Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިޔާގެ ހާލަތު

ރަނގަޅުވަމުންދާ މީހުން އިތުރުވިނަމަވެސް ކޮވިޑް-19 ގެ ނުރައްކާތެރިކަން އެބައޮތްކަމަށް މޯދީ ވިދާޅުވެއްޖެ

1.4 މިލިއަން މީހުންނަށް އިންޑިޔާއިން ކޮވިޑް-19 ޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ޖުލައި 2020 | އާދީއްތަ 17:17
ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް މުމްބާއީގައި ކުރިޔަށްދަނީ

ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް މުމްބާއީގައި ކުރިޔަށްދަނީ

ކޮވިޑް-19 ޖެހިގެން ރިކޯޑް އަދަދަކަށް މީހުން އެއް ދުވަހާ ރަނގަޅުވެފައި ވީނަމަވެސް ވައިރަހުގެ ނުރައްކާތެރިކަން އަދިވެސް ކުޑަނުވާ ކަމަށާއި ވައިރަހަށް ދޭންޖެހޭ ސަމާލުކަމަށް ކުޑަނުވާކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ކޮންމެ އާދިއްތަ ދުވަހަކު ރޭޑިއޯ މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވާ ދެއްވާ ޚިތާބުގައި މޯދީ ވިދާޅުވީ އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމާއި މާސްކު އެޅުމަކީ މުހިންމު ކަމެއްކަމަށެވެ.

ފާއިތުވި 24 ގަޑިއިރު 48،000ށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. 1.4 މިލިއަން މީހުންނަށް މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިފައިވާއިރު 30،000ށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް އައިއިރު މިވައިރަސް ޖެހިގެން މަރުވެފައެވެ.

އާދިއްތަ ދުވަހު އިންޑިޔާ ސަރުކާރުން ބުނެފައިވަނީ ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 36،145 މީހުން ރަނގަޅުވެގެން ހޮސްޕިޓަލްތަކުން ދޫކޮށްލާފައިވާ ކަމަށެވެ. މިއީ މިހާތަނަށް 24 ގަޑިއިރުތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުންގެ ރަނގަޅުވެގެން ދޫކޮށްލިކަމުގެ ރިކޯޑެކެވެ. ހަމައެއާއެކު 24 ގަޑިއިރުތެރޭގައި 440،000 ޓެސްޓް ވެސް އިންޑިޔާއިން ވަނީ ހަދާފައެވެ.

މޯދީގެ ޚިތާބުގައި އިތުރަށް ވިދާޅުވީ ވައިރަހުގެ ނުރައްކާތެރިކަން އަދި ކުޑަވާން ކައިރިނުވާކަމަށާއި ގިނަ ހިސާބުތަކެއްގައި އަދިވެސް ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާ ކަމަށެވެ. އެހެންކަމުން އަދިވެސް ވަރަށް ބޮޑަށް ވައިރަސްއަށް ސަމާލުވާންޖެހޭ ކަމަށް މޯދީ ވިދާޅުވިއެވެ.

ފާއިތުވި ހަފްތާތަކުގައި އިންޑިޔާގެ ކުދިކުދި ސަރަހައްދުތަކުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށާފަ އެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވާކަމަށް ފެންނަނީ ޓެސްޓް ކުރެވޭ މިންވަރު އިތުރުވީމަ ކަމަށެވެ.

ހުޅަނގު މަހަރަޝްތްރ އަކީ އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ހިސާބެވެ. އެހިސާބުގައި އެކަނިވެސް 360،000 މީހުންނަށް ވައިރަސް ވަނީ ޖެހިފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މުޅި އިންޑިޔާ ލޮކްޑައުންކޮށްފައިވަނީ މަރޗް މަހުގެ 25 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ފާއިތުވި ހަފްތާތަކުގައި އިންޑިޔާއިން ވަނީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައްދޭން ފަށާފައެވެ.

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2022

އިންޑިޔާގެ ވެކްސިން ހަދާ ކުންފުންޏަކުން 100 މިލިއަން ޑޯޒް ކޮވިޑް19 ވެކްސިން ނައްތާލައިފި

21 އޮކްޓޯބަރު 2022
އިންޑިޔާގެ ވެކްސިން ހަދާ ކުންފުންޏަކުން 100 މިލިއަން ޑޯޒް ކޮވިޑް19 ވެކްސިން ނައްތާލައިފި
15 އޯގަސްޓު 2022

މާޝަލް އައިލަންޑްސްގައި ފުރަތަމަ ފަހަރަށް ކޮވިޑް19 ފެތުރެނީ

15 އޯގަސްޓު 2022
މާޝަލް އައިލަންޑްސްގައި ފުރަތަމަ ފަހަރަށް ކޮވިޑް19 ފެތުރެނީ
12 އޯގަސްޓު 2022

ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވީ ޒުވާނުންނަށް: އައިއެލްއޯ

12 އޯގަސްޓު 2022
ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވީ ޒުވާނުންނަށް: އައިއެލްއޯ
05 އޯގަސްޓު 2022

އުތުރު ކޮރެޔާއިން ކޮވިޑް19 އެއްކޮށް ފިލުވާލެވިއްޖެކަމަށް އެގައުމުން އިއުލާންކޮށްފި

05 އޯގަސްޓު 2022
އުތުރު ކޮރެޔާއިން ކޮވިޑް19 އެއްކޮށް ފިލުވާލެވިއްޖެކަމަށް އެގައުމުން އިއުލާންކޮށްފި
01 އޯގަސްޓު 2022

ކޮވިޑް19 އަށް ފަހު ފުރަތަމަ ފަހަރަށް ނިއުޒިލަންޑުގެ ބޯޑަރު އެއްކޮށް ހުޅުވާލައިފި

01 އޯގަސްޓު 2022
ކޮވިޑް19 އަށް ފަހު ފުރަތަމަ ފަހަރަށް ނިއުޒިލަންޑުގެ ބޯޑަރު އެއްކޮށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު