Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާމަށް ދިން ސޮވެރިން ގްރެންޓީ

ސަން ސިޔާމަށް ދީފައިވާ ސޮވެރިން ގްރެންޓީއާ ގުޅޭ މައުލޫމާތު ހޯދުމަށް މީކާއީލް އެދިވަޑައިގެންފި

5 އޯގަސްޓު 2020 | ބުދަ 06:19

ޗައިނާގެ އެގްޒިމް ބޭންކުން 127 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލޯން ސަން ސިޔާމްގެ ކުންފުންޏަށް ދިނީ ސޮވެރިން ގެރެންޓީ ދިނުމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 އޯގަސްޓު 2020 | ބުދަ 06:19
ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު: ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުން ޒިންމާވާގޮތަށް 127 މިލިއަން ޑޮލަރުގެ ލޯނެއް އެގްޒިމް ބޭންކުން ދޫކޮށްފައިވޭ

ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު: ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުން ޒިންމާވާގޮތަށް 127 މިލިއަން ޑޮލަރުގެ ލޯނެއް އެގްޒިމް ބޭންކުން ދޫކޮށްފައިވޭ

މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދަށް ދައުލަތުން 2017 ވަނަ އަހަރު ދިން ސޮވެރިން ގްރެންޓީއާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެދިވަޑައިގެންފިއެވެ.

މީކާއީލް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް މިކަމާ ގުޅޭ ސިޓީއެއް ފޮނުއްވާ، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާ ހަތަރު ސުވާލެއް ކުރެއްވާ އެ ސުވާލުތަކުގެ ޖަވާބު ލިޔުމުން ހޯއްދަވާ ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

Advertisement - newsAdvertisement

މީކާއީލް ކުރައްވާފައިވާ ސުވާލުތަކުގެ ފުރަތަމަ ސުވާލެއްގެ ގޮތުގައި ވަނީ، 2017 ވަނަ އަހަރު ދައުލަތުން ސޮވެރިން ގްރެންޓީ ދީގެން ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނު ޑިފޯލްޓް ވެފައިވޭތޯއެވެ.

ދެވަނަ ސުވާލެއްގެ ގޮތުގައި، ލޯނު ޑިފޯލްޓް ވެފައިވާނަމަ ދައުލަތުން އެ ލޯނަަށްވާ ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯއާއި އަދި އެ އިންތިޒާމު ހަމަޖެހިފައިވާނަމަ ފައިސާ ދެއްކުމަށް ނިންމާފައިވާ މުއްދަތަކީ ކޮބައިތޯ އެވެ.

ތިންވަނަ ސުވާލެއްގެ ގޮތުގައި ވަނީ، ދައުލަތުގެ ފަރާތުން އެ ލޯން ދެއްކުމަށް އެކްޓެންޝަނަކަށް އެދިފއިވާނެތޯ އާއި އަދި އެދިފައިވާނަމަ، މިއެކްޓެންޝަން ހަމަޖައްސަނީ ޖީ20 ޑެޓް މޮރެޓޯރިއަމްގެ ދަށުންތޯއެވެ. އަދި ހަތަރުވަނަ ސުވާލެއްގެ ގޮތުގައި މީކާއީލް ކުރައްވާފައިވަނީ، އެ ލޯން ދެއްކުމަށް އެކްޓެންޝަނެއް ދޭނަމަ މިކަމުގެ ސަބަބުން ދައުލަތުގެ މާލީ އިންތިޒާމަށް ކުރާނެ އަސަރަކީ ކޮބައިތޯއެވެ.

މީކާއީލްގެ މި ހަތަރު ސުވާލަށް ފިނޭންސް މިނިސްޓަރ އަމީރު ފަރާތުން ލިޔުމުން ޖަވާބު ހޯއްދެވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސަން ސިޔާމްގެ، ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ (ދެ ބިލިއަން ރުފިޔާ) ލޯނަކަށް ދައުލަތުން ވަނީ ސޮވެރިން ގެރެންޓީ ދީފައެވެ. އަދި މި ލޯނުގެ ތެރެއިން 10 މިލިއަން ޑޮލަރު ޑިފޯލްޓްވުމުން އެ ފައިސާ މި އޮގަސްޓް މަހުގެ ތެރޭގައި ދެއްކުމަށް ދިވެހި ސަރުކާރަށް ޗައިނާގެ އެގްޒިމް ބޭންކުން އަންގާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް