Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 ދުނިޔޭގެ ހާލަތު

އެއްދުވަހާ 230،000 މީހުންނަށް ކޮވިޑް-19 ޖެހި އަނެއްކާވެސް ރިކޯޑެއް

އެންމެ ފަހުން ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހުނީ ޖުލައި 10 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 ޖުލައި 2020 | ހޯމަ 08:22
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދިނުމަށް ގެންދަނީ

ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދިނުމަށް ގެންދަނީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 މިހާތަނަށް އައިއިރު 13 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން އެކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަށް އެންގި ފަހުން މިއަދާ ހަމައަށް ވައިރަސް ޖެހިގެން ފަސް ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަހަރު ދެބައިވެ ދުވަސްތައް ގުނަމުންދާއިރު އަދިވެސް ވައިރަސް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ޑަބްލިޔުއެޗްއޯއިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖުލައި މަހުގެ 12 ވަނަ ދުވަހަކީ މިހާތަނަށް އަނެއްކާވެސް އެއް ދުވަހާ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑެއް ހެދި ދުވަހެކެވެ. އެދުވަހު އެކަނި މުޅި ދުނިޔެއިން 230،370 (ދެ ލައްކަ ތިރީސް ހާސް ތިން ސަތޭކަ ހަތްދިހަ) މީހުންނަށް ވައިރަސް ޖެހިފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ދުވާލެއްގެ ތެރޭގައި ވައިރަސް ޖެހިގެން މިހާރު ރިޕޯޓްކުރަމުން އަންނަނީ އެމެރިކާ، ބްރެޒިލް، އިންޑިޔާ އަދި ސައުތު އެފްރިކާ އެވެ. ޑަބްލިޔުއެޗްއޯއިން އެންމެ ފަހުން ރިކޯޑް އަދަދަކަށް މީހުންނަށް އެއްދުވަހާ ވައިރަސް ޖެހިގެން ރިޕޯޓްކުރީ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ. އެއީ 228،102 (ދެ ލައްކަ އަށާވީސް ހާސް ސަތޭކަ ދެ) މީހުންނެވެ. އޭގެ ކުރިން ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރީ ޖުލައި މަހުގެ 5 ވަނަ ދުވަހު އެވެ. އެއީ 212,326 (ދެ ލައްކަ ބާރަހާސް ތިން ސަތޭކަ ސައްބީސް) މީހުންނެވެ.

އޭގެކުރިން ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ 189،077 މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑެއް ހެދިއެވެ. އަދި ޖޫން މަހުގެ 22 ވަނަ ދުވަހު 183,000 މީހުންނަށް ވައިރަސް ޖެހިގެން އޭރުގެ ރިކޯޑު އަދަދެއްކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ކޮންމެ އަކަސް މިތާރީޚު ތަކާއި އަދަދުތަކަށް ބަލާލުމުން ދުވާލެއްގެ މައްޗަށް މުޅި ދުނިޔޭގައި ވައިރަސް ޖެހޭ މީހުންގެ އަދަދުތައް މައްޗަށްދާ މިންވަރު އަންދާޒާކޮށްލެވޭނެ އެވެ. ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް އަދަދުތަކުން މައްޗަށް ދިޔަ ނަމަވެސް ދުވާލެއްގެ މައްޗަށް ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އުޅެނީ ފަސް ހާހުގައި ހިފެހެއްޓިފަ އެވެ.

ވައިރަސް އެންމެ ގިނަ މީހުންނަށް ޖެހި އަދި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމަކީ އެމެރިކާ އެވެ. އެމެރިކާގައި އެކަނި 3،413،995 (ތިން މިލިއަން ހަތަރު ލައްކަ ތޭރަ ހާސް ނުވަސަތޭކަ ނުވަދިހަ ފަސް) މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. އެމެރިކާ އަކީ އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެންވެސް ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުގައި ވައިރަސް ޖެހިގެން މިހާތަނަށް އައިއިރު 137،782 (އެއްލައްކަ ތިރީސް ހަތް ހާސް ހަތްސަތޭކަ އަށްޑިހަ ދެ) މީހުން ވަނީ މަރުވެފަ އެވެ.

ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަނީ ބްރެޒިލް އިންނެވެ. އެއީ 1،866،176 (އެއް މިލިއަން އަށްލައްކަ ފަސްދޮޅަސް ހަހާސް ސަތޭކަ ހަތްދިހަ ހަ) މީހުންނެވެ. އެގައުމަކީ ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެންވެސް ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެއީ 72،151 މީހުންނެވެ.

ތިން ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަނީ އިންޑިޔާއިންނެވެ. އެއީ 879،487 (އަށް ލައްކަ ހަތްދިހަ ނުވަ ހާސް ހަތަރު ސަތޭކަ އަށްޑިހަ ހަތް) މީހުންނެވެ. އެގައުމުގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަނީ 23،194 އެވެ.

މިވަގުތު މުޅި ދުނިޔޭގައި 22 ގައުމެއްގައި މިވައިރަސް ލައްކައަކަށް ވުރެ ގިނަ މީހުންނަށް ޖެހިގެން އަންނަނީ ރިޕޯޓްކުރަމުންނެވެ. ވައިރަސް އަދިވެސް ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އެކަމަށް ފަރުވާކުޑަ ނުކުރުމަށް ޑަބްލިޔުއެޗްއޯއިން ތަކުރާރުކޮށް އަންނަނީ އިރުޝާދު ދެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

26 ޖުލައި 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު