Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް

24 ޖުލައި 2020 | ހުކުރު 07:50

ރޯދަ ހިފުމަށް ގޮވާލާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖުލައި 2020 | ހުކުރު 07:50
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ \'\'ހައްޖު މަހުގެ ދިހަ ދުވަހުގެ މާތްކަން\'\' މިއެވެ

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ \'\'ހައްޖު މަހުގެ ދިހަ ދުވަހުގެ މާތްކަން\'\' މިއެވެ

އެންމެ މާތް މަސްއަރަކީ ހައްޖު މަސް ކަމަށާއި، ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައިވާތީ އެދުވަސްތަކުގައި އަޅުކަމުގައި މަސްއޫލުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ހައްޖު މަހުގެ ދިހަ ދުވަހުގެ މާތްކަން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތް ﷲ ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރި ވެގެންވާ މައްސަރުތައް ކަމަށެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށާއި، ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ޚުތުބާގައިވެއެވެ.

Advertisement - newsAdvertisement

މި ދުވަސްތަކުގައި ހެޔޮއަމަލުތައް ގިނަކޮށް، ރޯދަ ހިފުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތް ގަނެފައިވާ ބަޔަކަށް، ހައްޖަށް ދެވޭ ގޮތްނުވި ކަމުގައި ވިޔަސް، ފަރްޟު ހައްޖުވުމަށް އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ފަރާތްތަކަށް ﷲގެ ޙަޟްރަތުން ދަރުމަ އާއި، ސަވާބު ލިބޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަމިއްލަ ގައުމުގައި، އަމިއްލަ ވަޒަނުގައި، ތިބިކަމުގައި ވިޔަސް ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ އާއި ޘަވާބު ލިބިގަތުމަށް މަސައްކަތް ކުރުމުގެ މަގު ވަނީ ތަނަވަސް ކޮށްދީފައިވާ ކަމަށެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނަކީ އަމަންއަމާންކަމާއި، ރައްކައުތެރިކަން މުޖުތަމައަށް ގެނެސްދޭނެ ދީން ކަމަށާއި، މީސްތަކުންގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް އޮތް ހަމައެކަނި މަގު ކަމަށެވެ.

އިޚްލާސްތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ އިޚްސާންތެރިކަމަކީ އެންމެހާ އަޅުކަންތައް ގަބޫލުވުމުގެ ޝަރުތު ކަމަށެވެ. ޚުތުބާގައި ބުނީ ޝިރުކު ކުރުމާއި ޝިރުކުގެ އަހުލުވެރިންގެ ކިބައިން ބަރީއަވާން ޖެހޭ ކަމަށާއި، އިޚްލާސްތެރިކަން ފަނޑުކޮށް ކިލަނބު ކޮށްލާފަދަ އެންމެހާ ކަންކަމުން ދުރުވެ، ރައްކާތެރިވާން ޖެހޭ ކަމަށެވެ. އަދި ދެއްކުންތެރިކަމާއި އަޑުއެރުވުން ފަދަ ކުޑަ ޝިރުކުތަކަށް ޖާގަ ނުދިނުމަށް ވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚުތުބާގައި ބުނީ މުސްލިމުންނަކީ އެމީހުންގެ ޢަމަލުތަކާއި، ވަގުތުތަކުގައި، ﷲ ގެ ރުއްސެވުމާއި، ފުއްސެވުމުގެ ތެރޭގައި އުޅޭ ބަޔެއް ކަމަށާއި، ކުރާ އަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު އަމަލަކީ، ﷲ އަށް ކިޔަމަންތެރި ވުމުގެ ގޮތުން ކުރާ އަމަލުތަކާއި، ހޭދަ ކުރާ ވަގުތުތައް ކަމަށެވެ.

ޛިކްރު ކުރުމަކީ މާތް މަތިވެރި އަޅުކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޛިކްރު ކުރުމަކީ ކުފުރުގެ ނުބައި އަނދަވަޅަކަށް ވެއްޓުމުންނާއި ޝައިތާނާގެ މަޅީގައި ޖެހުމުންނާއި ނަރަކައިގެ ވޭންދެނިވި އަޒާބުން ރައްކާތެރިކޮށްދޭ ވަރުގަދަ އައްޑަނައެއް ކަމަށެވެ. ޛިކްރު ކުރުމުގެ ސަބަބުން މާތްﷲ ގެ ރަހުމާތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބި، އެކަލާނގެ މަދަދާއި ތައުފީޤު ލިބިގެންދާނެ ކަަމަކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް