Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ ކަނޑަށް އަތްގަދަ ކުރުން

އިންޑިއާ ކަނޑުގެ އައްސޭރިއަށް ނިސްބަތް ނުވާ ބަޔަކު އިންޑިއާ ކަނޑަށް އަތްގަދަކޮށްފިނަމަ ދިވެހިންނަށް ގެއްލުން ލިބޭނެ: ރައީސް ނަޝީދު

30 ޖުލައި 2020 | ބުރާސްފަތި 12:07

މިތަނުގައި ދިވެހިންގެ ގޮތުގައި ސާބިތުވެ ތިބެނީ ވަކި ގޮތަކަށް އަމަލުތައް ބަހައްޓައިގެން އުޅެމުންދާތީ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖުލައި 2020 | ބުރާސްފަތި 12:07
ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

އިންޑިއާ ކަނޑުގައި އެކިއިރު އެކި ގައުމުތަކުން އަތް ގަދަކުރުމަށް މަސައްކަތް ކުރާ ކަމަށާއި، އަތްގަދަ ކޮށްފިކަމުގައިވާނަމަ އެކަމުގެ ގެއްލުން ދިވެހިންނަށް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި ދިވެހިން ދިރިއުޅެމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، މިތަނުގައި ދިވެހިންގެ ގޮތުގައި ސާބިތުވެ ތިބެނީ ވަކި ގޮތަކަށް އަމަލުތައް ބަހައްޓައިގެން އުޅެމުންދާތީ ކަމަށެވެ.

Advertisement - newsAdvertisement

އިންޑިއާ ކަނޑުގައި އެކިއިރު އެކި ގައުމުތައް އަތް ގަދަކުރާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑަށް އައްސޭރިވާ ގައުމުތަކާއި، ނުވާ ގައުމުތައް ހުރިއިރު، އިންޑިއާ ކަނޑުގެ އައްސޭރިއަށް ނިސްބަތް ނުވާ ބަޔަކު އިންޑިއާ ކަނޑަށް އަތްގަދަކޮށްފިކަމުގައިވާ ނަމަ ދިވެހިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

އެގޮތުން ޕޯޗުގީޒުންނަށް ވިޔަސް، ހޮލޭންޑް މީހުންނަށް ވިޔަސް، ހޮޅިންނަށް ވިޔަސް، އަދި އިނގިރޭސީންނަށް ވިޔަސް އަތްގަދަ ކުރި ހާލަތްތަކުގައި ދިވެހިންނަށް ލިބިފައި ހުރީ ގެއްލުންކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އެޕްރީލް މަހު އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާ އިންޑިއާ އާދެމެދު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއަރ އެއަރކްރާފް ރާއްޖެއަށް ދިނުމަށް އިންޑިއާއިން ނިންމަވާފައިތީ އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ އެއީ ކުރީގެ ސަރުކާރުން ދިވެހިން ރައްޔިތުންނާއި، ގައުމުގެ މުސްތަގުބަލަށް ވިސްނުމަށްފަހު ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ޚާއްސަކޮށް ހާރިޖީ ސިޔާސަތުގައި އަމަލުކުރަމުން ދަނީ ރާއްޖޭގައި މީހުން އުޅެން ފެށީއްސުރެ ފަށައިގެން އަމަލުކުރަމުންދާ ގޮތަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި އެގޮތަށް އަމަލު ކުރެވޭނެ ކަމަށާއި، އެއީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް