Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖު ކޯޓާ

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑު ޖައްސާލަން އޭސީސީން އަންގައިފި

ހައްޖު ކޯޓާ ދޫކުރުން މަޑު ޖައްސާލަން އެންގީ ކޮރަޕްޝަންގެ މައްސަލައެއް ބަލާތީ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 މެއި 2017 | އާދީއްތަ 15:18
އޭސީސީ: ހައްޖު ކޯޓާ ދޫކުރުން މަޑުޖައްސާލަން ވަނީ އަންގާފައި

އޭސީސީ: ހައްޖު ކޯޓާ ދޫކުރުން މަޑުޖައްސާލަން ވަނީ އަންގާފައި

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ގުރޫޕްތަކަށް ހުއްދަ ދިނުން މަޑު ޖައްސާލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްލާމިކް މިނިސްޓްރީއަށް އަންގައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން އާދީއްތަ ދުވަހު މިގޮތައް އަންގާފައިވަނީ މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނާތީއެވެ. ހައްޖު ކޯޓާއާ ގުޅޭ އިތުރު އެއްވެސް ކަމެއް ނުކުރަން އިސްލާމިކް މިނިސްޓްރީ އަށް އަންގާފައިވާ ކަން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދުވެސް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މުއައްވިޒް ވިދާޅުވީ ހައްޖަށް ގެންދާނެ ގުރޫޕްތައް ކަނޑައެޅުމުގެ އިވެލުއޭޝަންގެ މަރުޙަލާގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ މައްސަލަތަކެއް ހުރިކަމަށް ބެލެވޭކަމަށް އަމިއްލަ މީހަކު ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ހައްޖު ކޯޓާތައް ދޫކުރުން މިވަގުތައް މަޑުޖައްސާލަން އަންގާފައިވާނޭ ކަމަށާއި މިހާރު އެމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ.

މުއައްވިޒް ވިދާޅުވީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެމައްސަލަ ބައްލަވަމުން ގެންދަވާކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަށް އެމައްސަލަ ނިމި ކޯޓާ ދޫކުރުމުގެ ކަންކަން ނިމިގެން ދިއުން ކަމަށެވެ.

އޭސީސީން މިގޮތައް އަންގާފައިވާއިރު ހައްޖާއި އުމުރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކަންތައްތަކެއް ހިނގާފައިވާކަމަށް ބެލެވި އަކަމުގެ ތުހުމަތު ތަކެއްކޮށް އެމައްސަލަ ބަލައިދިނުމަށް އަމިއްލަ މީހަކު ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. އޭނާ އޭސީސީއަށް އެމައްސަލަ ހުށަހެޅުމުގެ ކުރިން ވަނީ އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްކަމަށް ބެލެވޭ މީހަކު ހައްޖާ އުމުރާއަށް ރާއްޖެއިން މީހުން ގެންދިއުމުގެ ހުއްދަ ގުރޫޕްތަކަށް ދިނުމުގައި އޭނާގެ ނުފޫޒް ފޯރުވާކަމަށް ބެލެވޭ އޯޑިއޯއެއް ލީކުވެފައެވެ.

ރާއްޖެއެމްވީއަށްވެސް ލިބިފައިވާ އެ އޯޑިއޯތަކުގައި ބުނެފައިވާ ގޮތުގައި ގުރޫޕްތަކަށް ހުއްދަ ދިނުމުގައި އޭނާގެ ބާރު ފޯރުވާ ކަމަށާއި އޭނާ ބޭނުން ބަޔަކަށް ހުއްދަދޭނެ ކަމަށެވެ. އަދި އެކަމުގައި އޭނާއަށް މާލީ ފައިދާތަކެއް ލިބޭފަދަ ގޮތަކަށް ކަންކުރަމުންދާކަމަށްވެސް ބެލެވޭ ވާހަކަތަކެއް އެއޯޑިއޯގައި ހުރެއެވެ.

ރާއްޖެ އަށް ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން 500 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ފަހު، ބާކީ 500 ކޯޓާގެ ދަށުން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމަށް މިނިސްޓްރީން ނިންމާފައިވަނީ، މި ފަހަރު ބީލަން ކާމިޔާބު ކުރި ފަސް ކުންފުންޏަކަށެވެ.

ބީލަން ކާމިޔާބު ކުރި ކުންފުނިތަކާ އެކު، ހައްޖަށް މީހުން ގެންދިއުމުގެ އެއްވެސް ކަމެއް މިވަގުތަށް ނުކުރުމަށް އޭސީސީން އެންގީ އަމިއްލަ ބަޔަކު އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ހުމުގެ ރޯގާއާ ގުޅިގެން ގައިދީންނާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ މަޑު ޖައްސާލާފައި:ކަރެކްޝަންސް

19 މާރިޗު 2017
ހުމުގެ ރޯގާއާ ގުޅިގެން ގައިދީންނާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ މަޑު ޖައްސާލާފައި:ކަރެކްޝަންސް
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
12 މާރިޗު 2017

ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް

12 މާރިޗު 2017
ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
03 މާރިޗު 2017

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު