Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ހައިކޯޓުގެ ޝަރީއަތް

ދައުލަތުން ބޭނުންވަނީ އަބަދުވެސް އަޅުގަނޑު "ފިއްތާލާފައި" ބަހައްޓަން: އަދީބު

23 ޖުލައި 2020 | ބުރާސްފަތި 07:45

މިއަދު 15:00 ގައި އިތުރު އަޑުއެހުމެއް ބާއްވަނީ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 ޖުލައި 2020 | ބުރާސްފަތި 07:45
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އަދީބު ފިލުމުގެ ފުރުސަތު އެބައޮތް ކަމަށް ދައުލަތުން ބުނޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އަދީބު ފިލުމުގެ ފުރުސަތު އެބައޮތް ކަމަށް ދައުލަތުން ބުނޭ

ދައުލަތުން (ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން) ބޭނުންވަނީ އަބަދުވެސް އޭނާ "ފިއްތާލާފައި" ބަހައްޓަން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން، އޭނާގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ކްރިމިނަލް ކޯޓުން ބާޠިލް ކުރުމާ ގުޅިގެން، އެމައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. އަދީބުގެ އިސްތިއުނާފު މައްސަލަ ކުރިއަށް ގެންދިއުމުގެ ކުރިން، ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމަކީ، އަދީބުގެ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވާތީ، އެކަމަށް ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ނަމަވެސް އަޑުއެހުމަށް އަދީބު ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލައެވެ. އަދީބު ވިދާޅުވީ، މައްސަލަައިގެ ލިޔެކިޔުންތައް އޭނާއަށް ލިބުނީ ބުދަ ދުވަހު ކަމަށާއި، އެހެންކަމުން އަދި މިހާތަނަށް ގާނޫނީ ވަކީލެއް އައްޔަން ކުރެވިފައި ނުވާ ކަމަށެވެ. އަދި ގާނޫނީ ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތު ދެއްވުމަށް އަދީބު އެދިލެއްވި އެވެ.

އަދީބުގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ދައުލަތުގެ ވަކީލު ވިދާޅުވީ، ގާނޫނީ ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތު އަދީބަށް ލިބެންޖެހޭ ކަމަށް ދައުލަތުން ވެސް ގަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް، މިއަޑުއެހުމަކީ، ޝަރީއަތް ނިމެންދެން އަދީބު، ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމަށް ބޭއްވޭ އަޑުއެހުމަކަށްވާތީ، މިފަދަ މައްސަލަތައް، އަހަވަށް ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އަދި މައްސަލައިގެ ލިޔެކިޔުންތައް އަދީބަށް ބުދަ ދުވަހު ލިބިފައިވާއިރު، ގާނޫނީ ވަކީލެއް އައްޔަން ކުރަން އެކަށީގެންވާ ފުރުސަތު ދެވިފައިވާ ކަމަށް ދައުލަތުން ގަބޫލު ކުރާކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ ވަކީލު ވިދާޅުވީ، އަދީބަކީ ކުރިންވެސް ފިލާފައިވާ ފަރާތަކަށްވާތީ، ފިލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް އަދީބަށް ފުރުސަތެއް ދެއްވުމަށްފަހު، މިއަދު އިތުރު އަޑުއެހުމެއް ބާއްވާ ދެއްވުމަށް ދައުލަތުން އެދޭ ކަމަށެވެ.

ދައުލަތުގެ ވަކީލުގެ އެވާހަކަތަކަށް ރައްދު ދެއްވަމުން އަދީބު ވިދާޅުވީ، އަބަދު ވެސް ދައުލަތުން ބޭނުންވަނީ "ފިއްތާލާފަ" ކަމަށް އޭނާ ބަހައްޓަން ކަމަށެވެ. އަދި ދައުލަތުގެ އަމަލުތަކުން ވެސް އެގޮތަށް އިހުސާސް ކުރެވޭ ކަމަށެވެ.

އަދީބު ވިދާޅުވީ، އޭނާ ފިލި މައްސަލާގައި ހުކުމްކޮށް ހުކުމް ތަންފީޒުކޮށް މިނިފައިވާއިރި، އޭނާއަކީ "ތާއަބަދު" ފިލާނެ މީހެއްކަމަށް ދައުލަތުން ގަބޫލުކުރާތީ ހިތާމަ ކުރައްވާ ކަމަށެވެ.

އަދީބުގެ އެވާހަކަ އާއި ދައުލަތުގެ ވަކީލުގެ ވާހަކަތަށް ރިއާޔަތްކޮށް، މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ، "ދައުލަތުން އެބުނާ ތްރެޓް އެބައޮތް" ކަމަށެވެ. އެހެންކަމުން، ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދިފައިވާތީ، އެކަމަށް އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ނިންމީ، އަދީބަށް ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް އިތުރު ފުރުސަތެއް ދެއްވުމަށްފަހު، ބުރާސްފަތި ދުވަހު (މިއަދު) 15:00 އަށް އިތުރު އަޑުއެހުމެއް ބޭއްވުމަށެވެ.

އަދީބުގެ އިސްތިއުނާފުގެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދަވަނީ، ހައިކޯޓުގެ ފަނޑިޔާރުން ކަމަށްވާ، ޝުޢައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ހުސައިން މަޒީދު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
16 މާރިޗު 2017

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް