Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ މަނީ ލޯންޑަރިންގ މައްސަލަ

ކޯޓު ހުކުމާ އެއްގޮތަށް ރައީސް ޔާމީން 5 މިލިއަން ޑޮލަރު ނުދެއްކެވި، މައްސަލަ ކޯޓަށް ވައްދަނީ

9 ޖުލައި 2020 | ބުރާސްފަތި 07:21

ގއ. ވޮޑުމުލާގެ އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް، އެފައިސާއިން އިންވެސްކޮށް ފައިދާ ހޯދާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 ޖުލައި 2020 | ބުރާސްފަތި 07:21
ކުރީގެ ރައީސް އަބްދުﷲ ޔާމީން: ހުކުމާ އެއްގޮތަށް 5 މިލިއަން ޑޮލަރު ދައުލަތަށް ދައްކަވާފައެއް ނުވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ހުކުމާ އެއްގޮތަށް 5 މިލިއަން ޑޮލަރު ދައުލަތަށް ދައްކަވާފައެއް ނުވޭ

ކްރިމިނަލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުލަތަށް ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ދައްކަވާފައިނުވާތީ، އެ ފައިސާ ހޯދުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ (ދައުލަތުގެ ބަންޑާރަ ނައިބު) އޮފީހުން ކުރަން ފަށައިފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ، ކްރިމިނަލް ކޯޓުންކޮށްފައިވާ ހުކުމާ އެއްގޮތަށް ރައީސް ޔާމީން ފައިސާ ދައްކަވާފައި ނުވާތީ، އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ލިޔެކިޔުންތައް ތައްޔާރު ކުރުމަށްފަހު، ސިވިލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 1،000،000 ޑޮލަރު، މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު، 5 މިލިއަން ޑޮލަރު، 6 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ކްރިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައެވެ. ހައިކޯޓުގައި އޮތް މައްސަލަ އޮތީ، ފަހު އަޑުއެހުމާ ހަމައިގަ އެވެ. ބުދަ ދުވަހު (އިއްޔެ) ވަނީ ހައިކޯޓުގައި އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ، 5 މިލިއަން ޑޮލަރު އަދީބު އަތުގައި ހުންނާނެ ކަމަށާއި، އެ ފައިސާ ބަލާ ދިޔައީ، އަދީބާއި ޝައިނީ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ 5 މިލިއަން ޑޮލަރު ލިބިލެއްވި ގޮތެއް ރައީސް ޔާމީން ވިދާޅެއް ނުވެއެވެ.

ނަމަވެސް، ރައީސް ޔާމީންގެ ވެރިކަމުގައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނެއް ފާސްކޮށް، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ފ. އަތޮޅު ވިއްކާލަން ނިންމި، ނިންމުގެ އެޑްވާންސް ފައިސާ ކަމަށް ބުނާ 15 މިލިއަން ޑޮލަރު ދިންކަމާއި، އެ ފައިސާ ބަލާ ވަޑައިގެންނެވީ، އަދީބާއި ޝައިނީ ކަމަށް އޭރު އެވާހަކަތައް ދެކެވިފައިވެއެވެ. މިކަމެއް ހިންގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ އިތުރު މައްސަލަތަކެއްގެ ތަހުގީގުތައް ކުރިއަށްދާއިރު، ދާދިފަހުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރ. ފުއްގިރި ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދިން މައްސަލައެއްގައި މަނީ ލޯންޑަރ ކުރުމުގެ ދައުވާއަކާއި ކޮރަޕްޝަންގެ ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި ދައުލަތުން ރައީސް ޔަމީންގެ މައްޗަށް ހޯދުމަށް މަސައްކަތް ކުރާ، ޖުމްލަ ފައިސާގެ އަދަދަކީ 591 މިލިއަން ރުފިޔާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް