Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިދުމަތްދޭ ތަންތަން ބަލާ ފާސްކުރަނީ

އުޞޫލުތަކާ ޚިލާފަށް ޚިދުމަތްދޭ ތަންތަން ބަލާ ފާސްކޮށް ބަންދުކުރަނީ

29 ޖުލައި 2020 | ބުދަ 02:35

ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން ގްރޭޓަރމާލޭ ސަރަޙައްދުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޖުލައި 2020 | ބުދަ 02:35
މާލޭގެ ޓީޖެޓީ ސަރަހައްދުގައި ހުންނަ ފުޑް ކޯޓްތައް؛ އާންމު ހިދުމަތްދޭ ތަންތަން ބެލުމަށް އެޗްޕީއޭއިން ވަނީ ނިންމާފައި

މާލޭގެ ޓީޖެޓީ ސަރަހައްދުގައި ހުންނަ ފުޑް ކޯޓްތައް؛ އާންމު ހިދުމަތްދޭ ތަންތަން ބެލުމަށް އެޗްޕީއޭއިން ވަނީ ނިންމާފައި

ކޮވިޑް-19 އާއި ގުޅިގެން އާންމު ހިދުމަތްދޭ ތަންތަނުން އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުންތަކައި އުޞޫލުތަކާ ޚިލާފަށް ޚިދުމަތްދޭ ތަންތަން ޤަވާޢިދާ އެއްގޮތަށް ބަންދުކުރާނެ ކަމަށް އެ އެޖެންސީން ބުނެފިއެވެ.

މާލެއިން ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު ރެކޯޑް އަދަދަކަށް އިތުރުވެފައިވާ އިރު އެޗްޕީއޭއިން ބުނީ ކޮވިޑް-19 އާއި ގުޅިގެން އައު ޢާއްމު ޙާލަތަށް ރުޖޫޢަވުމަށްޓަކައި ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

Advertisement - newsAdvertisement

މިގޮތުން މިފަދަ ތަންތަނުން ޢާއްމު ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭންވާނީ، ކޮވިޑް-19 އާއި ގުޅިގެން އެ އެޖެންސީން ޢާއްމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި މި އުޞޫލުތަކާ އެއްގޮތަށް ގްރޭޓަރ މާލޭ ސަރަޙައްދުގައި ހިމެނޭ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި، ޢާއްމު ކާބޯތަކެތި ވިއްކާ ފިހާރަތަކާއި، ޖިމް ނުވަތަ ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓް ފަދަ ތަންތަނުން ޢަމަލުކުރަމުންދޭތޯ ބެލުމަށް ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން ގްރޭޓަރ މާލޭ ސަރަޙައްދުގައި ޚާއްސަ އޮޕަރޭޝަނެއް ހިނގަމުން ދާނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އުޞޫލުތަކާ ޚިލާފަށް ޚިދުމަތްދޭ ތަންތަން ޤަވާޢިދާ އެއްގޮތަށް ބަންދު ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލޮކްޑައުންއަށް ލުއިދިނުމުގެ 3 ވަނަ މަރުހަލާގައި ރެކޯޑް އަދަދަކަށް ކޭސްތަކެއް އަންނަނީ ފެންނަމުންނެވެ. އެގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް އިތުރު 137 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އަދި އޭގެ ތެރެއިން 92 މީހުންނަކީ ދިވެހިން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 31 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 9 މީހެއްގެ އިތުރުން، ސްރީލަންކާއަށް ނިސްބަތްވާ 4 މީހަކާއި، ފިލިޕިންސް ރައްޔިތަކުވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 3506 އަކަށް އަރާފައެވެ.

އަންގާރަ ދުވަހުން އެއްވެސް މީހަކު ބަލިން ފަސޭހަވެފައި ނުވާ އިރު، އާއްމު ޙާލަތަށް އެދޭނަމަ، މާސްކު އަޅުއްވާ، އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރައްވާ، ބައްދަލުވާ އަދަދު މަދުކުރައްވާ، ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ނުކުމެވަޑައި ނުގަންނެވުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިއީ ނުރައްކަލުގެ ރަގަބީލުގެ އަޑު ގަދަވުން ކަމަށް މިނިސްޓަރު ވަނީ ސިފަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

29 މާރިޗު 2017

ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި

29 މާރިޗު 2017
ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި
16 މާރިޗު 2017

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

16 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި
07 މާރިޗު 2017

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

07 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި
07 މާރިޗު 2017

ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި

07 މާރިޗު 2017
ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް