Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް19

މާޝަލް އައިލަންޑްސްގައި ފުރަތަމަ ފަހަރަށް ކޮވިޑް19 ފެތުރެނީ

15 އޯގަސްޓު 2022 | ހޯމަ 08:44

2020 ވަނަ އަހަރު 2 ކޭސް ފެނުނު ގޮތަށް ކޭސްތައް އިތުރުވާން ފަށާފައި މިވަނީ ނިމުނު ހަފްތާގައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 15 އޯގަސްޓު 2022 | ހޯމަ 08:44
މާޝަލް އައިލަންޑްސް

މާޝަލް އައިލަންޑްސް

ޕެސިފިކް ސަރަހައްދުގައި އެކަހެރިކޮށް އޮންނަ ޖަޒީރާ ޤައުމެއް ކަމަށްވާ މާޝަލް އައިލަންޑްސްގައި ފުރަތަމަ ފަހަރަށް ކޮވިޑް19 ފެތުރެމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ.

އެޤައުމުގެ ވެރިރަށް މަޖޫރޯ ސިޓީއިން ހުކުރު ދުވަހު ރިޕޯޓްކުރި ޕޮޒިޓިވް ބަލި މީހުންގެ އަދަދު މިހާރުވަނީ ދެގުނަ އިތުރުވެފައި ކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން ކެޕިޓަލް ސިޓީގެ ކޮންމެ ދިހަ މީހަކުން އެކަކަށް މިހާރު ބަލި ޖެހިފައިވާ ކަމަށް ވެއެވެ.

އާދީއްތަ ދުވަހު އެގައުމުގެ ހެލްތު ސެކްރެޓަރީ ޖެކް ނީޑެންތާލް ވިދާޅުވީ މިވަގުތު ހެދޭ ޓެސްޓްތަކުގެ ހަތްދިހަ ފަހެއް އިންސައްތަ ޓެސްޓް ޕޮޒިޓިވްވާކަމުގައެވެ.

ޕެސިފިކް ޖަޒީރާތަކުން މީގެ ކުރިން ވަނީ ކޮވިޑް19 ބަލި ގައުމަށް ވަނަ ނުދީ ކާމިޔާބު ކަމާއެކު މަސައްކަތް ކޮށްފައިވެއެވެ. 59000 މީހުންގެ އާބާދީ އެއް އޮންނަ މާޝަލް އައިލަންޑްސް އަކީވެސް މިގޮތުން ކާމިޔާބު ކަމާއެކު ކޮވިޑް އިތުރު ވިޔަނުދީ ހިފަހައްޓާފަ އޮތް ގައުމެކެވެ. އެގައުމުން ފުރަތަމަ ދެ ކޭސް ފެނިފައިވަނީ އޮކްޓޯބަރ 2020 ވަނަ އަހަރުއެވެ. އެއީ އެމެރިކާއިން ދަތުރުކޮށްފައި ދިޔަ ދެމީހުންގެ ފުށުންނެވެ. އެދެމީހުން އައިސޮލޭޓްކޮށްފައި ބޭއްތިއްބުމަށް ފަހު ބަލި ކޮންޓްރޯލް ކުރެވި، މީގެ ހަފްތާއެއްހާ ދުވަސް ކުރިޔާ ޖެހެންދެން މާޝަލް އައިލަންޑްސްގައި ކޮވިޑް19 ގެ ކަންބޮޑުވުން ނެތްކަމަށް ވެއެވެ. ނަމަވެސް ހޯމަ ދުވަހު ސަރުކާރުން ވަނީ އެގައުމުގައި ކޮމިޔުނިޓީ ސްޕްރެޑްއެއް އުޅޭކަން ޔަގީން ކޮށްދީފައެވެ. މިހާރު އެގައުމުގަ ވަނީ ސްޓޭޓް ހެލްތު ޑިޒާސްޓަރ އިއުލާންކޮށް ސްކޫލްތައް ބަންދުކޮށް އަދި އިތުރު ފިޔަވަޅުތައް ވެސް އަޅާފައެވެ.

މާޝަލް އައިލަންޑްސްގައި އަދި ލޮކްޑްއުން އިއުލާން ނުކުރި ނަމަވެސް، ގިނަ އަދަދެއްގެ މީހުން އަމިއްލަ އިޙްތިޔާރުން ބޭރަށް ނުނިކުންނަ ކަމަށް ރޭޑިއޯ ނިއުޒިލަންޑް އާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނެއެވެ.

އޮކްޓޯބަރ 2020 ގެ ފަހުން އެގައުމުގައި ކޮވިޑް19 ޖެހިގެން މަރުވި ކަމަށް ބެލެވެނީ 2 މީހުންނެވެ.      

ހޯމަ ދުވަހުން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 9 މީހުންނަށް ފަރުވާ ދެމުން ދާކަމަށް ޚަބަރު ލިބެއެވެ. އެގައުމުގެ 70 އިންސައްތަ މީހުން ވަނީ ކޮވިޑް19 ވެކްސިން ފުރިހަމަކޮށްފަކަމަށް ވެއެވެ.

މާޝަލް އައިލަންޑްސް ވެފައި މިވަނީ ދުނިޔޭގައި އެންމެ ފަހުން ކޮވިޑް19 ފެތުރެން ފެށި އެއްގައުމަށެވެ.  

ކޮވިޑް-19

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް