Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ މަރުތައް

އިންޑިއާގެ ނިއު ދިއްލީގައި ބޮޑު އާއިލާއެއް އަމިއްލައަށް މަރުވެއްޖެ!

އެ އާއިލާ އިން 11 މީހުން މަރުވި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 2 ޖުލައި 2018 | ހޯމަ 07:11
އިންޑިއާގެ އާއިލާއެއް ދަންޖެހިފައި ވުމުން ފުލުހުން އެމައްސަލަ ދަނީ ތަހްގީގުކުރަމުން

އިންޑިއާގެ އާއިލާއެއް ދަންޖެހިފައި ވުމުން ފުލުހުން އެމައްސަލަ ދަނީ ތަހްގީގުކުރަމުން

އިންޑިއާގެ ނިއު ދިއްލީގައި ދިރިއުޅޭ 11 މީހުންގެ ބޮޑު އާއިލާއެއް އަމިއްލައަށް މަރުވެއްޖެއެވެ.

އާއިލާގެ 10 މީހުން ދަންޖެހިގެން މަރުވެފައިވާއިރު، އެކަކު މަރުވެފައި އޮތީ ބިންމަތީގައެވެ. އެއީ އުމުރުން 70 އަހަރުން މަތީގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އެ އާއިލާގައި ހަތް އަންހެނުންނާއި ހަތަރު ފިރިހެނުން ތިބޭއިރު، އޭގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނެއެވެ. އެ ކުދިންގެ އުމުރަކީ 15 އަހަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ މީހުން މަރުވެފައި ވަނީ އަމިއްލައަށެވެ. ސީލިންގްގައި ހަރުކޮށްފައިވާ ވާތަކުން ދަން ޖެހިފައިވާއިރު، އެމީހުން ތިބީ ކަނުބަނދެގެންނެވެ. އެކަން ކުރުމަށް އެމީހުންނަށް ހިތްވަރު ލިބުނީ އެމީހުންގެ އަގީދާގެ ސަބަބުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އޭގެ އިތުރުން މައްސަލަ ތަހްގީގުކުރާ ފުލުހުންނަށް ވެސް ބޮޑަށް ބުރަވެވެނީ ރިޕޯޓްތައް ބުނާ ގޮތަށެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެ ހަށިގަނޑުތަކުގެ އޮޓޯޕްސްސީ ހެދުމަށް ފޮނުވާލައި އެހެން ބައެއްގެ އަތެއް ވޭތޯ ބަލަން ފަށާފައެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓް ކުރީ އެ މަންޒަރު ދުށް އަވަށްޓެރިއެކެވެ. އޭނާ ހުރީ އޭގެ ފަހުން ޝޮކެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރި ތަހްގީގުގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ނުފެންނަ ކަމަށެވެ. އެގޮތުން ގޭތެރޭގައި ހަމަނުޖެހުމެއް ހިންގާފައިވާކަން އެނގެން ނެތް ކަމަށާއި ތަނެއް ހަލާކުވެފައި ނުވަތަ ބަޔަކު އެމީހުން ލައްވާ ކުރި ކަމެއް ކަމުގެ ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެހެން ނަމަވެސް އެ އާއިލާ މީހުންނަށް ނިސްބަތްވާ އަތުލިޔުމެއް ފެނިފައިވާ ކަމަށާއި އޭގައިވާ މައުލޫމާތަށް ބަލާއިރު އެ މީހުން ދިޔައީ "އެއްފަހަރާ މަރުވާނެ ގޮތަކާ" މެދު ދިރާސާ ކުރަމުން ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެން ނަމަވެސް މަރުވި ސަބަބެއް ނޭނގޭ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު