Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީގެ ސަސްޕެންޝަން އުވާލުން

ސަސްޕެންޝަން އުވާލުން އެއީ ލިބުނު ހިތްވަރެއް ނޫން: ގާޑިއޯލާ

26 ޖުލައި 2020 | އާދީއްތަ 09:45

"މި މައްސަލައަކީ މިހާރު ނިމިފައިވާ މައްސަލައެއް"

އަތޫފް އާތިފް
އަތޫފް އާތިފް | 26 ޖުލައި 2020 | އާދީއްތަ 09:45
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: ސިޓީގެ ސަސްޕެންޝަނުގެ މައްސަލައިގައި ގާޑިއޯލާ އަންނަނީ ފާޑު ކިޔަމުން

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: ސިޓީގެ ސަސްޕެންޝަނުގެ މައްސަލައިގައި ގާޑިއޯލާ އަންނަނީ ފާޑު ކިޔަމުން

ޔުއެފާއިން މެންޗެސްޓާ ސިޓީއަށް ދިން ސަސްޕެންޝަން އުވާލުން އެއީ އެ ޓީމަށް ލިބުނު އިތުރު ހިތްވަރެއް ނޫން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުއެފާއިން ވަނީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީން ޚިލާފުވެފައި ވާތީ އެ ކްލަބު ޔޫރަޕުގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑް ކުރަން ނިންމާފައެވެ. މީގެ އިތުރުން ޔުއެފާ އިން ވަނީ އެޓީމު 30 މިލިޔަން ޔޫރޯ އިން ޖޫރިމަނާވެސް ކޮށްފައެވެ.

އެކަމަކު މި މައްސަލަ ސިޓީން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފު ކުރިއިރު، ސީއޭއެސްއިން ވަނީ ސިޓީގެ ސަސްޕެންޝަން އުވާލަން ނިންމާފައެވެ. އަދި ވަނީ ސިޓީގެ ޖޫރިމަނާ 30 މިލިޔަން ޔޫރޯއިން 10 މިލިޔަން ޔޫރޯއަށް ކުޑަކޮށްދީފައެވެ.

ގާޑިއޯލާ ބުނީ މި މައްސަލައަކީ މިހާރު ނިމިފައިވާ މައްސަލައެއް ކަމަށާއި، މި މައްސަލައިން ސަލާމަތްވެވުން އެއީ ކުޅުންތެރިންނަށާއި ކްލަބަށް މިހާރު ލިބޭނެ އިތުރު ހިތްވަރެއް ނޫން ކަމަށެވެ.

ގާޑިއޯލާ އިތުރަށް ބުނީ ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ ކަމަށާއި، ސިޓީގެ ސަސްޕެންޝަން އުވާލުން އެއީ މުޅި ދުނިޔެއަށް ސިޓީ އަކީ ކޮރަޕްޓް ބައެއް ނޫންކަން އަންގައިދިން ކަމެއް ކަމަށެވެ.

ގާޑިއޯލާ މީގެ ކުރިން ވަނީ ސިޓީގެ އަގު ވައްޓާލަން މަސައްކަތްކުރި މީހުން، ސިޓީގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައެވެ. ގާޑިއޯލާ ބުނީ ސިޓީގެ އަގު ވައްޓާލައި، ސިޓީއާ ދެކޮޅަށް ވާހަކަ ދެއްކި މީހުން މާފަށް އެދެން ޖެހޭނެ ކަމަށާއި، އިސްތިއުނާފުގެ މައްސަލަ ސިޓީއާ އެއްކޮޅަށް ނިމުމުން، އެއިން އެނގިގެންދަނީ ސިޓީގެ ކުށެއް ނެތްކަން ކަމަށެވެ.

އެކަމަކު ސިޓީގެ ސިޓީގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެ ދެ ކޯޗުން ބުނީ އެފްއެފްޕީ ގަވާއިދުގައިވާ ކަންތައްތަކާ އެއްގޮތަށް ކަންތައްތައް ހިނގާތޯ ބަލަން ޔުއެފާއިން ކުރާ މަސައްކަތް ބަލިކަށިކޮށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ގަވާއިދެއް ހެދިފައިވާނަަމަ އޭގެ ބާރެއް ނެތި ބޭނުން ބަޔަކަށް ވަކި އުސޫލުތަކެއްގެ ތެރެއިން ސަލާމަތްވެވޭނަމަ އެ ގަވާއިދެއްގެ ބޭނުމެއް ނެތް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

02 މެއި 2017

އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް

02 މެއި 2017
އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް
30 އެޕްރީލު 2017

ވެލެންސިޔާ އަތުން ލިބުނު މޮޅަކީ ރަނގަޅު ފެށުމެއް: ސުޒޭން

30 އެޕްރީލު 2017
ވެލެންސިޔާ އަތުން ލިބުނު މޮޅަކީ ރަނގަޅު ފެށުމެއް: ސުޒޭން
29 އެޕްރީލު 2017

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

29 އެޕްރީލު 2017
ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ
22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
01 މާރިޗު 2017

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް