Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮކްސްފޯޑު ވެކްސިން ޓްރަޔަލް

އޮކްސްފޯޑު ވެކްސިން ޓްރަޔަލްގެ ނަތީޖާތައް ކާމިޔާބު، ވެކްސިނެއް ލިބުމުގެ އުއްމީދު ބޮޑު

"ހިއުމަން ޓްރަޔަލް" އިން ކާމިޔާބު ނަތީޖާތަކެއް ވަނީ ނުކުމެފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖުލައި 2020 | ހޯމަ 14:47
އޮކްސްފޯރޑް ޔުނިވަރސިޓީގެ ޑިރެކްޓަރ އިންޓަރވިއު ދެއްވަނީ

އޮކްސްފޯރޑް ޔުނިވަރސިޓީގެ ޑިރެކްޓަރ އިންޓަރވިއު ދެއްވަނީ

އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކާމިޔާބު ނަތީޖާތަކެއް ނުކުތުމާއެކު، މި ވައިރަސްއަށް ވެކްސިނެއް އުފެއްދިދާނެ ކަމުގެ އުއްމީދު އިތުރަށް ބޮޑުވެއްޖެއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޔުނިވަރސިޓީ އޮފް އޮކްސްފޯރޑުން އުފެއްދި މި ވެކްސިން އިންސާނުންގެ ހަށިގަނޑުގައި މަސައްކަތްކުރާ މިންވަރު ދެނެގަތުމަށް ހަދާފައިވާ "ހިއުމަން ޓްރަޔަލް" އިން ކާމިޔާބު ނަތީޖާތަކެއް ވަނީ ނުކުމެފައެވެ. އެގޮތުން އެއްވަނަ މަރުޙަލާގައި 1077 މީހުން ބައިވެރިކޮށްފައިވާއިރު، ވެކްސިން ހަށިގަނޑަށް ޖެހުމުން ހަށިގަނޑުގެ އެތެރޭގައި "އެންޓިބޮޑީސް"އާއި، ވައިރަސްއާ ހަނގުރާމަކުރާ "ވައިޓް ބްލަޓް ސެލްސް" އުފައްދާކަމަށް ހޯދިފައިވާކަމަށް ސައިންސްވެރިންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

އޭގެ އިތުރުން، މި މަރުޙަލާގެ ނަތީޖާތަކާއެކު، ކޮވިޑް-19 އަށް ވެކްސިނެއް ހޯދިދާނެ ކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށާއި، ނަަމަވެސް އެކަން ކަށަވަރު ކުރުމަށް އިތުރު ޓެސްޓުތައް ހަދަން ޖެހޭކަމަށް ސައިންސްވެރިން ބުނެއެވެ.

އިނގިރޭސިލިވާލުން މިހާރުވެސް ވަނީ މި ވެކްސިންގެ 100 މިލިއަން ޑޯޒް ހޯދުމަށް އެދިފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަކީ މިހާރު އެންމެ ހަލުވިމިނުގައި ފާމަސޫޓިކަލް ކުންފުނިތަކުން ކުރަމުންދާ މަސައްކަތެވެ. މިކަން ކުރުމުގައި އެކި ގައުމުތަކުގެ އެކި ޓީމުތައް ހަރަކާތްތެރިވާއިރު އޮކްސްފޯޑް ޔުނިވަރސިޓީން ކުރިޔަށް ގެންދާ ޕްރޮޖެކްޓަކީ އެސްޓްރާޒެނިކާ އާއެކު ކުރިޔަށް ގެންދާ މަޝްރޫޢެކެވެ. އެގޮތުން މި ވެކްސިންއަށް ނަން ދެވިފައިވަނީ AZD1222 (އޭޒެޑްޑީ 1222)ގެ ނަމުންނެވެ.

އިތުރަށް ކިޔާލަން

24 ޖޫން 2017

އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

24 ޖޫން 2017
އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި
23 ޖޫން 2017

މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި

23 ޖޫން 2017
މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި
31 މެއި 2017

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
15 މެއި 2017

ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

15 މެއި 2017
ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު