަމަލާއެއް އަމާޒުވިނަމަވެސް، އެކަމެއް ހިތުގައި ނާޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެންމަތިވެފައިވާއިރު އެޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޔާޒުއަށް ހޫނު ހަމާލާތަކެއް ރައްދުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލައަށް 30 މެމްބަރުންގެ ތާއީދު ލިބިފައިވާ ކަމަށާއި އެ މެމްބަރުންނަށް ދިމާކޮށް ނުފޫޒު ނުފޯރުވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމުގައެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާކަމުން ދޭހަވަނީ މި ސަރުކާރު ގެނައުމުގެ މަޤްސަދުތައް ހާސިލުވަމުންދާ ކަމެވެ. އެގޮތުން އެކަން ރަނގަޅު ނަމަވެސް ނުވަތަ ގޯސް ނަމަވެސް، މިއަދު ސަރުކާރު ހިންގާ ޕާޓީގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް އަޑު އުފުލުމުގެ ޙައްޤު ހޯދާދެވިފައިވާކަން ދޭހަވާކަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، "ނޯ ކޮންފިޑެންސް" ނަގަން ޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި އެ ޚަބަރު ލިބުމާ ހަމައަށްވެސް މިނިސްޓަރުގެ އެއްވެސް މައްސަލައެއް އޮތްކަން އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ނޯ ކޮންފިޑެންސް މައްސަލަ ވައްދަން ސޮއިކުރެއްވި ބޭފުޅުންނަށް މި މައްސަލައާ ގުޅިގެން ގުޅުއްވަން ބޭނުންފުޅު ނުވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއީ "އެ މަނިކުފާނުގެ ފައިޓެއް" ނޫންކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު