Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލްގައި ބޭލްގެ ކުރިމަގު

ރެއާލްގައި ބޭލް ހޭދަކުރަނީ ބޭކާރު ވަގުތުތަކެއް: ކަލްޑެރޮން

10 އޯގަސްޓު 2020 | ހޯމަ 08:55

މި ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ބޭލްއަށް ޖާގައެއް ނުލިބޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އޯގަސްޓު 2020 | ހޯމަ 08:55
ވޭލްސްގެ ފޯވާޑް ގެރެތު ބޭލް: ގިނަ މެޗުތަކުގައި ރެއާލްގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގައެއް ނުލިބޭ

ވޭލްސްގެ ފޯވާޑް ގެރެތު ބޭލް: ގިނަ މެޗުތަކުގައި ރެއާލްގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގައެއް ނުލިބޭ

ރެއާލް މެޑްރިޑްގައި ވޭލްސްގެ ތަރި ގެރެތު ބޭލް ހޭދަކުރަނީ ބޭކާރު ވަގުތުތަކެއް ކަމަށް އެ ކްލަބުގެ ކުރީގެ ރައީސް ރަމޮން ކަލްޑެރޮން ވިދާޅުވެއްޖެއެވެ.

މި ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ބޭލްއަށް ޖާގައެއް ނުލިބެއެވެ. ރެއާލަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ.

ބޭލްގެ އޭޖެންޓް ދާދި ފަހުން ވަނީ ބޭލް އަކީ ލޯނަށް އެހެން ކްލަބަކަށް ބަދަލުވާނެ ކުޅުންތެރިއެއް ނޫން ކަމަށާއި، އޭނާ އަންނަ ސީޒަނުގައި ވެސް ފެންނާނީ ރެއާލްގެ ސްކޮޑުން ކަމަށް ބުނެފައެވެ. އަދި ރެއާލާއެކު ބޭލް ހަދައިފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި، ބޭލް ރެއާލްގައި ހުރީ ހިތްހަމަޖެހިގެން ކަމަށްވެސް ބުންޏެވެ.

އެކަމަކު 2006-2009 ށް ރެއާލްގެ ރައީސްގެ މަގާމު އަދާކުރެއްވި ކަލްޑެރޮން ވިދާޅުވީ ބޭލް ފަދަ ކުޅުންތެރިއަކު ބެންޗުގައި އިންނަތަން ފެނުމުން ދެރަވާ ކަމަށާއި، އޭނާ އަކީ އަދިވެސް ހުނަރުހުރި މޮޅު ކުޅުންތެރިއެއް ކަމަށެވެ. އެހެންކަމުން ބޭލް ރެއާލްގައި ހޭދަކުރާ ކޮންމެ ހިނދުކޮޅަކީ އިސްރާފެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ފަހުން ރެއާލުން ކުޅުނު މެޗުތަކުގައި ބޭލްއަށް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާއިރު، އޭނާ ބެންޗުގައި އިނދެ ނިދުމުގެ އިތުރުން މި ނޫންވެސް އެކިއެކި ކަންކަން ކުރަމުން އަންނާތީ ރެއާލްގެ ސަޕޯޓަރުން އަންނަނީ ފާޑު ކިޔަމުންނެވެ. އަދި ބޭލް މައްސަލައިގައި ރެއާލްގެ ސަޕޯޓަރުންވެސް ވަނީ އޭނާ ރެއާލް ދޫކޮށްލުމަށް ގޮވާލާފައެވެ.

މި ސީޒަނުގައި ބޭލް ރެއާލްގެ ޖާޒީގައި ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ. މީގެ ކުރިން ރެއާލްގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލްއާއެކު ޖުމްލަ 12 ތަށި ހޯދާފައެވެ. އަދި ވަނީ ރެއާލްއަށް ކުޅެދިން 251 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
27 ޖޫން 2017

ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!

27 ޖޫން 2017
ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!
14 މެއި 2017

ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި

14 މެއި 2017
ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި
26 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ

26 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ
18 އެޕްރީލު 2017

ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން

18 އެޕްރީލު 2017
ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން
13 އެޕްރީލު 2017

އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

13 އެޕްރީލު 2017
އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް