Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިންނަށް ވަޒީފާ ދިނުން

ޓޫރިޒަމް ދާއިރާއިން ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަން ފާސްކޮށްފި

22 ޖުލައި 2020 | ބުދަ 12:38

މެނެޖީރިއަލް މަގާމުތަކަށް ދިވެހިންނަށް އިސްކަންދީ، އަދި ދިވެހިން ނުލިބިއްޖެ ހާލަތެއްގައި މެނުވީ އެމަގާމުތަކަށް ބިދޭސީ މުވައްޒަފުން ނެނެގުން ހިމެނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 ޖުލައި 2020 | ބުދަ 12:38
ރާއްޖޭގެ ރިސޯޓެއް: ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކުގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް އަސަރުކުރި، ގިނަ ބަޔެއްގެ މުސާރަ ކުޑަކޮށް، ވަޒީފާއިން ވަކިކޮށް، އަދި ބައެއް ރިސޯޓްތަކުން މުސާރަ ނުލިބޭގޮތަށް ޗުއްޓީ

ޓޫރިޒަމް ދާއިރާއިން ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ދިނުމުގައި އިސްކަން ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަން މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕެޓިޝަން ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުން ނެވެ.

Advertisement - newsAdvertisement

ކޮވިޑް-19އާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރިކުރުވަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގައި، އެޕެޓިޝަނާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއި ރިސޯޓް ވިޔަފާރި ހިންގާ ކުންފުނިތަކާއި އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިޔާލުތަކަށް ރިއާޔަތްކޮށް، މައިގަނޑު ދެކަމެއް ކޮމެޓީން ވަނީ ހުށަހަޅާފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، ރިސޯޓްތަކުގެ ހިންގުމުގެ ދާއިރާގެ ވަޒީފާތަކަށް ދިވެހި މުވައްޒަފުންނަށް އިސްކަން ދިނުމަށެވެ. އެގޮތުން، ނަމަވެސް މެނެޖީރިއަލް މަގާމުތަކަށް ދިވެހިންނަށް ފުރުސަތު ދިނުމަށާއި އަދި އެފަދަ މަގާމުތަކަށް ދިވެހިން ނުލިބިއްޖެ ހާލަތެއްގައި މެނުވީ އެމަގާމުތަކަށް ބިދޭސީ މުވައްޒަފުން ނެނެގުން ހިމެނެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ކޮމެޓީން ހުށަހަޅާފައިވަނީ، ރިސޯޓްތަކަށް ދިވެހިން ތަމްރީން ކުރުމުގެ މުހިއްމުކަން ދިނުމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް ފުރުސަތު ފަހިކުރުމަށްޓަކައި ބޭނުންވާނެ ތައުލީމާއި ތަމްރީންތައް ދިވެހިންނަށް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާ ދިނުން މުހިއްމު ކަމަށާއި އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމާގުޅޭ އިދާރާތަކަށް ބާރުއެޅުން ހިމެނެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް ބޭނުންވާ އިލްމާއި ހިލްމު އިތުރުކުރުމަށް ސްކޫލް މަންހަޖަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށްވާނަމަ އެބަދަލު ގެނައުމަށާއި، ސަރުކާރުގެ ފަރާތުން، ޓޫރިޒަމް ދާއިރާއިން ކިޔަވާ ފަރާތްތަކަށް އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގުމާއި އަދި އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ ފަރާތްތަކަށް ސްޓައިޕެންޑް ފޯރުކޮށްދިނުން ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާ އެއްކޮށް ހުއްޓި، ގިނަ ބަޔެއްގެ ވަޒީފާއަށް އަސަރުކޮށްފައި ވެއެވެ. އަދި ރިސޯޓްތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، މުސާރަ ކުޑަކޮށް، އަދި މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ދިއުމަށްވެސް ބައެއް ރިސޯޓްތަކުން މަޖުބޫރުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް