Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ގޯނާކުރި މައްސަލަ

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އަލީ ވަހީދާއި ސުވާލެއް ނުކުރަން، 15 މީހެއްގެ ބަޔާން ނެގިން: ފުލުހުން

16 ޖުލައި 2020 | ބުރާސްފަތި 12:21

އަލީ ވަހީދުގެ ބަޔާން ނަގާފައިނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ޖުލައި 2020 | ބުރާސްފަތި 12:21
ފުލުހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުލުހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި 15 މީހުންގެ ބަޔާން ނަގާފައިވާ ކަަމަށާއި އެ މައްސަލަ ޕީޖީއާ މަޝްވަރާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ކުރީގެ ޓޫއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ބަޔާން ނަގާފައިނުވާ ކަމަށެވެ. ސަބަބެއް ކަމަށް މަންނާނު ވިދާޅުވީ އެއީ އަދި ތަހުޤީޤަށް އަލީ ވަހީދުގެ ބަޔާން ނަގަން ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.

Advertisement - newsAdvertisement

އަލީ ވަހީދު ޓޫރިޒަމް މިނިސްޓްރަަކަމުން ވަކި ކޮށްފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކާއި ގުޅިގެންނެވެ. އަލީ ވަހީދުއަށް ތުހުމަތުތައްކުރި މުވައްޒަފުން ބުނާގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީވެފައެވެ. އެ މައްސަލާގައި އަލީ ވަހީދު ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކޮށް، އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕުން އެއްވެސް އެއްޗެއް ފުލުހުންގެ ތަހުޤީޤަށް ފެނިފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހާމަކުރަން އަދި އަވަސް ކަމަށެވެ. އަދި މައްސަލައިގެ ތަހުޤީޤް ކުރިއަށްދާކަމަށާއި، އެކަމުގައި އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށް ބަޝީރު ވިދާޅުވި އެވެ.

ތަހުޤީޤްގެ ކުރީކޮޅުގައި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރުމުން ބަޝީރު ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓީ ތަހުޤީޤަށް ހާޒިރުކުރަންޖެހިއްޖެ ނަމަ ހާޒިރުކުރުމަށްކަމަށެވެ. އަދި އެއީ ތަހުޤީޤްތަކުގަައި އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލުކަމަށް ބަޝީރު ވިދާޅުވި އެވެ.

ޖިންސީ ގޯނާ ކޮށްފައިވަނީ މިނިސްޓްރީގެ ދަތުރުތަކުގައި ރިސޯޓުތަކަށް ގެންގޮސްގެން ކަމަށް ވެސް މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ. މާގިރި ހޮޓަލްގައި ހިނގިކަމަށް ބުނާ ކަންކަމާއި، އަލީ ވަހީދާއެކު ރިސޯޓަށް މުވައްޒިފުން ދިޔަކަމަށް ބުނާ ވާހަކަތަކާއި ގުޅިގެން ސުވާލުކުރުމުންވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ތަކުރާރުކޮށް ވިދާޅުވަމުންގެންދެވީ މައްސަލައިގެ ތަހުޤީޤް ކުރިއަށްދާއިރު، އެފަދަ މައުލޫމާތު ހާމަކުރެވެން ނެތްކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް