Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

ރައީސް ނަޝީދުގެ މެސެޖު: ލާމަރުކަޒީ ނިޒާމް ހޯދާނީ ރައްޔިތުންނާއި އެކުގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 މާރިޗު 2017 | ހުކުރު 00:00
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް

ރައްޔިތުންގެ މަންދޫބުން އަބަދުވެސް ރައްޔިތުން ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކަވާނެ ކަމަށާއި މިއަދު އެކަމަކު އެކަން ފެންނަމުން ނުދާއިރު އެކަން ބަދަލުކުރަން މިމަހުގެ 27 ވަނަ ދުވަހު މާލެ އަރަންޖެހޭ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ އިދިކޮޅު ހުރިހާ ފަރާތްތަށް ގުޅިގެން މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންގެ މަޖިލީހެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ.

އެހެންކަމުން މި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރާނީ ރައްޔިތުންގެ މަޖްލީހަކާއެކުގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެމަޤާމުން ދުރުކުރުމަށްފަހު ވެރިކަންކުރާ ފަރާތްތައް ޒިންމާދާރު ކުރުވާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ރައީސް ޔާމިން ފ. އަތޮޅާއި މެދު ކަންކުރައްވާ ގޮތުގެ އެއްވެސް ތަފްސީލެއް ރައްޔިތުންނާއި ހިއްސާ ނުކުރައްވާ ކަމަށާއި ލިބޭ މައުލޫމާތަށް ބަލާއިރު އެ އަތޮޅުވެސް ވިއްކާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ބިން ވިއްކުމާއި ބެހޭ ގާނޫން އަލުން ބަދަލުކުރާނެ ކަމަށް އެކަން އެނޫން ގޮތަކަށް ވިޔަކަ ނުދޭނެ ކަމަށްވެސް ޝިފާޒް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް ޔާމިން ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ނާޒިމް އާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަންބަޅިއަކަށް ހެއްދެވީ ކޮންބޭފުޅެއްތޯ ސުވާލު ކުރައްވަމުން ޝިފާޒް ވިދާޅުވީ މިއަދު ނުކުމެ ވަޑައިގެން މަޖިލީހުގެ ރައީސް ކަންބަޅި އަކަށް ހަދަނީއޭ ވިދާޅުވުމަކުން އެކަން ޤަބޫލެއް ނުކުރައްވާނެ ކަމަށެވެ.

އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަންވެސް މިވަނީ ނިގުޅައިގަނެފަ، މިހުރިހާ ކަމެއް ކުރެވެން އަންނަނީ މަޖްލީހުގެ ރައީސް ބޭރުކޮށްގެން، އިރާދަކުރެއްވީ 27 ވަނަ ދުވަހު އޮންނަ ވޯޓު ކާމިޔާބުވާނެ, ރައީސް ނަޝީދުގެ މެސެޖެއް އެބަ އޮތް، އެމަނިކުފާނު ވިދާޅުވަނީ ލާމަރުކަޒީ ނިޒާމް ހޯދާނީ ތިޔަ ރައްޔިތުންނާއި އެކުގައި. ޝިފާޒް ވިދާޅުވި އެވެ.

އާ ގާނޫނު އަސާސީ ހޯދީ އެތައް ބަޔަކު ބޮޑެތި ގުރުބާންތަކެއް ވެގެން، ޖަލަށް ގޮސް އަދަގޮނޑި ޖެހިގެން ކަމަށްވާއިރު މިއަދު މަޖިލީހުގެ ރައީސް ހުރިހާ ކަމެއް ނިގުޅައިގަނެފި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު