Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ ޝަރީއަތް

އަދީބުގެ ޝަރީއަތް: ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން އަންގާރަ ދުވަހު ގޮތެއް ނިންމަނީ

ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުރަތަމަ އެއްބަސްވުން ހެދީ 06 ޖޫން 2019 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 12 ޖުލައި 2020 | އާދީއްތަ 08:19
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު (ފައިލް ފޮޓޯ): ތަހުގީގަށް އެއްބާރުލުން ދިނުމާއި ކުށަށް އިއުތިރާފްވެ، އެއްބަސްވުންތަކެއް ހަދާފައިވޭ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު (ފައިލް ފޮޓޯ): ތަހުގީގަށް އެއްބާރުލުން ދިނުމާއި ކުށަށް އިއުތިރާފްވެ، އެއްބަސްވުންތަކެއް ހަދާފައިވޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާއާ ގުޅޭ އިއުތިރާފްގެ އެއްބަސްވުންތަކާމެދު ސުވާލު އުފެދި، އަންނަ އަންގާރަ ދުވަހު ބާއްވާ މި މައްސަލަތުގެ އަޑުއެހުމުގައި ގޮތެއް ނިންމަވާނެ ކަމަށް ޝަރީއަތުން ބުނެފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާއާ ގުޅިގެން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުން ފައްޓަވަމުން، މި މައްސަލަތައް ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވަނީ، ތަހުގީގަށް އެއްބާލުން ދިނުމާއި، ކުށަށް އިއުތިރާފްވުމާ ގުޅޭ ގޮތުން، ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއެކު އަދީބު ވެފައިވާ އެއްބަސްވުންތަކަކީ ސައްހަ، އަދި އިޖުރާއަތުތަކާ އެއްގޮތަށް ހަދާފައިވާ އެއްބަސްވުންތަކެއްތޯ، ކަށަވަރު ކުރުމަށްޓަކައި، ދައުވާ ލިބޭ އަދީބާއި ދައުލަތުގެ ގާނޫނީ ވަކީލުންގެ ފަރާތުން އޮޅުން ފިލުވާފައެެވެ.

Advertisement - newsAdvertisement

އެގޮތުން، މައިގަނޑު ގޮތެއް ދައުލަތުގެ ގާނޫނީ ވަކީލާ ވިދާޅުވީ، އިއުތިރާފްގެ އެއްބަސްވުމަކީ ގާނޫނު އަސާސީ އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނީ ބާރުގެ ދަށުން، އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ހެދިފައިވާ، އެއްބަސްވުންތަކެއް ކަމަށެވެ. އަދި އެއެއްބަސްވުމާ އެއްގޮތަށް ދައުލަތުން އަމަލު ކުރަމުން ގޮސްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން، އަދީބު މައިގަނޑު ގޮތެއްގައި ވިދާޅުވީ، އިއުތިރާފުގެ އެއްބަސްވުމެއް އޭރު ޕީޖީގެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމާއެކު ސޮއިކުރީ، އޭނާގެ ސީއްހީ ހާލަތު ހުރިގޮތުން، ބޭސްފަރުވާ ކުރުމަށް ބޭރަށް ފޮނުވާނެ ކަމަށް ބުނުމުން ކަމަށެވެ. އަދި ސިއްހީ ހާލަތު މާބޮޑަށް ގޯސްވަމުންދާތީ، އޭރު އިތުރު އެހެން ގޮތެއް ނެތުމުން ސޮއި ކުރެއްވީ ކަމަށްވެސް އަދީބު ވިދާޅުވި އެވެ. ނަމަވެސް އަދީބު ވިދާޅުވީ، ތަހުގީގަށް އެއްބާރުލުން ދިނުމަށް، އެެއްވެސް އިރެއްގައި ދެކޮޅު ހައްދަވާފައި ނުވާނެ ކަމަށާއި ކަމުގެ ހަގީގަތް އޮޅުންފިލުވާ ދިނުމަށް އޭނާގެ ފަރާތުން ދެވެން އޮތް އެއްބާރުލުން ދެއްވަމުން ގެންދެވި ކަމަށާއި މިހާރުވެސް އެކަމަށް ދެކޮޅު ނުހައްދަވާނެ ކަމަށެވެ.

