Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑުފިނޮޅު ބިދޭސީންގެ މައްސަލަ

ބޮޑުފިނޮޅު ބިދޭސީންނަށް މުސާރަ ދިނުމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން އަންގައިފި

24 ޖުލައި 2020 | ހުކުރު 07:59

މި މަހުގެ 30 ގެ މުސާރާ ދޭން ވަނީ އަންގާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 24 ޖުލައި 2020 | ހުކުރު 07:59
ބޮޑު ފިނޮޅުގައި ތިބި ބިދޭސީން ވަނީ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީފައި

ބޮޑު ފިނޮޅުގައި ތިބި ބިދޭސީން ވަނީ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީފައި

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި ބޭ ތިއްބި އަރްއައިއެކްސް ކުންފުނީގެ 179 ބިދޭސީންނަށް ދޭން ޖެހޭ މުސާރަ މި މަހުގެ 30ގެ ކުރިން ދިނުމަށް ލޭބަރ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ) އިން އަންގައިފިއެވެ.

ބޮޑުފިނޮޅުގައި މަސަައްކަތް ކުރަމުން އައި ބިދޭސީންނަށް ލިބެންޖެހޭ މުސާރަ ނުލިބޭތީވެ އެ މީހުން ވަނީ މުޒާހަރާކޮށް އެ ރަށުގައި ހުރި ތަކެއްޗަށް ގެއްލުން ދީފައެވެ. ލޭބަރ އޮތޯރިޓީން އާރްއައިއެކްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އަށް ފޮނުވާފައިވާ ސިޓީއެއް ގައި ބުނީ، ބޮޑު ފިނޮޅުގައި ތިބި އާރއައިއެކްސް މުވައްޒަފުންނާއި، ބޮޑުފިނޮޅު ހޮޓެލް އެންޑު ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުން ފިޔަވައި ދެން ތިބި ބިދޭސީންނަކީ އެކިއެކި ކުންފުނިތަކުގެ ނަމުގައި ރާއްޖޭގެ ވަޒީފާތަކަށް އައިސް ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ކަމަށެވެ.

Advertisement - newsAdvertisement

ބޮޑުފިނޮޅުގައި ތިބި ހުރިހާ ބިދޭސީން، އެ މީހުންނަށް ވަޒީފާދީގެން ގެންގުޅުނީ އާރްއައިއެކްސް އިން ކަމަށް ބުނެފައިވާ ކަމަށް އެ ސިޓީގައި ބުންޏެވެ. އަދި އެ ރަށް ހިންގާ ސީލް މޯލްޑިވްސް އާއި އާރްއައިއެކްސްއާ ދެމެދު ބަދަލުކުރެވިފައިވާ ލިޔުންތަކަށް ބެލިޔަސް ބޮޑުފިނޮޅު ގައި ތިބި ބިދޭސީންނަކީ، ރިޒާގެ ކުންފުނިން މުސާރަ ދެމުން އައި ބައެއްކަން އެނގޭ ކަމަށް ސިޓީގައި ބުންޏެވެ.

ދެ ފަރާތުން ވެފައިވާ އެއްބަސްވުމަށް ބަލާއިރު ބޮޑު ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ދިނުމާއި، ކާންދިނުމާއި، އެމީހުންނާ ގުޅޭގޮތުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަކީ، އާރުއައިއެކްސް އިން ކުރަންޖެހޭ ކަމެއް ކަމަށް އެލްއާރްއޭ އިން ބުންޏެވެ.

އެހެންކަމުން ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަށް ނުދެވިފައިވާ މުސާރު ދީ ނިންމުމަށް ފަހު، އެކަން ކަށަވަރު ކުރެވޭނެ ލިޔުމެއް މި މަހުގެ 30ގެ ކުރިން އެ އޮތޯރިޓީއާ ހިއްސާ ކޮށްދިނުމަށް އެލްއާރްއޭއިން ވަނީ އާރްއައިއެކްސް ކުންފުންޏަށް އަންގާފައެވެ.

އަންގާ އެންގުންތަކަށް އަމަލު ނުކުރާނަމަ، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެލްއާރްއޭ އިން ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް