Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޒިލަންޑުގެ ބޯޑަރު ހުޅުވުން

ކޮވިޑް19 އަށް ފަހު ފުރަތަމަ ފަހަރަށް ނިއުޒިލަންޑުގެ ބޯޑަރު އެއްކޮށް ހުޅުވާލައިފި

ކޮވިޑް 19 އާ ގުޅިގެން ނިއުޒިލަންޑުގެ ޓުއަރިޒަމްގެ އާމްދަނީ 16 ބިލިއަނުން އެއްބިލިއަން ނިއުޒިލަންޑް ޑޮލަރަށް ވެއްޓުނު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 1 އޯގަސްޓު 2022 | ހޯމަ 06:18
ޖެސިންދާ އާޑަން - ނިއުޒިލަންޑްގެ ބޮޑުވަޒީރު

ޖެސިންދާ އާޑަން - ނިއުޒިލަންޑްގެ ބޮޑުވަޒީރު

ކޮވިޑް19 އާ ގުޅިގެން 2020 ވަނަ އަހަރުގެ މާރޗް މަހު ނިއުޒިލަންޑުގެ ބޯޑަރު ބަންދު ކުރުމަށް ފަހު ފުރަތަމަ ފަހަރަށް އެއްކޮށް ހުޅުވާލައިފިއެވެ.

މިއާއެކު ކުރިއެކޭ އެއްގޮތަށް ވިސާ ނަގައިގެންދާ މެހްމާނުންނާއި އަދި ސްޓޫޑަންޓް ވިސާގައިދާ ފަރާތްތަކަށް ހުރަހެއް ނެތި އެގައުމަށް އެތެރެވެވޭނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަ ކޮށްފައިވޭތޯ ބޭލުމަށް ޚާއްސަ ސަމާލު ކަމެއް ދެވޭނެ ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ކަރަންޓީން ވާން ނުޖެހޭ ކަމަށް ވެއެވެ.

ނިއުޒިލަންޑްގެ ބޯޑަރު ހުޅުވާލުމާއި ގުޅިގެން ބޮޑުވަޒީރު ޖެސިންދާ އާޑަން ވިދާޅުވީ މިއީ ވަރަށް މުހިންމު ވަގުތުކޮޅެއް ކަމަށާއި މިކަމަކީ ވަރަށް ހިފެހެއްޓުންތެރި ކަމާއެކު ފެށުނު "ޕްރޮސެސް" އެއްކަމުގައެވެ.

މި ގެނެވުނު ބަދަލާއެކު ނިއުޒިލަންޑްގެ މެރިޓައިމް ބޯޑަރުވެސް ވަނީ ހުޅުވާލާފައެވެ. މިއާއެކު ކްރޫޒް މަނަވަރުތަކާ އަދި ބޭރު ގައުމުތަކުން ފަތުރުވެރިން ގޮވައިގެން ދަތުރު ކުރާ ޔޮޓްތަކަށް ވެސް އެގައުމުގައި ޑޮކް ކުރުމުގެ ހުއްދަ ދެވޭނެއެވެ.

ނިއުޒިލަންޑްގެ ބޯޑަރު ބައިބަޔަށް ހުޅުވާލުމުގެ މަސައްކަތް ފެށީ ފެބްރުއަރީ މަހުއެވެ. އޭރު ހުއްދަ ދިނީ އޮސްޓްރޭލިޔާގައި ތިބި އެގައުމުގެ ރައްޔިތުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތައް އެތެރެވުމުގެ ހުއްދައެވެ. އޭގެ ފަހުން މާރޗް މަހު އެހެން ގައުމުތަކުގައި ތިބި ރައްޔިތުން ވަނުމުގެ ހުއްދަ ދެވުނެވެ. އެއަށް ފަހު މޭމަހު ވިސާ ނެތި އެގައުމަށް އެތެރެވެވޭ 50 ގައުމަކުން މީހުން ވަނުމަށް ހުއްދަ ދިނެވެ.

އޮކްލަންޑްގައި ކުރިޔަށްދާ ޗައިނާ ބިޒްނަސް ސަމިޓުގައި މުޚާތަބް ކުރައްވަމުން ބޮޑުވަޒީރު ޖެސިންދާ އާޑަން ހޯމަ ދުވަހު ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ގައުމަށް ލިބޭ އާމްދަނީއަށް ވުރެ ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދޭން ޖެހުނު ކަމުގައެވެ.

އެހެންވެސް ގައުމުތަކެކޭ އެއްފަދައިން ކޮވިޑް 19 ގެ ސަބަބުން ނިއުޒިލަންޑްގެ ޓުއައިޒަމް އަށްވެސް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކޮށްފައިވެއެވެ. މިގޮތުން ޓުއަރިޒަމްގެ އާމްދަނީގެ ގޮތުގައި އަހަރަކު ލިބެމުން އައި 16 ބިލިއަން ނިއުޒިލަންޑް ޑޮލަރު އެއްބިލިއަން ނިއުޒިލަންޑު ޑޮލަރަށް ވެއްޓުނެވެ. އަދި ޓުއަރިޒަމް އިންޑަސްޓްރީގައި ސީދާ ގޮތުން ވަޒީފާ އަދާ ކުރަމުން އައި މީހުންގެ އަދަދު 72 ހާހުން މަދުވެގެން ދިޔައެވެ.   

ނިއުޒިލެންޑް

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި

27 ސެޕްޓެމްބަރު 2025
މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި
04 އޯގަސްޓު 2025

ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި

04 އޯގަސްޓު 2025
ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި
05 ޖޫން 2025

ނިއުޒިލޭންޑް މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ނެށި ތިން މައޯރީ އެމްޕީއަކު ސަސްޕެންޑް ކޮށްފި

05 ޖޫން 2025
ނިއުޒިލޭންޑް މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ނެށި ތިން މައޯރީ އެމްޕީއަކު ސަސްޕެންޑް ކޮށްފި
08 އެޕްރީލު 2024

ނިއުޒިލަންޑްގެ ވިސާ ގަވާއިދު ހަރުކަށިކޮށްފި

08 އެޕްރީލު 2024
ނިއުޒިލަންޑްގެ ވިސާ ގަވާއިދު ހަރުކަށިކޮށްފި
12 މާރިޗު 2024

ނިއުޒިލަންޑަށް ދިޔަ ބޯޓަކަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ އަކުން އެތައް ބައެއްގެ ބޯފެޅެން ދިމާވެއްޖެ

12 މާރިޗު 2024
ނިއުޒިލަންޑަށް ދިޔަ ބޯޓަކަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ އަކުން އެތައް ބައެއްގެ ބޯފެޅެން ދިމާވެއްޖެ
15 ޑިސެމްބަރު 2022

ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނިއުޒީލަންޑުން ކާމިޔާބީތަކެއް

15 ޑިސެމްބަރު 2022
ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނިއުޒީލަންޑުން ކާމިޔާބީތަކެއް
14 ޑިސެމްބަރު 2022

ނިއުޒިލެންޑުގައި ސިނގިރޭޓު ބޭނުން ކުރުން ހުއްޓުވުމަށް ޤާނޫނެއް ފާސްކޮށްފި

14 ޑިސެމްބަރު 2022
ނިއުޒިލެންޑުގައި ސިނގިރޭޓު ބޭނުން ކުރުން ހުއްޓުވުމަށް ޤާނޫނެއް ފާސްކޮށްފި
19 ސެޕްޓެމްބަރު 2022

ނިއުޒިލެންޑުގެ ކެޕްޓަން ވިންސްޓަން ރީޑް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

19 ސެޕްޓެމްބަރު 2022
ނިއުޒިލެންޑުގެ ކެޕްޓަން ވިންސްޓަން ރީޑް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
19 އޯގަސްޓު 2022

ނިއުޒިލަންޑްގެ ސައުތު އައިލަންޑްއަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ

19 އޯގަސްޓު 2022
ނިއުޒިލަންޑްގެ ސައުތު އައިލަންޑްއަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ
30 ޖެނުއަރީ 2022

ކޮވިޑްގެ ޕޮޒިޓިވް ކޭހަކާއި ކޮންޓެކްޓްވުމުން ނިއުޒިލެންޑްގެ ބޮޑުވަޒީރު އައިސޮލޭޝަނަށް

30 ޖެނުއަރީ 2022
ކޮވިޑްގެ ޕޮޒިޓިވް ކޭހަކާއި ކޮންޓެކްޓްވުމުން ނިއުޒިލެންޑްގެ ބޮޑުވަޒީރު އައިސޮލޭޝަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު