Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯމް ކަރަންޓީން

ހޯމް ކަރަންޓީނަށް ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް

ކަމާއި ގުޅޭ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ރަށު ކައުންސިލަށް ހުށަހަޅަންވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2020 | ހޮނިހިރު 03:47
ވެލާނާ އިންަޓަރނޭޝަނަލް އެއަރޕޯޓުގައި ބަޔަކު ފުރަން ގޮސް

ވެލާނާ އިންަޓަރނޭޝަނަލް އެއަރޕޯޓުގައި ބަޔަކު ފުރަން ގޮސް

ހޯމް ކަރަންޓީނަށް މިހާރު ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކަރަންޓީނަށް ދިއުމަށް މިހާރު އަމަލު ކުރަންވީ އުސޫލު އެކުލަވާލާ އެޗްޕީއޭ އިން ބުނީ އޮގަސްޓް 8 އަކުން ފެށިގެން ހޯމް ކަރަންޓީނަށްދާ ފަރާތްތަކުގެ ވަކި ޝަރުތުތަކެއް ހުންނަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހޯމް ކަރަންޓީނަށް ދެވޭނީ މެޑިކަލް އެމަރޖެންސީއެއްގައި ޑޮކްޓަރަށް ދައްކަން މާލެ އައުމާއި ގުޅިގެން، މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަން ޖެހުމާއި ގުޅިގެން، ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދިޔުން، ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއި ގުޅިގެން ނުވަތަ ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހުމުންނެވެ.

ހޯމް ކަރަންޓީނަށް އެދުމަށްފަހު ކަމާއި ގުޅޭ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ރަށު ކައުންސިލަށް ހުށަހަޅަންވާނެ ކަމަށާއި ކަރަންޓީންވާން އެދޭ ތަން ބަލާ ޗެކްކުރުމަށްފަހު ހޯމް ކަރަންޓީން ވުމަށް ގުޅޭ ގޮތުން އެކުލަވާލާފައިވާ މިންގަޑަށް ޝަރުތުތައް ހަމަވާންވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކައުންސިލުތަކުން "ފާސްޓް ޕޯޓަލް" މެދުވެރިކޮށް ބަލައިގަތުމުން ހޯމް ކަރަންޓީްނވުމަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް އެޗްޕީއޭގެ ފަރާތުން ބަލާ ވެރިފައި ކުރުމަށްފަހު އެމީހަކު ދަތުރުކުރުމަށް އެދިފައިވާ ތާރީހަށް ކަރަންޓީން ލިޔުން އަދި ބިލްޑިން މޮނީޓަރިންގ ނޯޓިސް ހާލު ބެލުން ޕޯޓަލްއަށް އަޕްލޯޑް ކުރެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މީގެ އިތުރުން އެމީހެއް ފުރުމަށްޓަކައި ޓިކެޓް ނަގަންވާނީ ކަރަންޓީން ލިޔުން އަދި ބިލްޑިން މޮނީޓަރިންގ ނޯޓިސް ލިބުމުން ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ މީގެ ކުރިން ހޯމް ކަރަންޓީން ވުމަށް އެދި ހުށަހަޅާ، އެ ހުށަހެޅުންތައް ބަލައި ނުގަނެވާ ފަރާތްތަކަށް އަލުން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަަމަށާއި އެ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާފައިވާނެ ކަމަށެވެ. އަދި ދަތުރު ކުރެވޭނީ ޝަރުތުތައް ފުރިހަމަ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު