ސްޓެލްކޯގެ ބިލްތަކަށް އޮންލައިންކޮށް ފައިސާ ދައްކައިގެން 1000 ރުފިޔާ ހޯދުމުގެ ފުރުސަތު!
12 ޖުލައި 2020 | އާދީއްތަ 07:46މިޕްރޮމޯޝަންގައި 10 ފަރާތަކަށް 1000 ރުފިޔާ ލިބޭނެ


ސްޓެލްކޯގެ ހެޑް އޮފީސް، ކޮވިޑް-19އާ ގުޅިގެން ރާއްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ބިލްތަކަށް އޮންލައިންކޮށް ފައިސާ ދައްކައިގެން 1000 ރުފިޔާ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ސްޓެލްކޯ އެޕް ޕްރޮމޯޝަންއާ ގުޅޭ ގޮތުން އެކުންފުނިން ބުނީ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކައިގެން ނަސީބުވެރި 10 ފަރާތަކަށް 1000 ރުފިޔާ ލިބުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު ހުރިހާ ފަރާތްތަކުން ވެސް އޮންލައިންކޮށް ބިލް ދެއްކުމަށް ސްޓެލްކޯއިން އެދިފައިވެއެވެ.
ސްޓެލްކޯއިން ބުނީ މި ޕްރޮމޯޝަނަކީ ބިލްތަކަށް ފައިސާ ދެއްކުމަށް އޮންލައިން ޚިދުމަތް އިހްތިޔާރު ކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިޔަށްގެންދާ ޕްރޮމޯޝަނެއް ކަމަށާއި، މި މަހު އޮންލައިންކޮށް ބިލްތައް ދައްކާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ނެގޭނެ ކަމަށެވެ.
ސްޓެލްކޯ އީޕޭ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.