އަދީބު ވިދާޅުވީ ތަހުގީގަށް އެއްބާރުލުން ދިނުމާއި، ކުށަށް އިއުތިރާފް ވުމުގެ ފުރަތަމަ އެއްބަސްވުމުގައި އޮތީ ދެ ދައުވާއެއް ކަމަށާއި، ފަހުން ދެވަނަ އެއްްބަސްވުން އައިގޮތެއް ނޭނގޭ ކަމަށާއި އޭގައި އިތުރު ދައުވާތަކެއް ހުރި ކަމަށެވެ. އަދީބު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޑޮކްޓަރުން ލަފާ ދީފައިވަނީ ރާއްޖެއިން ބޭސްފަރުވާގެ ކަންކަން ހަމަޖެއްސެން ނެތުމުން، ބޭރަށް ގޮސް ބޭސްފަރުވާ ހޯދުމަށް ކަމަށްވިޔަސް، އެފުރުސަތު އެސަރުކާރުން ދީފައިނުވާ ކަމަށާއި އެހެންކަމުން، ސިއްހީ ހާލަތު ގޯސްވަމުންދާތީ، ސަރުކާރު ބަދަލުވުމުން، ބޭރަށް ދިއުމުގެ ފުރުސަތު ލިބެން އޮތީ، އޭރު ޕީޖީގެ މަގާމުގައި ހުންނެވި ބިޝާމު ބޭނުއްވާ ގޮތެއް ހައްދަވައިގެން، ކަމަށްވާތީ، އެގޮތަށް އަމަލު ކުރެއްވީ ކަމަށެވެ. އެގޮތުން އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވި ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، ޕީޖީ ބިޝާމަކީ އޭނާއަށް ވަރަށް އަނިޔާވެރިކޮށް، އޭނާއާމެދު އަމަލު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، ގިނަ ދައުވާތަކެއް އޭނާގެ މައްޗަށް ކޯޓުތަކުގައި އުފުލެއްވި ބޭފުޅެއް ކަމަށެވެ.

އިބްތިދާއީ ޝަރީއަތުގެ މި އަޑުއެހުމުގައި، މިހިއްމު އަނެއް ކަމަކަށް ފާގަހަކީ، ޅ. މާބިންހުރާގެ މައްސަލަ އެވެ. ދައުލަތުގެ ގާނޫނީ ވަކީލާ ވިދާޅުވީ، މި 7 ދައުވާއަކީ، އެމްއެމްޕީއާރުސީގެ އެކިއެކި ކުށްތަކާއި އަމަލުތަކަށް ބަލައި، އެހުރިހާ މައްސަލަތަކެއް، ވަކިވަކިން ދައުވާ ކުރުމުގެ ބަދަލުގައި އެއްކޮށްލައިގެން، އުފުލާފައިވާ 7 ދައުވާ ކަމަށެވެ.

ނަމަވެސް އަދީބާއެއެކުވި އެއްބަސްވުމުގައި، ޅ. މާބިންހުރާގެ މައްސަލަ ހިމަނާފައިވާތީ، އަދި ޅ. މާބިންހުރާގެ މައްސަލައެއް އޭރު ސުޕްރީމް ކޯޓުގައި، ހިނގަމުންދިޔައިރު، މި 7 ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޅ. މާބިންހުރާގެ މައްޗަށް ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް ކަމަށް ފެންނާތީ، އެކަމުގައި އިޖުރާއީ ގޮތުން ފާހަގަ ކުރެވޭ ކަންތައްތަކެއް ހުރިކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދައުލަތުގެ ވަކީލާވެސް ވަނީ 7 ދައުވާ އުފުލާފައިވަނީ، ޅ. މާބިންހުރާގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށް ކަމަށް ވިދާޅުވެފަ އެވެ.

އަނެއްކަމަކަށް ގާޒީ ފާހަގަ ކުރެއްވީ، 1 ފެބްރުއަރީ 2018ގައި ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރުގައިި ބަންދުގައި ތިބިޔަކު ދޫކޮށްލަން އަމުރުކޮށްފައިވަނީ، ޝައްކު އުފެދޭ ތަހުގީގުތަކެއްގެ މައްޗަށް ކޮށްފައިވާ ހުކުމްތަކެއް އަދި އަމުރުތަކެއް ކަމަށް ބުނެފައިވާއިރު، މި ދައުވާތަކަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ، އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމެއް ކަމަށެވެ. އެހެންކަމުން ފުލުހުންގެ މުއައްސާސާގައި އޭރުވެސް ތަހުގީގު ކުރި އޮފިޝަލުން ފަހުން މިމައްސަލަ ތަހުގީގު ކުރުމުގައި ބައިވެރިވެފައިވާކަން ގާޒީ ވަނީ ފާހަގަ ކުރައްވާފަ އެެވެ.

އެކަމާ ގުޅޭގޮތުން، ދައުލަތުގެ ވަކީލާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މި 7 ދައުވާ އަދީބުގެ މައްޗަށް އުފުލާފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ އިދާރާއާއި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ގުޅިގެން ހިންގާފައިވާ ޖޮއިންޓް ތަހުގީގަކުން ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، އަދީބު ބޭނުންވާނަމަ، ޕީޖީއާއެކު ވެފައިވާ އިއުތިރާފްގެ އެއްބަސްވުމާމެދު އިންކާރު ކުރުމުގެ ފުރުސަތު ޝަރީއަތުގެ އަޑުއެހުމުގައި އެބައޮތް ކަމަށެވެ.

ރައްދުގައި އަދީބު ވިދާޅުވީ، ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ކުށަށް އިއުތިރާފްވި އެއްބަސްވުންތަކުގައި އިޖުރާއީ ގޮތުން ފާހަގަ ކުރެވޭ ކަންކަން އެބަހުރި ކަމަށާއި އެކަންކަމަށް ގޮތެއް ނިންމަވާ ދެއްވުމުމަށް އެދޭ ކަމަށެވެ.

ގާޒީ ވިދާޅުވީ، ތަހުގީގަށް އެއްބާރުލުން ދިނުމާއި، ކުށަށް އިއުތިރާފްވި އެއްބަސްވުންތައް ގާއިމު ކުރުމުގައި އިޖުރާއީ ގޮތުން ފާހަގަ ކުރެވޭ ކަންކަން ހުރުމުން، އެކަންކަން ދިރާސާ ކުރުމަށްފަހު، އަންގާރަ ދުވަހު ބޭއްވޭ އަޑުއެހުމުގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށްބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު މިމައްސަލާގައި ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި އަދީބުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވެފައިވަނީ، އަދީބުގެ މައްޗަށް ހިންގާ މި ޝަރީއަތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަދީބުގެ ބައިވެރިވުން އޮތް މިންވަރާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަދީބަށް ބައިވެރިވާން ދިމާވި ހާލަތާއި، ކަން ހިނގިގޮތް ވަރަށް ރަނގަޅަށް މިޝަރީއަތުން ރައްޔިތުންނަށް އެނގިގެންދާނެ ކަމަށެވެ.

މަހްފޫޒު ވިދާޅުވެފައިވަނީ "އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ އަދީބުއާ ހަމައިން ނިމޭނެ މައްސަލައެއް ނޫން" ކަމަށެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ކަން ހިނގިގޮތާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވުމަށް އަދީބު އެއްބަސްވި އެއްބަސްވުންތަކުގެ ހަގީގަތް މިޝަރީއަތުގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުތަކަށް އެއްބާލުން ދެއްވުމަށް އަދީބު އެއްބަސްވެ، ފުލުހުންނާއެކު ދެ އެއްބަސްވުމެއް ހެދިފައިވާ ކަމަށް އަދީބް ވިދާޅުވެފައި ވެއެވެ. އެގޮތުން ފުރަތަމަ އެއްބަސްވުން ހަދާފައިވަނީ މިދިއަ އަހަރުގެ ޖޫން 6 ވަނަ ދުވަހު އެވެ. އޭގެ ފަހުން 9 ސެޕްޓެމްބަރުގައި ދެވަނަ އެއްބަސްވުމެއް ފުލުހުންނާއެކު ހަދާފައިވެއެވެ.

އެ އެއެއްބަސްވުންތާއެކު، އަދީބު ވަނީ، ޕީޖީއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދާފައެވެ. އެ އެއްބަސްވުން ހަދާފައިވަނީ 25 ސެޕްޓެމްބަރު 2019 ގައެވެ.

އިއުތިރާފުގެ އެއްބަސްވުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ހެދޭ އެއްބަސްވުމެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ތުހުމަތު ކުރެވޭ މީހާއާއި ޕްރޮސެކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފް ވެއްޖެނަމަ. ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އެއްބަސްވުމެއް ވެވިދާނެ ކަމަށެވެ. މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރަންވާނެ ކަމަށްވެސް އެމާއްދާގައި ބުނެފައި ވެއެވެ.

ހަމަ އެމާއްދާގެ (ށ)ގައި ބުނަނީ، އެގޮތަށް ވެވޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށް ނުވާނެ އަދަބެެއް ކަމަށެވެ. ނުވަތަ ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅައެއްބަޔަށްވުރެ ކުޑަނުވާނެ އަދަބެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު