Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމައްކާގައި ޓެރަރިސްޓުން

މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި

23 ޖޫން 2017 | ހުކުރު 20:41

ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައި، އަންހެނަކުވެސް ހިމެނޭ

ރާއްޖެ އެމްވީ | 23 ޖޫން 2017 | ހުކުރު 20:41
މައްކާގެ ހަރަމްފުޅު ސަރަހައްދުގެ މަންޒަރެއް

މައްކާގެ ހަރަމްފުޅު ސަރަހައްދުގެ މަންޒަރެއް

ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި ކަމަށް ސައުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާ އާ ހަވާލާދީ ސައުދީ އަރަބިއްޔާގެ ދައުލަތުގެ ޓީވީ އަލް އަޚްބަރިއްޔާ އިން ރިޕޯޓު ކޮށްފިއެވެ.

ޚަބަރު ބުނާ ގޮތުގައި ހަމަލާ ރާވާފައިވަނީ ތިން ގުރޫޕަކުންނެވެ. އޭގެ ތެރެއިން ދެ ގުރޫޕަކީ މައްކާގައި ގާއިމްވެފައިވާ ބައެއް ކަމަށާއި، އަދި އަނެއް ގުރޫޕް ހަރަކާތްތެރިވެފައިވަނީ ޖިއްދާގައިކަމަށް ސައުދީގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ސައުދީގެ ސަލާމަތީ ބާރުތަކުން ޓެރަރިސްޓުން އަތުލައިގަތީ މައްކާގެ އަސީލާ ޑިސްޓްރިކްޓުންނާއި އަޖްޔާދު އަލް މަސަފީ ސަރަހައްދުން ކަމަށް ޚަބަރުތައް ބުނެއެވެ. އަޖްޔާދު އަލް މަސަފީއަކީ ހަރަމްފުޅާއި ވަރަށް ގާތުގައި އޮންނަ ސަރަޙައްދެކެވެ.

ސައުދީގެ ސަލާމަތީ ބާރުތަކުގެ ތަރުޖަމާނު ވިދާޅުވީ، ހަމަލާގައި ބައިވެރިވާން އުޅުނު މީހުންގެ ތެރެއިން އެކަކު ހަށިގޮއްވާލާފައިވާ ކަމަށާ، އޭގެ ސަބަބުން އާއްމުންގެ ހަ މީހަކު ޒަޚަމްވި ކަމަށެވެ. އަދި ސަލާމަތީ ފަސް އޮފިޝަލަކަށް ކުދި އަނިޔާތައް ލިބުނު ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އަޖްޔާދު ސަރަހައްދުގައި ހަށި ގޮއްވައިގެން ހަމަލާ ދޭން އުޅުނު މީހާ އޮތީ ގެއެއްގެ ތެރޭގައި ފިލާ ކަމަށާއި އަދި އަމާން ދިނުމަށް ދެކޮޅު ހަދާ ސަލާމަތީ ބާރުތަކަށް ބަޑިން އޭނާ ހަމަލާ ދިން ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މި ހަމަލާ ރޭވުމުގެ ތުހުމަތުގައި ސައުދީ ސިފައިން ވަނީ ފަސް މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.

ހުކުރު ދުވަހު ސައުދީ އަރަބިއްޔާގައި ހިނގި އެހެން ހާދިސާއެއްގައި މައްކާގެ އަސީލާ ސަރަހައްދުގައި ހަނގުރާމަވެރިއެއްކަމަށް ބެލޭ މީހެއްގެ ގަޔަށް ސައުދީ ސިފައިން ވަނީ ބަޑިޖަހާ މަރާލާފައެވެ. މި ހާދިސާއާ ގުޅިގެން އޭނާއާ ގުޅުން ހުރި ކަމަށް ބެލޭ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

އެމެރިކާގެ ސަބްމެރިންއެއް ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ވަދެފި

25 އެޕްރީލު 2017
އެމެރިކާގެ ސަބްމެރިންއެއް ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ވަދެފި
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
09 އެޕްރީލު 2017

އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް

09 އެޕްރީލު 2017
އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
22 މާރިޗު 2017

އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ

22 މާރިޗު 2017
އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް