Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނައިބު ރައީސް އަދީބު

ޝަރީއަތް ނިމެންދެން އަދީބް ޖަލުގައި ބަންދުކުރުމަށް ހައި ކޯޓުން އަމުރުކޮށްފި

23 ޖުލައި 2020 | ބުރާސްފަތި 12:21

އަހުމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 ޖުލައި 2020 | ބުރާސްފަތި 12:21
އަހުމަދު އަދީބު ހައިކޯޓުގެ އަޑުއެހުމަށް ވެދެވަޑައިގަންނަވަނީ

އަހުމަދު އަދީބު ހައިކޯޓުގެ އަޑުއެހުމަށް ވެދެވަޑައިގަންނަވަނީ

އެމްއެމްޕީއަރުސީގެ ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައްޗަށް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ދައުވާތަކުގެ ޝަރީއަތްތައް ނިމެންދެން، އަދީބު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލިއެވެ. ނަމަވެސް، އެދައުވާތައް މިމަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ބާޠިލްކަމަށް ނިންމުމުން އަދީބު ހުންނެވީ މިނިވަން ވެފައެވެ. ނަމަވެސް އަދީބު މިނިވަން ވުމާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން ކޯޓު އަމުރެއްގެ ދަށުން ވަނީ އަދީބަށް ރާއްޖެއިން ބޭރަށް ނުފުރޭގޮތަށް ޕާސްޕޯޓް ހިފަހައްޓާފައެވެ.

ޝަރީއަތް ނިމެންދެން އަދީބު ބަންދު ކުރުމަށް ހައިކޯޓުން އަމުރުކޮށްފައިވަނީ، އަދީބު ގޭގައި ބަންދުކޮށްފައި ހުއްޓައި ދައުލަތުގެ ސަލާމަތީ ހިދްމަތްތަކަށް ނޭނގި ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަކަން ޕީޖީ އޮފީހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި ކްރިމިނަލް ކޯޓުގެ ޤަޟިއްޔާއަކުން ވެސް އެނގޭތީއެވެ.

އެހެންކަމުން އަދީބުގެ މައްޗަށް ޖިނާއި ބޮޑެތި ދައުވާ ތަކެއް އުފުލާފައިވަނިކޮށް، އަދި އެދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހަރުދަނާ ހެކިތަކެއް ހުށަހަޅާފައިވަނިކޮށް، އަދީބުގެ ފިލައިގެން ދިއުމުގެ އިހުތިމާލް އެބައޮތް ކަމަށް ހައިކޯޓުގެ އަމުރުގައި ފާހަގަކޮށްފައި ވެއެވެ.

އަދީބުގެ ފަރާތުން، އަދީބު ބަންދުގައި ބަހައްޓަން ނުޖެހޭކަން ބަޔާންކުރުން ފިޔަވާ، އެކަށީގެންވާ ސަބަބެއް އަދީބަށް ދެއްކިފައިނުވާކަމަށާއި، އެހެންކަމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ އަދީބުގެ ދައުވާތަކާމެދު އެކޯޓުން ގޮތެއް ކަނޑައަޅަންދެން، އަދީބު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށް ހައިކޯޓުގެ އަމުރުގައި ވެއެވެ.

އަދީބުގެ ފަރާތުން ފާހަގަކޮށްފައިވާ، އޭނާގެ ސިއްހީ ކަންކަން، އަދީބު ޖަލުގައި ހުންނައިރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އޮންނަ އުސޫލްގެ ދަށުން ކުރަމުން ގެންދިއުމަށް ވެސް އަމުރުގައި ވެއެވެ.

އޭނާގެ ސިއްހީ ކަންކަމާމެދު އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، އޭނާ ނިދަން ޖެހެނީ މެޝިނެއްގެ އެހީގައި ކަމަށާއި، އޭނާގެ ލަންގްސް މައްސަލަ ހުރުމުންނާއި އަދި ނޭވާލަން އުދަނގޫވާތީ، ނިދަން ޖެހެނީ މެޝިނެއް ބޭނުންކޮށްގެން ކަމަށެވެ. އިތުރަށް ވިދާޅުވީ، އޭނާ ފިލި މައްސަލާގައި ހުކުމްކޮށް ހުކުމް ތަންފީޒުކޮށް މިނިވަންވެފައި ވާއިރު، އޭނާއަކީ "ތާއަބަދު" ފިލާނެ މީހެއްކަމަށް ދައުލަތުން ގަބޫލުކުރާތީ ހިތާމަ ކުރައްވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް އުފުލާފައިވަނީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް