Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް19 އަށް ފަރުވާއެއް ހޯދުން

ކޮވިޑް19 އަށް ޓްރަމްޕް ހުށައެޅުއްވި ފަރުވާ: ޔޫވީ އަލި ނުވަތަ ޑިސްއިންފެކްޓަންޓް ގައިގެ ތެރެއަށް ފޮނުވުން

ލައިޓް ބޭނުންކުރަން ހުށައެޅުއްވީ ހޫނު ގަދަވުމުން ވައިރަސް ނެތިދާކަމަށް ބައެއް ދިރާސާތަކުން ދައްކާތީ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 24 އެޕްރީލު 2020 | ހުކުރު 05:24
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮވިޑް-19 ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ފުއްޕާމޭގެ ތެރެއަށް ޑިސްއިންފެކްޓަންޓް ފޮނުވުން ނުވަތަ ހަށިގަނޑުގެ ތެރެއަށް ޔޫވީ އަލި ފޮނުވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޚިޔާލު ދެއްވައިފި އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ރަސްމީ ގެކޮޅު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޔޫވީ އަލި ފޮނުވަން ހިޔާލު ހުށައެޅުއްވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލެންޑް ސެކިއުރިޓީގެ ބިލް ބްރަޔަން ދެއްވި ޕްރެޒެންޓޭޝަނަކާއި ގުޅިގެންނެވެ.

ބްރަޔަންގެ ޕްރެޒެންޓޭޝަންގައި އޭނާ ވަނީ، ހޫނު ތަންތަނުގައި ވައިރަސްއަށް ގިނައިރު ނޫޅެވޭ ކަމަށް އޭނާގޭ ދިރާސާކުރާ ޓީމުގެ ހޯދުންތަކުން ދައްކާކަމަށް ވިދާޅުވެފަ އެވެ. އަދި އަވިދޭނަމަ، ވައިރަސް އަވަހަށް މަރުވާ ކަމަށް ބްރަޔަން ވިދާޅުވި އެވެ.

ޕްރެޒެންޓޭޝަނަށް ފަހު ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ގަދަ އައްޔެއް ހަށިގަނޑުގެ ތެރެއަށް ފޮނުވާލުމަކީ ހައްލެއް ކަމަށް ދެކެވަޑައިގަންނަވާ ކަަމަށް ވިދާޅުވެފަ އެވެ. އަދި މިކަންކަން ޓެސްޓު ކުރަމުންދާ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ ޑިސްއިންފެކްޓަންޓް ބޭނުން ކޮށްގެން ވައިރަސް ނެތިގެންދާ ކަމުގެ ވާހަކަތައް އަޑުއިވިފައިވާ ކަމަށް ވިދާޅުވެ، ފުއްޕާމޭގެ ތެރެއަށް ޑިސްއިންފެކްޓަންޓް ފޮނުވޭން ގޮތެއް ހޯދަން ބްރަޔަންގެ ޓީމުން މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އެކަމަކީ ވަރަށް "ޝައުގުވެރި" ކަމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕްގެ ހުށައެޅުއްވުމާއި ގުޅިގެން ހޯމްލެންޑް ސެކިއުރިޓީގެ ބްރަޔަންއާ މީޑިއާތަކުން ސުވާލުކުރުމުން، އޭނާ ވިދާޅުވީ ޓްރަމްޕް ވިދާޅުވި ފަދަ އެއްވެސް ޓެސްޓެއް ހެދުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށެވެ. އަދި ހޫނު ގަދަ ތަންތަނުގައި ވައިރަސް ނެތިދިއުމުގެ ފުރުސަތު ބޮޑު ނަމަވެސް، މި ވަގުތަށް އެންމެ ރަނގަޅީ އިޖްތިމާއީ ގައިދުރުކަން ބެހެއްޓުން ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕްގެ ދެއްކެވި ވާހަކަތަކާއި ގުޅިގެން، ސިއްހީ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ޑިސްއިންފެކްޓަންޓަކީ އަމިއްލައަށް މަރުވާން ބޭނުންވާ މީހުން ބޭނުންކުރާ އާލާތެއް ކަމަށާއި، އެފަދަ ހިޔާލު ފާޅުކުރެއްވުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ.

ޓްރަމްޕް ވަނީ މީގެ ކުރިންވެސް ބައެއް ބޭސްތަކަކީ ފަރުވާއެއް ކަމަށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އަދި މި ބޭސްތަކުގެ ތެރޭގައި މެލޭރިއާއަށް ފަރުވާދޭން ބޭނުންކުރާ ހައިޑްރޮކްސީކޮލޮރޮކުއިން ހިމެނެ އެވެ. ނަމަވެސް، ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މި ބޭހުގެ ސަބަބުން ބަލިމީހާ އިތުރު ނުރައްކަލަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު