އައްޑޫ ސިޓީގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި
31 ޖުލައި 2020 | ހުކުރު 08:41މިމައްސަލަ ހުށަހެޅީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި

އަމްނާ އިމާދު | 31 ޖުލައި 2020 | ހުކުރު 08:41

އައްޑޫ ސިޓީގެ ހިތަދޫ، ރޭޕްގެ މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން
އައްޑޫ ސިޓީގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކު ރޭޕް ކޮށްފައިވާ މައްސަލައެއް 31 ޖުލައި 2020 ވަނަ ދުވަހުގެ ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





