Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭރުގައުމުތަކަށް ކިޔަވާދަރިވަރުން ޓެސްޓް ކުރުން

ބޭރުގައުމުތަކަށް ދާ މީހުންނަށް އައިޖީއެމްއެޗުން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ

ކުރިޔަށް އޮތްތަނުގައި އެހެން ލެބޯޓްރީތަކުންވެސް ޓެސްޓް ހެދުމުގެ އިންތިޒާމު ހަމަޖައްސަމުން ގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 އޯގަސްޓު 2020 | ހޮނިހިރު 23:31
ޑޜ ނަޒްލާ ރަފީގު ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ޑޜ ނަޒްލާ ރަފީގު ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ބޭރުގައުމުތަކަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ވަކިން ޚާއްސަކޮށް ދަރިވަރުން އެކުދިން ކިޔަވަންދާ ގައުމަށް އަނބުރާ ދާއިރު ބައެއް ގައުމުތަކުން ނުވަތަ އެއަރ ލައިނުން ނުވަތަ ޓްރާންސިޓް ކުރާ ގައުމުން ޓެސްޓް ކުރަން އެދެމުންދާތީ އެފަދަ މީހުންނަށް ޓެސްޓް ކުރެވޭނެ އިންތިޒާމު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގައި ހަމަޖެހިފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިވަގުތު އެފަދަ މީހުންނަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމައެކަނި ހަމަޖެހިފައިހުރީ އައިޖީއެމްއެޗް ގައި ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި އެހެން ލެބޯޓްރީތަކުންވެސް ޓެސްޓް ހެދުމުގެ އިންތިޒާމު ހަމަޖައްސަމުން ގެންދާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

އެގޮތުން އެފަދަ މީހުން އައިޖީއެމްއެޗް ކައުންޓަރަށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ނުވަތަ އައިޓިނަރީގެ ކޮޕީއެއް ދިނުމުން ސާމްޕަލް ނަގާ ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް ބައެއް ގައުމުތަކުން ވަނީ އެގައުމުތަކަށް އެތެރެވާ މީހުންނަކީ ޓެސްޓްކޮށް އެއީ ވައިރަސް ނެތް ބައެއްކަން ކަށަވަރުވުމުން ނޫނީ އެގައުމުތަކަށް އެތެރެނުވެވޭ ގޮތަށް ހަމަޖައްސާފަ އެވެ.

އަނެއްބައި ގައުމުތަކަށް އެތެރެވެވޭނީ ވަކި މިންވަރެއްގެ ހެލްތު އިންޝިއުރަންސެއް އޮންނަ މީހުންކަމަށްވެސް ވަނީ ހަމަޖައްސާފައެވެ. ރާއްޖެއަށްވެސް އެތެރެވާ މީހުން ވައިރަސް އަށް ޓެސްޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު