Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭރުގައި އުޅުން އަދި މާސްކް ނޭޅުން

މަނާ ގަޑީގައި ބޭރުގައި އުޅުނު 145 މީހަކަށް ނަސޭހަތްދީ، މާސްކު ނާޅާ އުޅުނު 151 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފި

މާސްކު ނާޅާ އުޅުނު 120 މީހަކަށް ނަސޭހަތްދީފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2020 | ބުދަ 18:01
މާލެ ލޮކްޑައުން ކުރިއިރު މަގުމަތީގައި މަނާ ވަގުތުތަކުގައި ހަރަކާތްތެރިވާ މީހުން ބަލާ ފުލުހުން ނަން ނޯޓް ކުރަނީ

މާލެ ލޮކްޑައުން ކުރިއިރު މަގުމަތީގައި މަނާ ވަގުތުތަކުގައި ހަރަކާތްތެރިވާ މީހުން ބަލާ ފުލުހުން ނަން ނޯޓް ކުރަނީ

މަނާ ގަޑީގައި ބޭރުގައި އުޅެން 145 މީހަކަށް ނަސޭހަތްދީފައިވާއިރު މާސްކު ނާޅާ އުޅުނު 19 މީހަކު ޖޫރިމަނާކޮށްފިއެވެ.

ބުދަ ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ ޖޫރިމަނާކޮށްފައިވާ 19 މީހުންނަކީ އަންގާރަ ދުވަހުގެ އިރުއޮއްސި 06:00ން ބުދަ ދުވަހުގެ އިރުއޮއްސި 06:00 އަކާއި ހަމައަށް އުޅުނު މީހުން ކަމަށެވެ. އަދި އެ ގަޑީގައި މާސްކު ނާޅާ އުޅުނު 120 މީހަކަށް ނަސޭހަތްދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިހާތަނަށް ޖުމްލަ 986 ނަސޭހަތްދީފައިވާއިރު 151 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒްލާ އިތުރަށް ވިދާޅުވީ 235 އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ހިދުމަތް ދޭ 51 ތަނާއި 154 ފިހާރައާ 5 ޖިމްގެ އިތުރުން 4 މާރުކޭޓު ހިމޭނެކަމަށެވެ.

މީގެ ތެރެއިން އެޗްޕީއޭގެ އުސޫލާއި ހިލާފުވެގެން 20 ތަނެއް ބަންދުކޮށްފައިވާކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ އޭގެ ތެރޭގައި 6 ސެލޫން، 8 ފިހާރަ، 3 މާރުކޭޓު އަދި ކާބޯތަކެތީގެ ހިދުމަތްދޭ 3 ތަނެއް ހިމެނޭ ކަމަށެވެ.

ބޭރުގައި އުޅުން ހުއްދަ ވަގުތުގައި ވެސް ކޮންމެހެން ނުކުނަން ޖެހިގެން ނޫނީ ބޭރުގައި އާންމުން ހަރަކާތްތެރިނުވުމަށް އެޗްއީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ގިނަ އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވަމުން އަންނައިރު މިހާތަަނަށް، 4،594 މީހަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ޖުމްލަ 2294 ދިވެހިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު