Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯޓު ދަތުރުކުރަން އުޅުނު ދިވެއްސެއްގެ ވާހަކަ

ބްރެޒިލްގައި ދިވެއްސެއްގެ ތަޖުރިބާ - ދިޔައީ ޑޮކްޓަރަށް ދައްކަން، ހޭއެރި އިރު އޮތީ ޒަހަމްތަކާއެކު ގަބުރުތަކެއްގެ ތެރޭގައި!

ތުހުމަތު ކުރެވެނީ އޭނާގެ އެއް ކިޑްނީ ވަގަށް ނަގާފައިވާ ކަމަށް

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް, ރާއްޖެ އެމްވީ | 18 ޖުލައި 2020 | ހޮނިހިރު 17:44
ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ)- މިއީ އޭނާގެ ޙަޔާތުގައިވެސް ދިމާވި އެންމެ ބިރުވެރި ހާދިސާ

ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ)- މިއީ އޭނާގެ ޙަޔާތުގައިވެސް ދިމާވި އެންމެ ބިރުވެރި ހާދިސާ

ރ. އަލިފުށި އަބްދުﷲ ސައީދު (އަބުސީ) އަކީ އުމުރުން 16 އަހަރުން ފެށިގެން ބޯޓު ދަތުރުކުރަމުން އުޅުނު މީހެކެވެ. 1970 ވަނަ އަހަރުން ފެށިގެން ބޯޓުދަތުރު ކުރަން އުޅުނު އިރު ސައީދުގެ ހަޔާތުގައި ދިމާވި އެންމެ ބިރުވެރި ހާދިސާ 'ރާއްޖެ އެމްވީ' އާ އޭނާ ހިއްސާ ކުރިއެވެ.

މިހާރު އުމުރުން 67 އަހަރުގެ ސައީދަކީ ' އޭ-ކެތަރީނާ' ނަމަކަށް ކިޔާ ބޯޓުގެ ސަރުދާރެވެ. ދުބާއީ އިން ފުރައިގެން ބްރެޒިލްގެ ސަންތޫސް އަށް ކުރި ދަތުރުގައި ސައީދު ވަރަށް ބޮޑަށް ބަލިވި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އަރިކަށީގައި ކުއްލިއަކަށް ރިއްސަން ފެށީ ކަމަށެވެ. ތަދަށް ބޭސް ކެއި ނަމަވެސް މަޑުމަޑުން އޭނާގެ ހާލަތު ގޯސްވާން ފެށި ކަމަށް ސައީދު ބުންޏެވެ. މަންޒިލަށް ދެވުނު އިރު ސައީދައް ތެދުވެ ނޫޅެވޭކަމަށް އޭނާ ބުންޏެވެ.

އެދުވަހު ސައީދް އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. ޖެހިގެން އައި ދުވަހުގެ ހަވީރު ޑޮކްޓަރަށް ދެއްކުމުން އަރިކަށީގައި ފެންހެދިފައި ހުރިކަމަށް ބުނެ އަރިކަށީގައި ލޯވަޅެއް އަޅަން ޖެހޭ ކަމަށް ޑޮކްޓަރު ބުނި ކަމަށް އޭނާ ބުންޏެވެ.

ސައީދު ބުނީ ފުރަތަމަ ލޯވަޅު އެޅިއިރު އޭނާ އަށް ހުރިހާ ކަމެއް ރަނގަޅަށް ސާފުވާކަމަށެވެ. އަދި ކޮޓަރިއަށް ވެސް ވަރަށް އަވަހަށް ބަދަލުކުރި ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ލޯވަޅު އެޅުމަށްޓަކައި ކޮޓަރިއަކަށް ވެއްދި ހިސާބުން ވީ ގޮތެއް ނޭނގޭ ކަމަށް އޭނާ ކިޔައިދިނެވެ.

ހޭލެވުނު އިރު ކަމަކު ދާކަށް ނެތެވެ. ސައީދަށް އޮވެވުނީ ގަބުރުތަކެއްގެ ތެރޭގައެވެ.

އޭނާ ބުނި ގޮތުގައި އެވަގުތު އޭނާގެ މޭގަނޑު އަތަށް އައި ފަދައެވެ.

މަރުވެފައި ތިބި މީހުންގެ ތުނބުޅިއާއި މަތިމަސް ފެވުމަކީ ބްރެޒިލްގެ އާދަކާދައިގެ ބައެކެވެ. ސައީދު ބުނީ އޭނާ އަށް ހޭލެވުނުއިރު، މޯޗަރީގެ ދެ އަންހެން މުއައްޒަފަކު ތިބީ މަރުވެފައި ތިބި މީހުންގެ ތުނބުޅިއާއި މަތިމަސް ފަވާށެވެ.

ސައީދު ބުނީ ހޭލެވުމަށްފަހު ބޭ އިޚްތިޔާރުގައި އެދެވުނީ ފެންފޮދެއް ދިނުމަށް ކަމަށެވެ. ނަމަވެސް އެ މީހުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނު ކަމަށެވެ. އަޅާވެސް ނުލިކަމަށެވެ.

އޭގެ ގަޑިއެއްހާއިރު ފަހުން ސައީދު އޮތް ވާރޑުގައި އުޅުނު ނަރުހެއް ފެނުމަކީ އޭނާގެ ނަސީބެވެ. ނަރުސް ކުއްޖާ އައިސް ހާލު އަހާލުމުން ރޮއެގަނެވުނުކަމަށް އޭނާ ބުންޏެވެ. އަދި މޯޗަރީން ނެރެ، ރޫމްއަކަށް ބަދަލުކުރީ އެ ނަރުސް ކުއްޖާ ކަމަށް ސައީދު ބުންޏެވެ.

ހޮސްޕިޓަލުން ދޫކޮށްލީ އޭގެ 14 ދުވަސް ފަހުންނެވެ. 14 ދުވަހު ހޮޓަލެއްގައި ކަރަންޓީނުގައި ހުރިއިރު، އޭނާގެ އޭޖެންޓު ގުޅާލީ އެންމެ ފަހަރަކު ކަމަށް ބުންޏެވެ. ގުޅީވެސް ދަރިން އޭނަ ކައިރިއަށްގޮސް ބައްޕަގެ ހަބަރެއް ނުވެގެން އުޅުމުން ކަމަށް ސައީދު ބުންޏެވެ.

ސައީދު ބުނީ އޭނާގެ އަރިކަށި ފަޅާފައި ހުރިކަން އެނގުނީ ހޮސްޕިޓަލުން ދޫކޮށްލި ފަހުން ކަމަށެވެ. މިހާރު އޭނާ ހުރީ ރާއްޖޭގައެވެ. އޭނާއަށް ރާއްޖެ އާދެވުނީ 3 މަހާ 15 ދުވަސް ފަހުން، މި ޖުލައި މަހުގެ 15 ގައެވެ. މާލެ އައުމާއެކު ފަޅާފައި ހުރި ތަނުގެ ނިޝާންތައް ހުރި ގޮތުން ކިޑްނީ ނަގާފައިވާ ކަމަށް ޝައްކު ކުރެވޭތީ އޭނާ މިހާރު ދަނީ ސްކޭން ހަދައި، ޓެސްޓު ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ކިޑްނީ ފަދަ ގުނަވަންތައް ބްލެކް މާރކެޓުގައި ވިއްކުމާއި، "އޯރގަން ޓްރެފިކިންގ" އަކީ ބްރެޒިލްގެ ބައެއް ހިސާބުތަކުގައި އާންމުވެފައިވާ ކަމެކެވެ. އެގޮތުން އިޒްރޭލުން ފަންޑު ކޮށްގެން އެފަދަ ވިޔަފާރިތައް ބްރެޒިލްގައި އޮޕަރޭޓް ކުރާ ޖަމާއަތްތައް ހަރަކާތްތެރިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި އެބަހުއްޓެވެ. އެހެން ނަމަވެސް، މިއީ ބްރެޒިލްގެ ޤާނޫނުގައިވެސް މަނާ ކޮށްފައިވާ ކަމެކެވެ. 1997 ގައި ބްރެޒިލްގައި ތަސްދީޤު ކުރެވުނު ޤާނޫނެއް ބުނާ ގޮތުން، ބްލެކް މާރކެޓުގައި އިންސާނުންގެ ގުނަވަންތައް ވިއްކުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި އޭގެ އަދަބެއްގެ ގޮތުން މަދުވެގެން 8 އަހަރުގެ ޖަލު ޙުކުމެއް އަންނައިރު، ގުނަވަން ނަގާ މީހާ މަރުވެއްޖެނަމަ 20 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ކެމްޕެއިން އިވެންޓުން ކުރެވުނު ތަޖުރިބާ!

ރައީސް ޔާމީންގެ ކެމްޕެއިން އިވެންޓުން ކުރެވުނު ތަޖުރިބާ!

21 ޖުލައި 2018
ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

10 ޖޫން 2018
ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް

ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް

23 މެއި 2018
އަސްރު ދިޔައީ ގެއްލިގެން.................

އަސްރު ދިޔައީ ގެއްލިގެން.................

26 އެޕްރީލު 2018
އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

28 މާރިޗު 2018

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު