Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާއަށް ދަގަނޑޭ ދިން އިންޓަވިއު

ވޯލްޑް ކަޕްގައި ރާއްޖެ ވާދަކުރާތަން ފެނުން އެއީ ހުވަފެނެއް: ދަގަނޑޭ

ދަގަނޑޭ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 80 މެޗުން 53 ލަނޑު ކާމިޔާބުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 21 ޖުލައި 2020 | އަންގާރަ 06:52
ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗެއްގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ): ދަގަނޑޭ ވަނީ ކޮލިފިކޭޝަންގައި 14 ލަނޑު ކާމިޔާބުކޮށްދީފައި

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗެއްގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ): ދަގަނޑޭ ވަނީ ކޮލިފިކޭޝަންގައި 14 ލަނޑު ކާމިޔާބުކޮށްދީފައި

ދިވެހިރާއްޖެ އަކީ ކުޑަ ގައުމެއް ކަމުގައިވި ނަމަވެސް ރާއްޖޭގެ ކުޅުންތެރިންވެސް ބޮޑެތި ހުވަފެން ދެކޭ ކަމަށާއި، އެގޮތުން ފީފާ ވޯލްޑް ކަޕްގައި ރާއްޖެ ވާދަކުރާތަން ފެނުން އެއީ ހުވަފެނެއް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

ފީފާގެ ވެބްސައިޓަށް ދަގަނޑޭ ދިން ހާއްސަ އިންޓަވިއުއެއްގައި އޭނާ ބުނީ ރާއްޖެ އަކީ ކުޑަ ގައުމެއް ކަމަށާއި، އެކަމަކު ރާއްޖޭގެ ކުޅުންތެރިންވެސް ވަރަށް ބޮޑެތި ހުވަފެންތައް ދެކޭ ކަމަށެވެ. އެގޮތުން ކޮންމެސް ދުވަހަކުން ރާއްޖެވެސް ވޯލްޑް ކަޕްގައި ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުންޏެވެ.

ދަގަނޑޭ ބުނީ ވޯލްޑް ކަޕާއި ގުޅުން ހުރި މެޗުތަކަކީ ހާއްސަ މެޗުތަކެއް ކަމަށާއި، ވޯލްޑް ކަޕަށް ދިވެހި ޓީމު މިހާތަނަށް ކޮލިފައިނުވި ކަމުގައިވިޔަސް، ވޯލްޑް ކަޕާއި ގުޅުންހުރި މެޗުތަކުގައި ވާދަކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި، އެހެން ކަމުން އެ މެޗުތަކުގައި ލަނޑު ޖެހުމަކީ ހާއްސަ ކަމެއް ކަމަށެވެ.

ފީފާގެ ވެބްސައިޓުގެ ޝާއިއު ކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ ރާއްޖެއަކީ ފަތުރުވެރި ކަމަށް މަޝްހޫރު ގައުމެއް ކަމުގައިވިޔަސް، މީގެ ކުރިން ރާއްޖެއަކީ ފުޓްބޯޅައިގެ ރޮނގުން މީހުން ނުދަންނަ ގައުމެއް ކަމަށާއި، އެކަން ބަދަލުވީ 2013 ވަނަ އަހަރު އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސްގެ ލަނޑު ލިސްޓުގެ ދެވަނައިގައި ދަގަނޑޭ ހިމެނުނު ހިސާބުން ކަމަށެވެ. އަދި އެކަން ވެގެން ދިޔައީ ގިނަ ބަޔެއް ހައިރާން ކުރުވި ކަމެއް ކަމުގައި އެ ލިޔުމުގައި ބުނެފައިވެއެވެ.

ބައިނަލްއަގުވާމީ ބޮޑެތި ކްލަބު މުބާރާތްތަކުގައި ޖަހާ ލަނޑުތަކަށް ބަލައިގެން އެކުލަވާލި އެ ލިސްޓުގެ ދެވަނައިގައި ދަގަނޑޭ އޮތީ 23 ލަނޑު ޖަހައިގެންނެވެ. މި ލިސްޓުގެ އެއްވަނައިގައި ޕޯޗުގަލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ ދަގަނޑޭއަށް ވުރެން ދެ ލަނޑު އިތުރަށް ކާމިޔާބު ކޮށްގެނެވެ.

ފީފާއަށް ދިން އިންޓަވިއުގައި ދަގަނޑޭ ބުނީ 2013 ވަނަ އަހަރުގެ ސީޒަނަކީ އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު ސީޒަން ކަމަށާއި، އެ ސީޒަނުގައި ކްލަބަށާއި ގައުމަށް ގިނަ ލަނޑުތަކެއް ޖަހައިދެވުނު ކަމަށެވެ. މީގެ އިތުރުން ދަގަނޑޭ ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާ އެއްސަފެއްގައި ހިމެނުމަކީ ގަބޫލުކުރަން ދަތިވި ކަމެއް ކަމަށާއި، މި ކާމިޔާބީގެ ސިއްރަކީ ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ނިއުރޭޑިއަންޓުގެ ކުޅުންތެރިންގެވެސް ބުރަ މަސައްކަތް ކަމަށެވެ.

ދަގަނޑޭ ވަނީ 2013 ވަނަ އަހަރު ގައުމީ ޓީމަށް 10 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން ނިއުރޭޑިއަންޓާއެކު އޭއެފްސީ ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދިއިރު، އޭއެފްސީ ކަޕްގައި ދަގަނޑޭ ވަނީ ނުވަ ލަނޑު ޖަހައިދީފައެވެ.

ދަގަނޑޭ އިތުރަށް ބުނީ ފުޓްބޯޅަ ކެރިއަރުގައި ޔޫރަޕް އަދި އޭޝިއާގެ ބޮޑެތި ކްލަބުތަކުން ގިނަ ހުށަހެޅުންތަކެއް ލިބުނު ކަމަށާއި، އޭގެ ތެރެއިން ޕޯޗުގަލްގެ ބެންފިކާއިން ހުށަހެޅި ހުށަހެޅުމަކީ އެންމެ ބޮޑަށް ވިސްނި ހުށަހެޅުން ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެ ކަމަށް ދަގަނޑޭ ވަނީ ބުނެފައެވެ.

ދަގަނޑޭ ބުނީ ބެންފިކާގެ ހުށަހެޅުމާ މެދު ސީރިއަސްކޮށް ވިސްނި ކަމަށާއި، އެއީ ބޭނުން ހިފަން ޖެހޭނެ ހުށަހެޅުމެއް ކަމަށެވެ. އަދި އެ ހުށަހެޅުމުގެ ބޭނުން ހިފިނަމަ، ދުނިޔޭގެ މަޝްހޫރު ބައެއް ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ފީފާއިން ފާހަގަކުރާ ގޮތުގައި ދަގަނޑޭ އަކީ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އޭޝިއަން ބުރަށް އައު މޫނެއް ނޫނެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗަކުން ދަގަނޑޭ އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ 2003 ވަނަ އަހަރުގައެވެ. މިހާތަނަށް ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ދަގަނޑޭ ވަނީ 14 ލަނޑު ޖަހާފައެވެ.

ދަގަނޑޭ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 80 މެޗުން 53 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު