Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބު

އެތުލެޓިކްސްގެ ރައީސްގެ މަގާމަށް އަނެއްކާވެސް ތޮލާލް

29 ޖުލައި 2020 | ބުދަ 07:38

ތޮލާލަށް ވަނީ 15 ވޯޓު ވަނީ ލިބިވަޑައިގެންފައި

އަތޫފް އާތިފް
އަތޫފް އާތިފް | 29 ޖުލައި 2020 | ބުދަ 07:38
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވި މުޙައްމަދު ތޮލާލް

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވި މުޙައްމަދު ތޮލާލް

އިންތިޚާބުގައި ބޮޑު ތަފާތަކުން ޔަޒްނީ ނަޝީދާ (ޔަޒޫ) ބަލިކޮށް، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް މުޙައްމަދު ތޮލާލް އިންތިޚާބުވެވަޑައިގެންފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބު ބުދަ ދުވަހުގެ ހެނދުނު ހ. ބޯޅަގޭގައި ބޭއްވިއިރު، އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ތޮލާލް އާއި ޔަޒޫއެވެ. އިންތިޚާބުގައި 12 ކްލަބަކާއި ހަތަރު އިންޑިވިޖުއަލް މެންބަރުން ވޯޓުލިއިރު، ތޮލާލަށް ވަނީ 15 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. ޔަޒޫއަށް ލިބިވަޑައިގެންނެވީ އެންމެ ވޯޓެކެވެ.

ތިންވަނަ ދައުރަކަށް ރައީސް ކަމަށް ތޮލާލް އިންތިޚާބުވެވަޑައިގެންނެވިއިރު، އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމު 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ތޮލާލްގެ ދައުރުގައި އެތުލެޓިކްސްގައި ރާއްޖެ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި، މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ ރަން މެޑަލް ހޯދުމުގެ އިތުރަށް، އޭޝިއާ ފެންވަރުގެ މުބާރާތްތަކުންވެސް ވަނީ ކާމިޔާބީ ހޯދާއެވެ.

ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށްފަހު ތޮލާލް ވިދާޅުވީ އެތުލެޓިކްސްގެ ގިނަ އިވެންޓުތަކެއް މިއަހަރު ކެންސަލް ކުރަން ޖެހިދާނެ ކަމަށާއި، އެކަމަކު ބޭއްވެން އޮތް މުބާރާތްތައް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ތޮލާލް އިތުރަށް ވިދާޅުވީ މިދިޔަ ހަތަރު އަހަރަކީ ކާމިޔާބު ހަތަރު އަހަރު ކަމަށާއި، އެގޮތުން އެތުލެޓިކްސް އެހެން ހަރުފަތަކަށް ގެންދިޔުމަށް މިދިޔަ ހަތަރު އަހަރު މަސައްކަތް ކުރި ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ހަތަރު އަހަރު އެންމެ ބޮޑު ޓާގެޓަކީ މި ސަރަހައްދުން ނުކުމެ ކޮމަންވެލްތު ގޭމްސްއިން މެޑެއްޔެއް ހޯދުން ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

ބުދަ ދުވަހު ބޭއްވި އިންތިޚާބުގައި ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އަޙްމަދު އަޒީލެވެ. އަދި ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވޯ ކުރީ ދައުރެއްގައި އެ މަގާމު އަދާކުރި މުސްތަފާ މުޙައްމަދެވެ. މި މަގާމުތަކަށް އެންމެ މީހަކު ކުރިމަތިލާފައިވުމުން ފެންނަ ނުފެންނަ ވޯޓެއް ނެގިއިރު، އަޙްމަދު އަޒީލާއި މުސްތަފާ މުޙައްމަދު، މި ކޮންމެ ބޭފުޅަކަށްވެސް ވަނީ 15 ވޯޓު ލިބިވަޑައިގެންފައެވެ.

މި އިންތިޚާބުގައި އިތުރު ތިން މެމްބަރުންގެ މަގާމަށް ހޮވިވަޑައިގެންނެވީ މިހާރުވެސް އެ މަގާމުގައި އަދާކުރަމުން އަންނަ މުހައްމަދު ޝުޖާއު (މޯޑް) އާއި، އަލަށް ވާދަކުރި ހުސެއިން އަމީން ނަސީރުގެ އިތުރުން ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) އެވެ. އަންހެން މެންބަރު ކަމަށް ޔާސްމީން އަބްދުﷲ އެކަނި ކުރިމަތިލެއްވިއިރު، އޭނާއަށް ވަނީ ފެންނަ ނުފެންނަ ވޯޓުގައި 15 ވޯޓު ލިބިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ
18 އެޕްރީލު 2017

ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި

18 އެޕްރީލު 2017
ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް