Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވައިރަސް ޖެހުނު މީހުންގެ އަދަދު

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 19 މިލިއަނަށް

ކޮވިޑް އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަނީ އިންޑިއާގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2020 | ހުކުރު 07:16
ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން އަންނަ އިންޑިއާގެ މަގުމަތީގައި ކުޑަކުއްޖެއްގެ ސާމްޕަލް ނަގަނީ

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން އަންނަ އިންޑިއާގެ މަގުމަތީގައި ކުޑަކުއްޖެއްގެ ސާމްޕަލް ނަގަނީ

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް ވައިރަސް 19 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ މި ވައިރަސް 19 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކަމަށް ޖޯން ހޮޕްކިންސް ޔުނިވަރސިޓީން ހާމަކޮށްފައިވަނީ ހުކުރު ދުވަހުއެވެ. އެ ޔުނިވަރސިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ގިނަ ގައުމުތަކެއްގައި ކޮވިޑް-19 އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ނުރައްކާތެރި މިންވަރެއްގައި ބަލި ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިންޑިއާ އަދި ބްރަޒިލް ހިމެނެއެވެ. އެމެރިކާ އަކީ މި ލިސްޓުގައި އެންމެ ކުރީގައި އުޅޭ ގައުމެވެ. މިހާތަނަށް އެ ގައުމުން 5 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ އިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބައިލައްކައަށްވުރެ ގިނަ މީހުން ވަނީ އަލަށް ބަލި ޖެހިފައެވެ. އެ ގައުމުގައި މިހާތަނަށް މި ބަލީގައި 162 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި އެކަނި ވެސް ހާހަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދެވަނައަށް މި ލިސްޓުގައި ހިމެނެނީ ބްރަޒިލްއެވެ. ބްރަޒިލްގައި ވެސް ނުރައްކާތެރި މިންވަރަކަށް ބަލި ފެތުރެމުން އަންނައިރު، މިހާތަނަށް އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3 މިލިއަނާ ގާތް ކޮށްފައެވެ. އެ ގައުމުގައި މިހާތަނަށް 2.9 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 54 ހާހަށްވުރެ ގިނަ މީހުން އަލަށް ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އެ ގައުމުގައި މިހާތަނަށް 98 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިއީ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން މީހުން މަރުވި ގައުމެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނި ވެސް ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އަދި އެންމެ ބޮޑު އެއް އިގްތިސާދު ކަމަށްވާ އިންޑިއާގައި ވެސް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. ހުކުރު ދުވަހު އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން އެ ގައުމުގައި 2،025،409 (ދެ މިލިއަން ފަންސަވީސް ހާސް ހަތަރު ސަތޭކަ ނުވަ) މީހުންނަށް ވަނީ ޖެހިފައެވެ.

އިންޑިއާގެ ހެލްތް އެންޑް ވެލްފެއަރ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނި ވެސް 62،538 (ފަސްދޮޅަށް ދެހާސް ފައްސަތޭކަ ތިރީސް އަށް) މީހަކު އަލަށް ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އިންޑިއާ ގައި މިހާތަނަށް 41 ހާހަށްވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވާއިރު، އެ ގައުމުގައި ބަލި ޖެހުނު މީހުންގެ ތެރެއިން 1.3 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މުޅި ދުނިޔޭގައި 19.2 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނި ވެސް 280 ހާހަށް ވުރެ ގިނަ މީހުން ވަނީ އަލަށް ބައްޔަށް ޕޮޒިޓިވް ވެފައެވެ. މުޅި ދުނިޔެއިން މިހާތަނަށް 12.3 މިލިއަން މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. މުޅި ދުނިޔެއިން މިހާތަނަށް 7 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައިވެއެވެ.

ކޮވިޑް-19 މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ އިރު، މި ބައްޔަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް އެތައް ސަތޭކަ ފާމަސޫޓިކަލްސްއަކުން އަންނަނީ ކުރަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ގެންދަނީ 140ށް ވުރެ ގިނަ އަދަދެއްގެ ވެކްސިންއަށް ވަމުންދާ ގޮތް ގަވައިދުން ބަލާ މޮނިޓަރ ކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ރެކޯޑްތަކަށް ބަލާއިރު، ކޮވިޑް-19ށް ވެކްސިނެއް ހޯދުމުގެ މަސައްކަތް މިހިސާބަށް އައި އިރު، 139 ވެކްސިނެއް އަދި އުޅެނީ އިންސާނުންގެ ހަށިގަނޑުގައި ޓެސްޓް ކުރާ ހިސާބަށް ނުފޯރައެވެ. ފޭސް 1 މިހާތަނަށް 25 ވެކްސިނެއް ދަނީ އަޖުމަ ބަލަމުންނެވެ. ފޭސް 1 ފުރިހަމަ ކޮށް ފޭސް 2 ގައި 17 ވެކްސިނެއް ފާހަގަވާއިރު، 7 ވެކްސިނެއް ފޭސް 3ށް ވަނީ ވާސިލް ވެފައެވެ. ފޭސް 3 ބަރާބަރަށް ފުރިހަމަ ކުރެވުން ދެން އޮންނާނީ އާއްމުކޮށް އެ ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް ކުރަން ޖެހޭ މަސައްކަތާއި، ގިނަ އަދަދަކަށް އެ ވެކްސިން އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު