Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމު ބިލުގެ ކަންބޮޑުވުންތަކެއް

ތައުލީމީ ބިލުގައި ހުރި ޓީޗަރުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފި

25 ޖުލައި 2020 | ހޮނިހިރު 14:28

ބިލަށް ހިޔާލު ހޯދުމަށް ފޯރަމެއް ބޭއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 25 ޖުލައި 2020 | ހޮނިހިރު 14:28
ަރައީސް އާއި ނައިބ ރައީސްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން

ަރައީސް އާއި ނައިބ ރައީސްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހާލާގައި ތައުލީމާ ބެހޭ ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ފުރުސަތު ލިބިފައިނުވާ ކަމަށް ބުނެ، ޓީޗަރުންގެ އެސޯސިއޭޝަނުން ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފިއެވެ.

ތައުލީމީ ބިލަށް އާއްމުންގެ ހިޔާލު ހުށައަޅަން ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ހުޅުވާލިއެވެ. އަދި ހިޔާލު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން މަޖިލީހުގެ އިދާރާގައި ފޯރަމެއް ބޭއްވިއެވެ. މި ފޯރަމުގައި އެ ޖަމިއްޔާގެ ފަރާތުން ބައިވެރިވެފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.

Advertisement - newsAdvertisement

ޓީޗަރުންގެ އެސޯސިއޭޝަނުން ބުނީ، ތައުލީމީ ބިލަށް ކޮމިޓީ މަރުހަލާގައި މަޝްވަރާ ކުރުމުގެ ފުރުސަތު މަޖިލީހުން ދީފައިނުވާ ކަމަށެވެ. އެހެންކަމުން، ބިލުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެ އެސޯސިއޭޝަންގެ މައިގަނޑު ކަންބޮޑުވުންތަކަކީ، ޓީޗަރުންނާއި ޕްރިންސިޕަލުންގެ ޒިންމާތައް ކަނޑައެޅިފައިވާއިރު ޓީޗަރުންގެ ގޮތުގައި މާނަކުރާ އެކިއެކި ފަންނީ މުވައްޒަފުންގެ ޒިންމާތައް ކަނޑައެޅިފައި ނުވުމާއި ކައުންސިލަރުންނާއި، ހެލްތް އެސިސްޓަންޓުނަށް ލައިސަންސް ދޭނެ މިންގަނޑެއް ސާފު ނުވުމެވެ. އަދި ހިލޭ ކިޔަވައިދޭނެ ކަމަށް ހިމަނާފައިވާއިރު، ހިލޭ ކިޔަވައިދިނުން ކަށަވަރުވާނެ މައިގަނޑު ގޮތްތައް ބަޔާންކުރެވިފައި ނެތުންވެސް އެއީ ޓީޗަރުންގެ ކަންބޮޑުވުމެކެވެ.

ސްކޫލްތަކުގައި ހުރި ވަސީލަތްތައް ދަރިވަރުންނަށް ކަށަވަރުކޮށްދޭން އިތުރު މަސައްކަތްތަކެއް ކުރަން ބިލުގައި ހިމަނަން ޖެހޭ ކަމަށާއި، އޭގެ އިތުރުން ޓީޗަރުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކެއްވެސް ބިލުގައި ބަޔާންކުރުން މުހިއްމުކަން ކަމަށް އެ އެސޯސިއޭޝަނުން ދެކެއެވެ.

ބިލާއި ބެހޭ ގޮތުން ހިޔާލު ހޯދުމަށް ކޮމިޓީން ވަނީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ހިމެނޭ ގޮތަށް އެ މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުކޮށްފައެވެ. ކޮމިޓީއަށް ހިޔާލުތައް ހިއްސާކުރުމުގެ ކުރިން މިނިސްޓްރީން ވަނީ ޓިޗަރސް އެސޯޝިއޭޝަނާއި ބައްދަލުކޮށްފައެވެ.

ޓީޗަރސް އެސޯސިއޭޝަންގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ކޮމިޓީގެ މުގައްރިރު އަހުމަދު އަބްދުﷲ ރާއްޖެ.އެމްވީ އަށް ވިދާޅުވީ، ބިލާ ގުޅޭ ގޮތުން ހިޔާލު ހުށަައަޅަން ހުޅުވާލި ފުރުސަތުގައި ކޮމިޓީއާ ބައްދަލުކުރަން ޓީޗަރުންގެ އެސޯސިއޭޝަން އެދިފައިނުވާ ކަމަށެވެ. ކޮމިޓީން ވަނީ ބިލުގެ ބޮޑު ބައެއް މިހާރު ނިންމާލާފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް