Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންފްލުއެންޒާ ވެކްސިން

ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި

އިންފްލުއެންޒާ ވެކްސިން ޖެހުން 7 ތަނަކަށް ބަދަލުކޮށްފި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 29 މާރިޗު 2017 | ބުދަ 10:39
އޭޑީކޭ ވެކްސިން ކިއު

އޭޑީކޭ ވެކްސިން ކިއު

ރާއްޖޭގައި ފެތުރެމުންދާ އިންފްލުއެންޒާ އެޗްވަންއެންވަން އިން ރައްކާތެރިވުމަށް އިންފްލުއެންޒާ ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އާއްމުކޮށްފައިވާ ބަޔާނުގައިވާ ގޮތުން، މާބަނޑު މީހުންނަށް ވެކްސިން ދިނުން ހަމަޖެހިފައި ވަނީ އައިޖީއެމްއެޗާއި، އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން، ވިލިމާލޭ ހޮސްޕިޓަލާއި ސެނަހިޔާ އާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް އިންނެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ ފަރާތްތަކާއި، ކެންސަރު ބައްޔަށް ފަރުވާ ދެމުންދާ ފަރާތްތަކާއި ނޭވާލާ ނިޒާމްގެ ބައްޔަކަށް ފަރުވާ ދެމުންދާ އުމުރުން ތިން އަހަރުން މަތީގެ މީހުންނަށާއި ޑައިލަސިސް ހަދާ ފަރާތްތަކާއި އުމުރުން 65 މަތީގެ މީހުންނާއި 6 މަހާއި 6 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދިނުން ދަމަނަވެއްޓާއި އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސެނަހިޔާގެ އިތުރުން މޯލްޑިވްސް ބްލަޑް ސަރވިސަސް އިން ވެކްސިން ދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފަ އެވެ.

މިފަރާތްތަކަކީ ވެކްސިން ދިނުމަށް އެންމެ ބޮޑަށް އިސްކަން ދޭ ފަރާތްތައް ކަމަށް އެކޮމިޝަނުން ބުނެއެވެ.

ވެކްސިން ޖަހައިދޭ ތަންތަނުން ދުވާލަކު ދޫކުރާ ނަންބަރުގެ ތަފްސީލު ވެސް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ދަމަނަވެށީގައި މެންދުރު 13:00 އިން 14:00 އަށް ނަންބަރު ދޫ ކުރުމަށް ހަމަޖެހިފައިވާ އިރު ދޫކުރުމަށް ހަމަޖެހިފައިވަނީ 300 ނަންބަރެވެ. އަދި ވެކްސިން ޖެހުން މެންދުރު 14:00 އިން 16:00 އަށް ކުރައްދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސް އިން ދުވާލަތު 100 ނަންބަރު ދޫ ކުރުމަށް ހަމަޖެހިފައިވާ އިރު ވެކްސިން ޖަހައިދިނުން ރޭގަނޑު 20:00 އިން 22:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

އައިޖީއެމްއެޗުގައި މާބަނޑު މީހުންނަށް ވެކްސިން ދިނުން ހެނދުނު 10:00 އިން 14:00 އަށް ކުރިއަށްދާނެ އެވެ. އޭޑީކޭގައި ވެކްސިން ދިނުން، މެންދުރު ފަހު 15:00 އިން ރޭގަނޑު 21:00 ކުރިއަށްދާ އިރު ކޮންމެ ދުވަހަކު ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 800 ނަންބަރު ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އެ ގޮތުން 800 ނަންބަރު ކޮންމެ ދުވަހު ދޫކުރާ އިރު ބުދަ ދުވަހު ދޫކުރި ނަންބަރުތައް އެދުވަހުގެ ހެނދުނު 10:00 ޖަހާއިރު ހުސްވެފައިވާ ކަން އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފަ އެވެ.

ވިލިމާލޭގައި ވެކްސިން ދިނުން މެންދުރު 14:00 އިން 16:00 އަށް ކުރިއަށްދާ އިރު ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ދިނުން މެންދުރު 13:00 އިން 16:00 އަށް ކުރިއަށްގެންދާނެއެވެ. މީގެ އިތުރުން ސެނަހިޔާގައި ހެނދުނު 10:00 އިން 12:00 އަށް ތިން އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދިނުމަށް ނިންމާފައިވާ އިރު ރިސްކް ކެޓަގަރީތަކުގެ އިތުރުން އެހެން އާއްމު ފަރާތްތަކަށް ވެކްސިން ޖަހައިދިނުން މެންދުރު ފަހު 15:00 އިން 18:00 އަށް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފަ އެވެ.

ވެކްސިން ޖަހައިދިނުމަށް ފީއެއް ނަގާ އިރު އޭޑީކޭ ފިޔަވައި ވެކްސިން ދޭ އެހެން މަރުކަޒުތަކުން 140 ރުފިޔާއަށް ވެކްސިން ޖަހައިދޭ އިރު އޭޑީކޭގައި ވެކްސިން ޖަހައިދެނީ 163ރ. އަށެވެ.

މިހާރު ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ އިންފްލުއެންޒާ އެޗްވަންއެންވަންއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 10،000 އިންފްލުއެންޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ. ވެކްސިން އެކި ސަރަހައްދުތަކަށް ގެންދިއުމަށްޓަކާއި ބޭނުންވާ ތަކެތި ވެސް ވަނީ ޑަބްލިޔުއެޗްއޯ އިން ހަދިޔާކޮށްފަ އެވެ. އެގޮތުން 4،000 ވައިރަސް ޓްރާންސްޕޯޓް މީޑިއަމް ވަނީ ސިއްހަތު ޖަމިއްޔާއިން ހަދިޔާކޮށްފަ އެވެ.

އެޗްޕީއޭ އިން ވެކްސިން ޖަހާދޭ ތަންތަން އިތުރުކޮށްދީފައިވާ އިރު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެކްސިން ޖެހުމަށް އޭރު ކަނޑައަޅާފައިވާ ދަމަނަވެށި އަދި އޭޑީކޭގައި ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖެހުމަށް ކިއުގައި އެތަށް އިރެއްވަންދެން ތިބެން ޖެހުނެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހިންހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި

އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު