Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބާޕޭއަށް އަނިޔާވެ ކުޅުމާ ދުރަށް

އެމްބާޕޭއަށް ލިބުނު އަނިޔާ ސީރިއަސް

25 ޖުލައި 2020 | ހޮނިހިރު 13:54

72 ގަޑިއިރު ފަހުން އިތުރު ޓެސްޓުތަކެއް ހަދާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 25 ޖުލައި 2020 | ހޮނިހިރު 13:54
އަނިޔާވެގެން ފޯވާޑް ކީލިއަން އެމްބާޕޭ ދަނޑުން ބާލަނިކޮށް

އަނިޔާވެގެން ފޯވާޑް ކީލިއަން އެމްބާޕޭ ދަނޑުން ބާލަނިކޮށް

ފޯވާޑް ކީލިއަން އެމްބާޕޭގެ ފައިތިލައިގެ ހުޅަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ޕީއެސްޖީން ބުނެފިއެވެ.

އެމްބާޕޭއަށް އަނިޔާވީ ފްރެންޗް ކަޕްގެ ފައިނަލް މެޗުގައި ސެއިންޓް އެޓިއެން އަތުން 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގައެވެ. މި މެޗުގައި އެމްބާޕޭ އަށް އަނިޔާވުމުގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. އެމްބާޕޭއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނީ މެޗުގެ 30 ވަނަ މިނެޓުގައި ސެއިންޓް އެޓިއެންގެ ލޮއިކް ޕެރީން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން ޕެރީންއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ޕީއެސްޖީއިން ބުނީ އެމްބާޕޭގެ ފައިތިލައިގެ ހުޅަށް ލިބުނު އަނިޔާ ސީރިއަސް ކަމަށާއި، 72 ގަޑިއިރު ފަހުން އިތުރު ޓެސްޓުތަކެއް ހަދާނެ ކަމަށެވެ. އެމްބާޕޭއަށް ލިބުނު އަނިޔާއާ ގުޅިގެން މީގެ ކުރިން އޭނާ އޮޕަރޭޝަނެއް ކުރަން ޖެހިދާނެ ކަމަށް ބެލެވުނު ނަމަވެސް، އޮޕަރޭޝަން ނުކޮށް އޭނާ ސަލާމަތްވާނެ ކަމަށް މިހާރު ވަނީ ރިޕޯޓުކޮށްފައެވެ.

އެމްބާޕޭއަށް އަނިޔާވުމާއެކު، އަންނަ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގަށް އެމްބޭޕޭ ފިޓްނުވުމުގެ ބިރު އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ޕީއެސްޖީ ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ

މޮނާކޯއިން ކެރިއަރު ފެށި އެމްބާޕޭ އެންމެ ފުރަތަމަ ޕީއެސްޖީއާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން 208 މިލިއަން ޑޮލަރު ދެއްކުމަށްފަހު ޕީއެސްޖީން އެމްބާޕޭގެ އެއްބަސްވުން ދާއިމީކުރިއިރު، އޭނާ އަންނަނީ އެ ކްލަބުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި އެމްބާޕޭ ވަނީ ޕީއެސްޖީއަށް ކުޅެދިން 34 މެޗުގައި 30 ލަނޑު ޖަހާފައެވެ.

އަދި ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 120 މެޗުގައި 90 ލަނޑު ޖަހާފައެވެ. އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު މިހާތަނަށް ފްރެންޗު ލީގު ތިން ފަހަރު ހޯދާފައެވެ. އަދި ވަނީ އެ ކްލަބާއެކު ފްރެންޗު ކަޕް ދެ ފަހަރު އަދި ފްރެންޗު ލީގު ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް