ގެސްޓު ހައުސްއެއްގެ ތެރޭ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
12 ޖުލައި 2020 | އާދީއްތަ 14:46އެމީހާ އަކީ އިންޑިއާ ފިރިހެނެއް

އަލީ ސަމާޚް | 12 ޖުލައި 2020 | އާދީއްތަ 14:46
މާލެ މަތިން ނަގާފައިވާ މަންޒަރެއް
ހެންވޭރުގައި ހުންނަ ގެސްޓު ހައުސްއެއްގެ ތެރޭގައި އިންޑިއާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ އިންޑިއާގެ ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ފެނުނު ގެސްޓް ހައުސްއަކީ ހުއްދަ ނުނަގާ ހިންގަމުން އަންނަ ގެސްޓް ހައުސްއެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މަައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހަވީރު 17:51 ހާއިރުއެވެ. ފުލުހުން ދަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.








