Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިތުރު ޒަކާތް ބެހުން

ފިތުރު ޒަކާތް ބެހުމުގައި ހަމަހަމަ ފުރުސަތު ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް މަޖިލީހުން އެދެފި

14 ޖުލައި 2020 | އަންގާރަ 04:13

މިމައްސަލަ ދިރާސާކޮށްފައިވަނީ އިޖުތިމާއީ ކޮމިޓީން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޖުލައި 2020 | އަންގާރަ 04:13
އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު

އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފިތުރު ޒަކާތް ބެހުމުގައި ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށާއި ކޮންމެ އަހަރަކު ވެސް ފަގީރުންނާއި މިސްކީނުންގެ ލިސްޓު މުރާޖަޢާ ކުރުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ 1441 ވަނަ އަހަރުގެ ފިތުރުޒަކާތް ބެހުމުގައި 1439 ވަނަ އަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ލިސްޓަށް އިސްލާމިކް މިނިސްޓްރީން ބައްލަވާފައިވާތީ ގިނަ އަދަދެއްގެ ފަޤީރުންގެ ޙައްގުތައް ގެއްލިގެން ގޮސްފައިވާ ކަމަށް ބަޔާންކުރައްވާ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ މައްސަލަ އިޖުތިމާޢީ ކޮމިޓީން ދިރާސާ ކުރުމަށްފަހު ހުށަހެޅި ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މި މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ 9 ކަމެއް ފާހަގަކޮށްފައެވެ. އެގޮތުން ކޮމިޓީން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ފިތުރު ޒަކާތް ބަހާނީ 1439 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށް އެ މިނިސްޓްރީން 2019 ވަނަ އަހަރުގެ 1 އޮކްޓޯބަރ ގައި ކައުންސިލްތަކަށް ފޮނުވާފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށާއި ނަމަވެސް އެއްވެސް ސަބަބަކާ ހުރެ ދަފްތަރަށް އުނި އިތުރެއް އައިސްފައިވާނަމަ އެ ބަދަލަކާއެކު އެންމެ ފަހުގެ ލިސްޓް މިނިސްޓްރީން އެ ކައުންސިލްތަކަށް ފޮނުވާނެ ކަމަށެވެ. އެހެންކަމުން އެ ދަފްތަރުގައި ހިމެނޭ ފަރާތެއް ނޫން އެހެން ފަރާތަކަށް މިއަހަރުގެ ފިތުރު ޒަކާތް ބަހައިގެން ނުވާނެ ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

އަދި ފަގީރުންގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓްރީވެފައިނުވާ ރަށްތަކުން ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާނެ ގޮތަކާމެދު ގޮތެއް ނިންމަންވާނީ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ 25 ވަނަ ދުވަހުގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ލިޔެ، އެ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރި ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މައުލޫމާތާއި ލިޔެކިއުންތައް ފުރިހަމަ ކުރުމުގައި ހުރި ދަތިތަކާމެދު ވިސްނައި ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ނުލިބިދާނެ ކަމަށްޓަކައި އެ ފުރުސަތު ހުޅުވާނުލުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް ވެސް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ރާއްޖޭގައި ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭނަމައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް