Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވަޒީފާ ނެތް ޒުވާނުން

ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވީ ޒުވާނުންނަށް: އައިއެލްއޯ

ކިޔަވަން ނޫނީ ތަމްރީނެއްގައި ބައިވެރިވެގެން ނޫޅޭ ޒުވާނުންގެ އަދަދު 2022 ވަނަ އަހަރު 23.3 އިންސައްތަ އިތުރުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 އޯގަސްޓު 2022 | ހުކުރު 10:18
މަސައްކަތް ކުރާ ޒުވާނެއް

މަސައްކަތް ކުރާ ޒުވާނެއް

ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވީ ޒުވާނުންނަށް ކަމަށް އދ ގެ ލޭބަރ އޭޖެންސީ އައިއެލްއޯއިން ބުނެފިއެވެ.

އައިއެލްއޯއިން ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި ދުނިޔޭގައި ވަޒީފާ ނުވަތަ ކުރާނެ މަސައްކަތެއް ނުލިބި ތިބި ޒުވާނުންގެ އަދަދު މިއަހަރު 73 މިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ ކޮވިޑް 19 ކުރިމަތިވުމުގެ ކުރިޔަށް ވުރެ ހަ މިލިއަން އިތުރު އަދަދެކެވެ.

އައިއެލްއޯއިން ބުނެފައިވާ ގޮތުގައި ކޮވިޑް 19ގެ ސަބަބުން 15 އަހަރާ 24 އަހަރާ ދެމެދުގެ ޒުވާނުންނަށް ވަނީ ވަޒީފާ ނެތުމުގެ އިތުރުން އެތައް އެހެން މައްސަލަތަކެއް ވެސް ކުރިމަތިވެފައެވެ.

"ގްލޯބަލް އެމްޕްލޯއިމަންޓް ޓްރެންޑްސް ފޯ ޔޫތު 2022" ރިޕޯޓް ނެރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައިއެލްއޯގެ ޑެޕިއުޓީ ޑައިރެކްޓަރު ޖެނެރަލް މާތާ ނިއުޓަން ވިދާޅުވީ ފުރަތަމަ ފަހަރަށް ވަޒީފާއަށް ނުކުންނަ ޒުވާނުންނާއި، ސްކޫލު ނުނިންމާ ވަކިވާ ޒުވާނުންގެ އިތުރުން މަޖްބޫރުން ވަޒީފާއިން ވަކިވާންޖެހޭ ޒުވާނުންނަށް އެހީތެރިވުމަށް ސަރުކާރުތަކުން އިތުރު ކަންތައްތަކެއް ކުރަންޖެހޭކަން ފާހަގަކުރެވިފައިވާ ކަމުގައެވެ. އޭނާ ވިދާޅުވީ ވަޒީފާ ނެތިފައި ތިބި، ނުވަތަ ކިޔަވަން ނޫނީ ތަމްރީނެއްގައި ބައިވެރިވެގެން ނޫޅޭ ޒުވާނުންގެ އަދަދު 2022 ވަނަ އަހަރު 23.3 އިންސައްތަ އިތުރުވެފައިވާ ކަމުގައެވެ. މިއީ 2019 އަށް ވުރެ 1.5 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ ފާއިތުވި 15 އަހަރުވެސް މިމައްސަލަ އެންމެ ގޯސްވި އަހަރުކަމަށް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

އައިއެލްއޯއިން ދިރާސާކޮށްފައިވާ ލެބަރ ޑޭޓާ ދައްކާ ގޮތުން ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައިން މިއަހަރު ނިމެންވާއިރު 2019 ގައި ހުރިވަރަށް އަރައިގަނެވޭނީ ހަމައެކަނި "ހައި އިންކަމް" ނުވަތަ ގައުމަށް ގިނައިން ފައިސާ ލިބޭ ގައުމުތަކަށެވެ.

ޒުވާނުންނަށް ވަޒީފާ ހޯދާ ދިނުމަށް އައިއެލްއޯއިން ލަފާދީފައިވާ އެއްގޮތަކީ ދެމެހެއްޓެވި، ތިމާވެއްޓާ ރައްޓެހި ޕޮލިސީތަކާއި ކަނޑުތަކާއި ގުޅޭ ޕޮލިސީތައް އެކުލަވާލާ އެއަށް އަމަލު ކުރަން ފެށުމެވެ. މި ދެދާއިރާއިން 2030 ގެ ނިަޔަލަށް 8.4 ވަޒީފާ އުފެއްދޭނެ ކަމަށް އެފަރާތުން ބުނެފައިވެއެވެ. މީގެ އިތުރުން ޑިޖިޓަލް ޓެކްނޮލޮޖީގައި އިންވެސްޓް ކޮށްގެންވެސް ޒުވާނުން ޝައިގުވެރިވާނެ ވަޒީފާ އުފެއްދޭނެ ކަމަށް އައިއެލްއޯއިން ބުނެފައިވެއެވެ. 2030 ގެ ނިޔަލަށް ޔުނިވަރސަލް ބްރޯޑްބޭންޑް ކަވަރޭޖް ހާސިލް ކުރެވިއްޖެ ނަމަ، 24 މިލިއަން ވަޒީފާ އުފެއްދޭނެ ކަމަށާއި، މީގެ ތެރެއިން 6.4 މިލިއަން ވަޒީފާ ޒުވާނުންނަށް ޚާއްސަވާނެ ކަމަށް އެފަރާތުން ބުނެފައިވެއެވެ.

އަންއެމްޕްލޯއިމެންޓް

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު