Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލުތަކުގައި ކިޔަވާ ދިނުން

މިހާރު ކިޔަވާދޭ ގްރޭޑްތަކުގެ އިތުރުން އެހެން ގްރޭޑްތަކަށް ކިޔަވައިދޭން ފެށި ނަމަވެސް އިތުރު ނުރައްކަލެއް ނެތް: ޑރ. ނަޒްލާ

23 ޖުލައި 2020 | ބުރާސްފަތި 02:26

ކޮންޓެކްޓުންގެ ގޮތުގައި ސްކޫލުގެ ތެރެއިން ފާހަގަކުރެވޭ މީހުން ވަރަށް މަދު

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖުލައި 2020 | ބުރާސްފަތި 02:26
ނިއު ނޯމަލްގައި ބައެއް ގްރޭޑްތަކަށް ކިޔަވާދޭން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު

ނިއު ނޯމަލްގައި ބައެއް ގްރޭޑްތަކަށް ކިޔަވާދޭން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު

މާލެ ސިޓީގެ ސްކޫލުތަކުގައި މިހާރު ކިޔަވައިދޭން ފަށާފައިވާ ގްރޭޑްތަކުގެ އިތުރުން އެހެން ގްރޭޑްތަކަށް ކިޔަވައިދޭން ފެށި ނަމަވެސް އިތުރު ނުރައްކަލެއް ނެތް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އަންގާރަ އަދި ބުދަ ދުވަހު ޕޮޒިޓިވްވި ކޭސްތަކުގައި ކުޑަ ކުދިން ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި ސްކޫލު ކުދިންނާއި އަދި ސްކޫލުގެ ބައެއް ސްޓާފުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް މިވަގުތު ސްކޫލަށް ދާ ކުއްޖެއް ޕޮޒިޓިވް ނުވާ ކަމަށާއި، ސްޓާފުންގެ ތެރެއިން ޕޮޒިޓިވްވި ސްޓާފުންނަކީ ސްކޫލު މާހައުލުން ޕޮޒިޓިވްވި ކޭސްތައް ނޫން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ. ނަޒްލާ ވިދާޅުވީ ސްކޫލުގެ މާހައުލުގައިި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާތީ ސްކޫލު މާހައުލުގައި ކޮންޓެކްޓުން އެއްގޮތަކަށް ވެސް ނުފެންނަ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މާލެ ސިޓީގެ ސްކޫލުތަކުގައި ބައެއް ގްރޭޑްތަކުގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ކިޔެވުން ފެށީ ނުރައްކަލެއް ނެތްކަން ޔަގީން ކުރުމަށްފަހު ކަަމަށެވެ. އެގޮތުން ސްކޫލުތަކުގައި ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށް ކުރޭވެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެކެއް ޖުލައި ސްކޫލުތައް ހުޅުވައި ކިޔަވާ ދިނުމުގެ މަސައްކަތްތައް ކުރިއަށް ދިޔަ ނަމަވެސް މިއަދާ ހަމައަށް ސްކޫލުގެ ތެރެއިން ކޭސްއެއް ފެނުން ނުވަތަ ބަލި ފެތުރޭ މިންވަރު ވަރަށް ކުޑަ ކަމަށެވެ. ނަމަވެސް ކޮމިއުނިޓީ ތެރޭގައި ބަލި އުޅޭއިރު، ޕޮޒިޓިވް ކޭސްތައް ފެންނާނެ ކަމަށާއި، ސްކޫލުތަކުގައި ރަނގަޅު ފިޔަވަޅުތަކެއް އެޅިފައި ހުރުމުން ކޮންޓެކްޓުންގެ ގޮތުގައި ސްކޫލުގެ ތެރެއިން ފާހަގަކުރެވޭ މީހުން ވަރަށް މަދު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ސްކޫލުތަކަށް ކުދިން ފޮނުވަން ބައެއް ބެލެނިވެރިން ޖެހެލުންވާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ކިޔަވައި ދިނުމަކީ މުހިންމު ކަމެއް ކަމަށާއި، ސްކޫލަށް ކުދިން ފޮނުވަން ޖެހޭ ކަމަށެވެ. އެއީ އެކުދިންނާ އެކުވެގެން ކިޔަވައި އެ މާހައުލުގައި އުޅުމަކީ އެކުދިންގެ ހެދިބޮޑުވުމާ ގުޅިފައިވާ ކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 ޖެހުނު ކުޑަކުދިން ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި، މިކުދިންނަށް ބަލިޖެހިފައިވަނީ ސްކޫލް މާހައުލުން ނޫން ކަމަށެވެ. އަދި ވިދާޅުވީ ކުޑަކުދިންނާއި، ބަލީގެ ހައިރިސްކް މީހުން ބަލިން ރައްކާތެރި ކުރުމަށް ގެއިން ބޭރަށް ނުކުންނަ މީހުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އީދު ބަންދަށްފަހު މި އަންނަ މަހު ސްކޫލްތައް އަލުން ހުޅުވާލާއިރު، މާލެ ސިޓީގެ ގްރޭޑް 7 އަދި 8 ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތަށް ބެލުމަށްފަހު އިތުރު ގްރޭޑްތަކަށް ވެސް ކިޔަވައިދޭން ފަށާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް