Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ސްވިޑެން

ސްވިޑެންގައި ޕޮޒިޓިވްވާ މީހުން އަމިއްލައަށް ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހިއްޖެ

އާއްމު ގޮތެއްގައި ކޮންޓެކްޓް ޓްރޭސިން ހަދަނީ އެކަމަށް ހާއްސަ ޓީމަކުން

އަލީ ސަމާޚް
އަލީ ސަމާޚް | 21 ޖުލައި 2020 | އަންގާރަ 03:25
މީހެއްގެ ސާމްޕަލް ނެގުމުގައި އޮފިޝަލަކު ހަރަކާތްތެރިވަނީ

މީހެއްގެ ސާމްޕަލް ނެގުމުގައި އޮފިޝަލަކު ހަރަކާތްތެރިވަނީ | ޓްވިޓަރ

ސްވިޑެންގައި ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުން އަމިއްލައަށް ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހިއްޖެއެވެ.

ސްވިޑެންގެ ހެލްތް އެޖެންސީން ހޯމަ ދުވަހު ބުނީ، ކޮންޓެކްޓް ޓްރޭސް ކުރުމުގެ ގައިޑްލައިންތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވާ މީހުންނާ ބައްދަލުވެފައިވާ މީހުން ދެނެގަންނަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށެވެ. މި ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ ވިހާވެސް ބޮޑަކަށް ބަލި ޖެހިފައިވާ މީހުން ދެނެގަތުން ކަމަށް ސްވިޑެންގެ ހެލްތް އެޖެންސީން ބުނެއެވެ.

އާއްމު ގޮތެއްގައި އެހެން ގައުމުތަކުން ބަލި ޖެހިފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ހަދަމުން ގެންދަނީ އެކަމަކަށް ހާއްސަކޮށްފައިވާ ޓީމަކުންނެވެ.

ސްވިޑެންގެ ހެލްތް އެޖެންސީގެ ތަރުޖަމާނު ވިދާޅުވީ، ޕޮޒިޓިވް މީހުންނާ ބައްދަލުވެފައިވާ މީހުން، އޮފިޝަލުންތަކެއް ވެގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ބަދަލުގައި ބަލި ޖެހިފައިވާ މީހަކު އަމިއްލަ އަށް ކޮންޓެކްޓް ޓްރޭސިން ހެދުން މާ ރަނގަޅު ކަމަށެވެ.

އޭނާ ވިދާޅުވީ، ބަލި ޖެހޭ ނިސްބަތް މަދުއިރު މިހާރު އަމަލުކުރަމުންދާ ނިޒާމުވެސް ރަނގަޅު ކަމަށެވެ. އެކަމަކު ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވަމުން އަންނަ ވަރަކަށް ކޮންޓެކްޓް ޓްރޭސިން ވަކި ބަޔަކު ހަދާނަމަ އެކަން އެންމެ އެކަށޭނެ ގޮތަކަށް ކުރެވިގެން ނުދާނެ ކަމަށެވެ.

ބަލިޖެހޭ މީހުން އަމިއްލައަށް ކޮންޓެކްޓް ޓްރޭސިން ހެދުމުން ލިބޭނެ ނަތީޖާއެއް އަދި ނޭގޭ ކަމަށާއި، އެކަމަކު ދުވަހެއް ދުވަހަކަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާނަމަ ވަކި ބަޔަކު ހާއްސަވެގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ބަދަލުގައި ޕޮޒިޓިވްވާ މީހުން އަމިއްލައަށް ކޮންޓެކްޓް ޓްރޭސިން ހެދުމުން ވާނެ ފައިދާ މާ ބޮޑުވާނެ ކަމަށް އެޖެންސީން ބުންޏެވެ.

ސްވިޑެންގައި ކޮވިޑު ޖެހުނު މީހުން އަދަދު އުޅެނީ 7800 ށް ވުރެ މަތީގައެވެ. ބަލި ޖެހިގެން 5639 މީހަކު ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2020

ކޮވިޑް-19: ޑޮކްޓަރުން ލަފާދެނީ ކޮންޓެކްޓް ލެންސް ބޭނުންކުރާ ފަރާތްތަކުން އައިނު އެޅުމަށް

26 މާރިޗު 2020
ކޮވިޑް-19: ޑޮކްޓަރުން ލަފާދެނީ ކޮންޓެކްޓް ލެންސް ބޭނުންކުރާ ފަރާތްތަކުން އައިނު އެޅުމަށް
08 ސެޕްޓެމްބަރު 2019

ރިޔާސީ ކެންޑިޑޭޓްކަން އަމިއްލައަށް އިއުލާނު ނުކުރައްވާ ކަމަށް ރަނިލް ވިދާޅުވެއްޖެ

08 ސެޕްޓެމްބަރު 2019
ރިޔާސީ ކެންޑިޑޭޓްކަން އަމިއްލައަށް އިއުލާނު ނުކުރައްވާ ކަމަށް ރަނިލް ވިދާޅުވެއްޖެ
18 މާރިޗު 2019

މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި

18 މާރިޗު 2019
މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
02 ޑިސެމްބަރު 2018

އިރާނުން އަމިއްލައަށް އުފެއްދި ހަގުރާމަމަތީ މަނަވަރު ދައްކާލައިފި

02 ޑިސެމްބަރު 2018
އިރާނުން އަމިއްލައަށް އުފެއްދި ހަގުރާމަމަތީ މަނަވަރު ދައްކާލައިފި
31 ޖުލައި 2018

ޒިމްބާބުވޭގެ އިންތިޚާބު: އިދިކޮޅު ކޯލިޝަނުން އަމިއްލައަށް ކާމިޔާބީ އިއުލާނުކޮށްފި

31 ޖުލައި 2018
ޒިމްބާބުވޭގެ އިންތިޚާބު: އިދިކޮޅު ކޯލިޝަނުން އަމިއްލައަށް ކާމިޔާބީ އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު