Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ ދައުވާތަކުގެ އިސްތިއުނާފް މަރުހަލާ

އަދީބުގެ ދައުވާތައް ބާތިލްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ބުރާސްފަތި ދުވަހު

ދައުލަތުން އުފުލި 7 ދައުވާ ކްރިމިނަލް ކޯޓުން ބާތިލް ކަމަށް ނިންމީ، މިމަހުގެ 14 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ޖުލައި 2020 | ބުދަ 13:19
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު: މިހާރު ހުންނެވީ، ކޯޓު އަމުރެއްގެ ދަށުން، ބޭރަށް ނުފުރޭގޮތަށް ޕާސްޕޯޓް ހިފަހައްޓާފަ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު: މިހާރު ހުންނެވީ، ކޯޓު އަމުރެއްގެ ދަށުން، ބޭރަށް ނުފުރޭގޮތަށް ޕާސްޕޯޓް ހިފަހައްޓާފަ

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާޠިލް ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ބުރާސްފަތި ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ.

އަދީބާ ދެކޮޅަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށެވެ.

Advertisement - newsAdvertisement

އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލު ކުރުމާ ގުޅިގެން ޕީޖީ ހުސައިން ޝަމީމު ވިދާޅުވީ، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އަދި ޕީޖީ ޝަމީމު ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ނިންމަވާފައިވާ ނިންމުންތަކުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. ޚާއްސަކޮށް، މައްސަލަ ބާތިލް ކުރި ސަބަބެއް ނުވަތަ ހަވާލާދިން ގާނޫނުގެ މާއްދާއެއް އެނގެން ނެތް ކަމަށް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ، ކުށަށް އިއުތިރާފުވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ޕީޖީއާއެކު ވެފައިވާ އެއްބަސްވުމަކީ ބޭސްފަރުވާއަށް ބޭރަށް ފޮނުވާނެ ކަމަށް ބުނެ، މަޖުބޫރުކޮށްގެން ވެފައިވާ އެއްބަސްވުންތަކެއް ނޫންކަމަށާއި، އަދި އަދީބުގެ އެފަދަ ގޮތަކަށް ވިދާޅުވާ އަޑު އައްސަވާފައިނުވާ ކަމަށެވެ. އެހެން ކަމުން، އެއީ މަޖުބޫރުކޮށްގެން ސޮއިކުރުވި އެއްބަސްވުމެއް ކަމަށް ގާޒީ ނިންމެވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ، ބޭސް ފަރުވާއަށް ވަޑައިގަންވަން ބޭނުންވެގެން، އެކަމުގެ މަޖުބޫރުކަމަށްޓަކައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވިކަމަށް ބެލި ނަމަވެސް، ބޭސްފަރުވާ ކުރުމަށްފަހު ރާއްޖެ ވަޑައިގެން އޭގެ މާފަހުން ގިނަ ބަޔާންތައް ދެއްވައި ސޮއި ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ބޭފަރުވާ ނުކުރެވިދާނެ ކަމުގެ ބިރަށް، ކުރިން ހެދި އެއްބަވުމުގައި ސޮއިކުރިނަމަވެސް، ފަހުން ހެދި އެއްބަސްވުންތަކާއި، ބަޔާންތަކުގައި ސޮއި ކުރެއްވުމުގެ އެބުނާ ސިއްހީ ފަރުވާ ނުލިބުމުގެ ބިރުވެރިކަން ވުޖޫދުގައި ނެތް ކަމަށެވެ.

ސިއްހީ ފަރުވާގެ ކަންކަން ހިމަނައިގެން ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅޭ މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވި، ފުރަތަމަ ހެދި އެެއްބަސްވުމުގައި ސިއްހީ ފަރުވާގެ ވާހަކަ ނުހިމެނޭ ކަމަށެވެ. އަދި ދެން ސޮއިކުރި އެއްބަސްވުމުގައި ސިއްހީ ފަރުވާގެ ވާހަކަ ހިމަނާފައި ވަނީ އަދީބުގެ އެދިލެއްވުމުން ކަމަށެވެ. މި އެއްބަސްވުމުގައި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޕީޖީގެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމްއެވެ.

ޕީޖީ ޝަމީމްގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އަދީބާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމުގައި އިޖުރާއީ މައްސަލަތަކެއް އުޅޭ ކަމަށް ފާހަގަކޮށް މައްސަލަ ބާތިލް ކުރުމާއި ގުޅިގެންނެވެ. އެގޮތުން މުޅި މައްސަލަ ބިނާވެފައި އޮތީ، އެ އެއްބަސްވުމުގެ މައްޗަށް އެކަނި ނޫން ކަމަށާއި، އެކަމާއި ގުޅޭ އިތުރު 700 ގަނޑުގެ ލިޔެކިޔުން ކޯޓަށް ހުށައަޅާފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވަނީ އެއްބަސްވުމާ ނުލާ ކުރިއަށް ދާނަމަ، އަދީބުގެ މައްޗަށް 150 އެއްހާ ދައުވާ އުފުލޭވަރުގެ ލިޔެކިޔުން ދައުލަތުގައި އެބަހުރި ކަމަށެވެ. އަދި މި ދައުވާތަކާއި ގުޅިގެން 800 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެެވެ.

ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް އަދީބާއެކު އެއްބަސްވުމަކާ ހަމައަށް ދިޔައީ، އެކަމަށް އެއްބަސްވާނަމަ، ގާނޫނީ ގޮތުން ލިބެދޭ ލުއިތަކެއް އަދީބަށް ލުއިތަކެއް ދިނުމުގެ ގޮތުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ފުލުހުންނާއި ޕީޖީ ބިޝާމާއެކު މީގެ އެއްބަސްވުމެއް އަދީބު ފުރަތަމަ ހެދީ، މިދިއަ އަހަރުގެ ޖޫން 8 ވަނަ ދުވަހުއެވެ. އޭގެ ފަހުން 19 ސެޕްޓެމްބަރުގައި ދެވަނަ އެއްބަސްވުމެއް ވެސް ހަދާފައިވެއެވެ. އަދީބުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ހެދި ތިންވަނަ އެއްބަސްވުން ހަދާފައިވަނީ 25 ސެޕްޓެމްބަރު 2019 ގައެވެ. މި މައްސަލައާއެކު ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށައަޅާފައިވަނީ 25 ސެޕްޓެމްބަރު 2019 ހެދި އެއްބަސްވުން އެކަންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު