Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ސަރަހައްދުގައި އިތުރު މުބާރާތްތައް ބޭއްވުން

ސާފްގައި އިތުރު ފުޓްބޯޅަ މުބާރާތްތަކެއް ބޭއްވުމަށް މަޝްވަރާކޮށްފި

8 އޯގަސްޓު 2020 | ހޮނިހިރު 10:05

މި ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރެވުނު ކަމަކީ ސާފް ގައުމުތަކުގެ މެދުގައި ކުޅެވޭ ފުޓްބޯޅަ މުބާރާތްތައް އިތުރުކުރުން

އަތޫފް އާތިފް
އަތޫފް އާތިފް | 8 އޯގަސްޓު 2020 | ހޮނިހިރު 10:05
2018 ވަނަ އަހަރު ޑާކާގައި ބޭއްވުން ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއިން އުފުލާލަނީ

2018 ވަނަ އަހަރު ޑާކާގައި ބޭއްވުން ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއިން އުފުލާލަނީ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ އެހީތެރިކަމާއެކު ސާފް ސަރަހައްދުގައި، ފުޓްބޯޅައިގެ އިތުރު މުބާރާތްތަކެއް ބޭއްވުމަށް މަޝްވަރާކޮށްފިއެވެ.

ސާފް ސަރަހައްދުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ވެރިންގެ އިތުރުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް ޚަލީފާ އާއެކު ބުރާސްފަތި ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ދެކުނު އޭޝިއާގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާ މެދު ވަނީ މަޝްވަރާ ކޮށްފައެވެ.

މި ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރެވުނު ކަންކަމަކީ ސާފް ގައުމުތަކުގެ މެދުގައި ކުޅެވޭ ފުޓްބޯޅަ މުބާރާތްތައް އިތުރުކޮށް، ދެ ޖިންސުގެ މުބާރާތްތައް ކުލަބު ލެވެލްގެ އިތުރުން ގައުމީ ޓީމުތަކުގެ އިތުރުން އުމުރުފުރާތަކުގެ މެދުގައި ބޭއްވުމަށެވެ.

މި ބައްދަލުވުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ބައްސާމް ވިދާޅުވީ މި ބައްދަލުވުމުގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނީ މި ސަރަހައްދުގެ މުބާރާތްތައް އިތުރު ކުރުމުގެ ވާހަކަތައް ކަމަށާއި، މިއީ ވަރަށް އުންމީދީ ކުރިއެރުންތަކެއް ލިބޭނެ ބައްދަލުވުމެއް ކަމުގައި ދެކޭ ކަމަށެވެ.

މި ސަރަހައްދުގެ ކްލަބުތަކުގެ މެދުގައި އިތުރު މުބާރާތްތައް ބޭއްވުމަށް އަބަދުވެސް އެސޯސިއޭޝަންތަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު އެ މަޝްވަރާތަކުގައި އަމަލީ ސިފައެއް އަންނަތަނެއް ނުފެނެއެވެ. އެކަމަކު ފީފާގެ ރައީސް އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާނާއެކު މި ބޭއްވުނު ބައްދަލުވުމުގެ ސަބަބުން އެކަމަށް އަމަލީ ސިފައެއް ފެންނާނެކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.

މި ސަރަހައްދުގައި ގައުމީ ލެވެލްގައި ބާއްވަމުން އަންނަނީ ދެ މުބާރާތެވެ. އެއީ ސައުތު އޭޝިއަން ގޭމްސް އާއި ސާފް ސުޒުކީ ކަޕެވެ. މީގެ ތެރެއިން ދެއަހަރުން އެއް އަހަރު ބާއްވާގޮތަށް އޮންނަ ސާފް ސުޒުކީ ކަޕް ތާވަލުކުރާ ތާރީޚަށް ބޭއްވުމަކީ ދަތި ކަމެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް